ޚަބަރު

ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހާމަ ވަމުން ދާތަން ފެންނަ ކަމަށާއި، ފަނޑިޔާރުންނާއި، ޕޮލިސް ކޮމިޝަނަރުންވެސް އަދި ހައްޔަރު ކުރާނެ: ރައީސް ސޯލިހް

ދިޔަވަރު
ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހާމަ ވަމުން ދާތަން ފެންނަ ކަމަށާއި، ފަނޑިޔާރުންނާއި، ޕޮލިސް ކޮމިޝަނަރުންވެސް އަދި ހައްޔަރު ކުރާނެ: ރައީސް ސޯލިހް

ހުދުމުހުތާރު ވެރިކަމެއްގެ ހުރިހާ ސިފައެއް ބަރާބަރަށް ހަމަ ވަމުން ދާތަން ފެންނަމުންދާ ކަމަށާއި ރާއްޖެ 20 އަހަރު ފަހަތަށް ގޮސްފައި ވާކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅު ވެއްޖެއެވެ. މިގޮތުން ވެރިކަމަށް އައިސް އެންމެ ފުރަތަމަ މުއިއްޒު ކުރެއްވި ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން ކަމަށް ރައީސް ސޯލިހް ވިދާޅު ވިއެވެ. އެކަން ކާމިޔާބު ނުވީ ޑިމޮކްރަސީ ރާއްޖެ ގެނައި އެތައް ބަޔަކު އެކަމަށް ގޮންޖައްސަވައި ކުރެއްވި މަސައްކަތުން ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ވަޒީފާގެ ބިރުދައްކައިގެން ކެމްޕެއިން ހަރަކާތްތަކުގައި މީހުން ބައިވެރި ކުރުން މަޖުބޫރު ކޮށްފައިވާ ކަމަށާއި، އެންމެ ފަހުން މި ފެށީ ސިޔާސީ ލީޑަރުންނާއި ދިމާ ކުރާތަން ކަމަށާއި، އެގޮތުން ފައްޔާޒު އިސްމާއީލް ފުލުހަން ގެންދާތީ އެކަމާއި ރައީސް ސޯލިހް ކަންބޮޑުވުން ފާޅުކޮށް ވާހަކަ ދެއްކެވިއެވެ.

ސިޔާސީ މީހުންގެ ކިބައިން ނުނިމޭނެ. ކަމާއި ފަނޑިޔާރުންނާއި، ޕޮލިސް ކޮމިޝަނަރުންވެސް އަދި ހައްޔަރު ކުރާނެ ކަމަށާއި، އަދި މިނިވަން މުއައްސަސާތައް ވެސް މުށުތެރެއަށް ލައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ފެށުނީއްސުރެ ރައްޔިތުންގެ މަޖިލީހުގެ ބާރު ކެނޑުވުމަށް މަސައްކަތް ކުރަމުން ދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު މި މޭރުމުން ވާހަކަ ދެއްކީ މިރޭ ހެންވޭރުގައި އޮތް އެމްޑީޕީގެ ކެމްޕެއިން އިވެންޓެއްގައެވެ.