ޝިއުނާ އަށް އަދަދު ނޫހުގައި ލިޔެފައިވާ ލިޔުމެއް ދޭހަ ނުވުމުން، މަޝްހޫރު ސޯޝަލް މީޑިޔާ އެކައުންޓް ހަސަން ކުރުސީ ވަނީ ޝިއުނާގެ ތައުލީމީ ކޮލިފިކޭޝަން ހާމަ ކޮށްދިނުމުން، އެ ލިޔުން ދޭހަ ނުވި ސަބަބު ސާފު ވާނެ ކަމަށް ބުނެފައެވެ.
ހަސަން ކުރުސީ ޝިއުނާގެ ތައުލީމީ ކޮލިފިކޭޝަން ހާމަ ކޮށްދިނުމަށް އެދިފައި ވަނީ، ސަރުކާރުން ރާވައިގެން ދޮގު ފެތުރުމަށް ވީޑިޔޯއެއް އެޑިޓްކޮށްގެން މި ސަރުކާރުގެ އިސް ފަރާތްތަކުން ޓްވީޓް ކުރަމުންދާ ވާހަކަ އަދަދު ނޫހުން ގެނެސްފައިވާ ލިޔުން ޝިއުނާއަށް ދޭހަ ނުވެ، ޝިއުނާ ހަދަމުންދާ ދޮގު އިތުރަށް ދިފާޢު ކުރުމަށް އޭނާ ޓްވީޓް ކުރުމާއި ގުޅިގެންނެވެ.
ޝިއުނާއަކީ އިލްމީ ގޮތުން ގާބިލް ކަން ކުޑަ، އަދި ވިސްނުމުގެ ގޮތުން ކޮށި ފަރާތެކެވެ. މުއިއްޒު މީނާއަށް މަގާމު ދީފައި ވަނީ، އެފަދަ ނާގާބިލް ފަރާތަކަށް ވާތީ، އެފަދަ އެހެން މަގާމެއް ޝިއުނާއަށް ނުލިބޭނެ ކަން އެނގޭތީއެވެ. އެހެން ކަމުން މުއިއްޒުގެ ހިމާޔަތުގައި ކޮންމެ ކަމެއް ކުރަންވެސް މިފަދަ ތައުލީމެއް ނެތް މީހަކަށް ވަޒީފާ ދިނުމުން ހޭހަން ކުރަން ހުންނާނެތީއެވެ.
މުއިއްޒުގެ ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކަކީ މާތް ރަސްކަލާންގެ ދެކެ ބިރުވެތިވުމެއް ނެތި، ރަމަޟާން މަހު މުއިއްޒު ބުނިހާ ދޮގެއް ހަދަން ތައްޔާރަށް ތިބި ވަރަށް ދަށު ދަރަޖައިގެ ބައެކެވެ. އިލްމެއް، ޤާބިލު ކަމެއް ހުނަރެއް ނެތުމުން އެމީހުންނަށް އޮތްހާވެސް ގޮތަކީ މަޤާމުގެ ދިފާޢުގައި ފާފަތަކަށް އަރައިގަނެ ދޮގު ހެދުމެވެ.
ޝިއުނާއަކީ މީގެ އަހަރުތަކެއްގެ ކުރިން އޭނާގެ ވީޑިޔޯއެއް ލީކްވި މީހެކެވެ. މި ވީޑިޔޯއިން ފެންނަނީ ބަރަހަނާ ހާލުގައި ޝިއުނާ އިމާރާތެއްގެ ފުރަތަމަ ބުރިން އެއްލާލާތަނެވެ. އޭރު މާލޭ ތެރޭ ވާހަކަ ދެކެވުނު ގޮތުގައި ޝިއުނާ އޭރު އޮތީ ހިލޭ ފިރިހެނަކާއި އެކީ އެވެ. އަދި ޝިއުނާގެ ފިރިމީހާއަށް އެތަނަށް ދެވުމުން މަސްލަހަތު ގެއްލި ތަޅާފޮޅުމަކަށް އެކަން ބަދަލުވީ ކަމަށް އޭރު މާލެ ތެރޭގައި ވާހަކަ ދެކެވުނެވެ.
ސަރުކާރުގެ މަގާމުތަކަށް ގާބިލު، ތެދުވެރި، އަބުރުވެރި މީހުން އައްޔަން ނުކޮށް މިފަދަ މީހުން އައްޔަން ކުރުމަކީ މުއިއްޒުގެ ސަރުކާރުގެ ތާޢީދު އެހާ ކުޑަ ދުވަސްކޮޅެއްގައި ގެއްލުނު ސަބަބެވެ.