ޚަބަރު

ފ.މަގޫދޫގައި އަޅަމުންދާ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލުމަށްފަހު، މުއިއްޒުގެ ކޮއްކޮ ވާދަކުރާ ނިލަންދޫގަ އަޅާ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި! ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން މަޖިލިސް އިންތިޚާބަށް ދަނީ ނުފޫޒު ފޯރުވަމުން!

ދިޔަވަރު
ފ.މަގޫދޫގައި އަޅަމުންދާ އެއަރޕޯޓުގެ މަސައްކަތް ހުއްޓާލުމަށްފަހު، މުއިއްޒުގެ ކޮއްކޮ ވާދަކުރާ ނިލަންދޫގަ އަޅާ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި! ދައުލަތުގެ މުދަލާއި ފައިސާ ބޭނުންކޮށްގެން މަޖިލިސް އިންތިޚާބަށް ދަނީ ނުފޫޒު ފޯރުވަމުން!

ފ. ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ. މިމަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކުއިރު, ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ ފާތުމަތު ސައުދާ ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވަނީވެސް އެދާއިރާއަށެވެ. އަދި އޭނާ ގެންދަވަނީ އެ ދައިރާއަށް ވާދަކޮށް ކެމްޕެއިންވެސް ކުރަމުންނެވެ.

ނިލަންދޫގައި އެއާޕޯޓް އަޅަން މި ފަށަނީ އެރަށު ކައިރީގައި އޮންނަ މަގޫދޫގައި އަޅާ އެއާޕޯޓްގެ މަސައްކަތް ނިމެން ގާތްވެފައިވަނިކޮށް އެ މަސައްކަތް ހުއްޓާލުމަށްފަހުއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތިން ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވެފައިވަނީ އެމަސައްކަތް ހުއްޓާލުމަށް ރައީސް މުއިއްޒު އަންގަވާފައިވަނީ ފ. މަގޫދޫގެ ގޮނޑި ޕީއެންސީއަށް ކާމިޔާބު ނުކުރެވޭނެކަމަށް މުއިއްޒުއަށް ގަބޫލު ކުރެއްވިގެން ކަމުގައެވެ.

ފ. ނިލަންދޫގައި އަޅާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.  އެމްޓީސީސީ އިން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

މި އެއްބަސްވުމުގެ ދަށުން  42.6 ހެކްޓަރުގެ ބިން ހިއްކުމާއި ދެ ކިލޯމީޓަރުގެ ބޮޑު ހިލަ ރިވެޓްމަންޓާއި 1.4 ކިލޯމީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ. އެހެންނަމަވެސް މި މަސައްކަތް ހަވާލުކުރި އަގެއް މިނިސްޓްރީއަކުން ހާމައެއް ނުކުރެއެވެ.

ނިލަންދޫ އެއާޕޯޓު އަޅަން ބޭނުންވާ ސާވޭކޮށް އީއައިއޭ ހެދުމުގެ މަސައްކަތް ކުރީ ވެސް އެމްޓީސީސީންނެވެ. މި އަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ ނިލަންދޫ އެއާޕޯޓުގެ އަޅަން ބޭނުންވާ ބިން ހިއްކުމެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތަށްވާ ފައިސާ މި އަހަރު ބަޖެޓުކޮށްފައި ނެތެވެ.