ޚަބަރު

ނޫސްވެރިންނާއި ހެދި މުއިއްޒަށް އުނދަގޫފުޅު ވާތީ، މީޑިޔާ ފާސް ނުލައި ރައީސްގެ އިވެންޓުތަކަށް ނުދާން ނޫސްވެރިންނަށް އަންގައިފި

ދިޔަވަރު
ނޫސްވެރިންނާއި ހެދި މުއިއްޒަށް އުނދަގޫފުޅު ވާތީ، މީޑިޔާ ފާސް ނުލައި ރައީސްގެ އިވެންޓުތަކަށް ނުދާން ނޫސްވެރިންނަށް އަންގައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވަޑައިގަންނަވާ އިވެންޓުތަކުގައި މީޑިއާ ފާސްނެތި ނޫސްވެރިން ހަރަކާތްތެރި ނުވާން ވެރިކަންކުރާ ޕާޓީ ޕީއެންސީއިން އަންގައިފި އެވެ. މިކަން މިގޮތަށް އަންގާފައި ވަނީ ބައެއް ނޫސްތަކަށް މީޑިޔާ ފާސް ދިނުމަށް ދަތިވެފައި ވަނިކޮ

ޕީއެންސީއިން މިހެން އެންގީ އެ ޕާޓީން މީޑިއާތަކަށް މައުލޫމާތު ދިނުމަށްޓަކާ ނޫސްވެރިންނާއެކު ހަދާފައިވާ ވަޓްސްއެޕް ގްރޫޕަކަށް، ތަރުޖަމާނު ހީނާ ވަލީދު ރޭ ދަންވަރު ފޮނުއްވި މެސެޖެއްގެ ޒަރިއްޔާއިންނެވެ.

"މީޑިއާ ފާސްނެތި ރައީސްގެ އިވެންޓުތަކުގައި މީޑިއާގެ ބޭފުޅުންނަށް ހަރަކާތްތެރި ނުވެވޭނެ ތީ، މީޑިއާ ތަކުން ރައީސްގެ އިވެންޓުތައް ކަވާ ކުރެއްވުމަށް ވަޑައިގަންނަވާއިރު ފާސް އާއެކު ވަޑައިގެންނެވުން އެދެން" ހީނާގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ޕީއެންސީއިން މިހެން އަންގާފައިވާއިރު ރައީސުލްޖުމްހުރިއްޔާގެ ރަސްމީ އަދި ސިޔާސީ އިވެންޓުތަކުގައި މީޑިއާ ފާސް ބޭނުންކުރުމަކީ ޕްރޮޓޮކޯލްގެ ދަށުން އަބަދުވެސް ކަން އޮންނަ ގޮތެވެ.