ޚަބަރު

މުއިއްޒު އަންގައިގެން އެމްޑީޕީ ޗެއަރ ޕާސަން ފުލުހަށް ހާޒިރު ކުރުމަށް، ފުލުހުން ޗިޓު ފޮނުވައިފި. އަނިޔާވެރި މުއިއްޒުގެ ސަރުކާރުން ސިޔާސީ މީހުން ހައްޔަރު ކުރަން ފަށަނީ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށް.

ދިޔަވަރު
މުއިއްޒު އަންގައިގެން އެމްޑީޕީ ޗެއަރ ޕާސަން ފުލުހަށް ހާޒިރު ކުރުމަށް، ފުލުހުން ޗިޓު ފޮނުވައިފި. އަނިޔާވެރި މުއިއްޒުގެ ސަރުކާރުން ސިޔާސީ މީހުން ހައްޔަރު ކުރަން ފަށަނީ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށް.

މުއިއްޒު އަންގައިގެން އެމްޑީޕީ ޗެއަރ ޕާސަން، ފައްޔާޒް އިސްމާއީލް ފުލުހަށް ހާޒިރު ކުރުމަށް، ފުލުހުން ޗިޓު ފޮނުވައިފިއެވެ. މިއީ އަނިޔާވެރި މުއިއްޒުގެ ސަރުކާރުން، ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް، ސިޔާސީ މީހުންނަށް އަނިޔާ ވެރިވުމަސް، ސިޔާސީ ފަރާތްތައް ހައްޔަރު ކުރަން ފެށި ފެށުމެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެރިކަމަށް އައިސް ގަންނާން ކުރެއްވި ބިރުން، އެހާ އަވަހަށް ސިޔާސީ ފަރާތްތައް ފުލުހަށް ގެންދަން ފެށި ފުރަތަމަ ފަހަރެވެ. މުއިއްޒުގެ ސަރުކާރު ދިވެހި ތާރީޚުގައި ލިޔެވިގެން ދާނީ ރާއްޖޭގެ ތާރީޚް ދުށް އެންމެ އަނިޔާވެރި ސަރުކާރުގެ ގޮތުގައެވެ.

އަނިޔާވެރި މުއިއްޒުގެ ސަރުކާރުން ސިޔާސީ މީހުން ހައްޔަރު ކުރަން ފަށަނީ ވެރިކަން ވެއްޓިދާނެ ކަމުގެ ބިރަށެވެ. އަދި މިއީ އެމްޑީޕީގެ މަޖިލީސް އިންތިހާބަށް ހުރަސް އެޅުމަށް ރާވައިގެން ކޮށްފައިވާ ހީލަތްތެެރި އަނިޔާވެރި އަމަލެކެވެ.

އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ. އާރުޑީސީއިން ޚިޔާނާތެއް ވެއްޖެކަމަށްބުނެ ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން. އަޅުގަނޑަށް ތުހުމަތެއް ކުރެވިދާނޭފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެކަން ސާބިތުކަމާއެެކު ދަންނަވަން. ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ޓްވީޓް ކުރެއްވިއެވެ.

ފައްޔާޒުއާއި މެދު ކުރާ ތުހުމަތަކީ އެއްވެސް އަސްލެއް ނެތް، އަދި ފުލުހުންނާއި، އޭސީސީ ބައިވެރިވެގެން އުފައްދާފައިވާ މައްސަލައެކެވެ. އެކަން ސާފު ވެފައި ވަނީ، އަމިއްލައަށް މި ދެފަރާތުން ބޭއްވި ޕްރެސްގައި، ނޫސްވެރިން ކުރި ސުވާލުތަކާއި ގުޅިގެން އާރުޑީސީ އާއި މެދު ކުރަމުންދާ ތުހުމަތުގައި އެއްވެސް ހެއްކެއް ނެތްކަމަށް އަމިއްލައަށް އިއުތިރާފްވެފައި ވާތީއެވެ. އަދި މި މައްސަލަ "ބިލްޑް' ކުރަމުން ދާ ކަމަށް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނި ބުނުމުން ދޭހަވަނީ މިއީ ކަނޑައެޅިގެން އެމްޑީޕީގެ އިސް ފަރާތްތައް ހައްޔަރުކުރުމަށް މުއިއްޒުގެ އަމުރަށް ހިންގާ ޢައިރު ޤާނޫނީ އަދި ސިޔާސީ މައްސަލައެއްް ކަމެވެ.

މުއިއްޒުގެ އަނިޔާވެރި ސަރުކާރުގެ ނިމުން ވީހާވެސް އަވަސްކުރުމަށް އެދި، މި ރަމަޟާން މަހު ފަހު ދިހާގައި ދުޢާ ކޮށްދިނުމަށް ދިޔަވަރު ނޫހުން އާންމު ރައްޔިތުންގެ ފަރާތުން އެދެމެވެ.