ތިނަދޫ ދެކުނު ދާއިރާއަށް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބިގައި ވާދަ ކުރަމުންދާ އަބުދުالله ޝަރީފަށް ތާއިދުކޮށް, ކުލަ ބަދަލުކުރަން ނިންމުމާއެކު, ތިނަދޫ ކައުންސިލްގެ މެމްބަރެއްގެ މަގާމްގައި ހުރެގެން މަކަރާއި ހީލަތުން މީހެއްގެ ގޯއްޗެއް ފޭރިގަތް އަލީ ޝާމްއަށް އާރުޑީސީގެ ލީގަލް ޑިޕާޓްމަންޓުގެ ސީނިއަރ މެނޭޖަރުކަން ހަމަޖައްސައިފިއެވެ.
އަލީ ޝާމްއަކީ އޭނާ ގދ. ތިނަދޫ ކައުންސިލްގެ މެމްބަރުކަމުގައި ހުރެގެން, ގދ. ތިނަދޫ ފާތިމަތު ހިންދު އަބުދުލް މުހުސިނު ގޯއްޗަށް އެދި ހުށަހެޅި ފޯމަށް ބަދަލު ގެނެސްގެން, ފާތިމަތު ހިންދު އަބުދުލް މުހުސިނަށް ގޯތި ލިބުމުގެ ފުރުސަތު ގެއްލުވާލާ, އަލީ ޝާމްގެ ކޮއްކޮ ގދ. މާތޮޑާ, އެޕްރިލް, ހުސައިން ޝާކިރަށް, މަކަރާއި ހީލަތުން ގޯތި ދީފައިވާކަން ކޯޓަށް ސާބިތުވެވަފައިވާ މީހެކެވެ.
އަލީ ޝާމް ތިނަދޫ ކައުންސިލްގެ މެމްބަރު ކަމުގައި ހުރެގެން, ގދ. ތިނަދޫ ފާތިމަތު ހިންދު އަބުދުލް މުހުސިނު ގޯއްޗަށް އެދި ހުށަހެޅި ފޯމަށް ބަދަލު ގެނެސްފައިވާކަން ސާބިތުވާކަމަށް ނިންމާ ކޯޓުން ކުރި ހުކުމްގައި ބުނފައިވަނީ ތިރީގައި މިވާ ގޮތަށެވެ.
".. ގޯތި ދޫކުރުމަށް ކުރެވުނު އިއުލާނާއި ގުޅިގެން އިއުލާނުގެ މުއްދަތުގައި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައި ނުވާ ގދ, މާތޮޑާ އެޕްރިލް ހުސައިން ޝާކިރު (އަލީ ޝާމްގެ ކޮއްކޮ) ޝަރުތު ފުރިހަމަވާ މީހުންގެ މެދުގައި ބޭއްވުނު ގުރުއަތުގައި ބައިވެރިކޮށް, ގޯއްޗެއް ލިބުމުގެ ހައްގު ލިބިގެންނުވާ ގދ. މާތޮޑާ އެޕްރިލް ހުސައިން ޝާކިރު އަށް ނުހައްގުން ނުރަގަޅު ނުފޫޒަކުން ގޯއްޗެއް ދީފައިވާކަން ސާބިތުވާކަމަށް ކަނޑައަޅަމެވެ.
އާރުޑީސީން ވަޒީފާ ހަމަޖައްސާދިން އަލީ ޝާމްގެ ކޮއްކޮއަށް މަކަރާއި ހީލަތުން ގޮވައްޗެއް ދިންކަން ސާބިތުވާކަމަށް ނިންމާ ކޯޓުން ކުރި ހުމުގައި ބުނެފައި ވެއެވެ.

އަދި އޭގެ އިތުރުން ކޯޓުގެ ހުކުމްގައި ބުނެފައިވަނީ ގދ. ތިނަދޫ ފާތިމަތު ހިންދު އަބުދުލް މުހުސިނު ގޯތި ހޯދުމަށް ހުށަހެޅި ފޯމަކީ ގދ. މާތޮޑާ, އެޕްރިލް, ހުސައިން ޝާކިރު (އަލީ ޝާމްގެ ކޮއްކޮ)ގެ ފޯމުކަމަށް ދެއްކުމަށް ފޯމުގެ އެކި ތަންތަނުގައި ޓިޕެކްސް ޖަހައިގެން, އެ ފޯމަށް ބަދަލު ގެނެސްފައިވަނީ އޭރު ކައިންސިލްގެ މެމްބަރުކަމުގައި ހުރި އަލީ ޝާމްކަމަށް މިމައްސަލައިގެ ތަހުގީގުގައި ހިންގުނު ފޮރެންސިކް ތަހުލީލުތަކުން ސާބިތުވާ ކަމުގައެވެ.
މި ފޯމުގައި ލިޔެފައިވާ ލިޔުމާއި, އެޕްރިލް/ގދ. ފަރެސްމާތޮޑާ ހުސެއިން ޝާކިރުގެ އަތުލިޔުމާއި ފޮރެންސިލް ތަހުލީލުކޮށް ބެލިއިރު ތަފާތުކަން އެނގެއެވެ. މި ފޯމުގެ ލިޔުމާއި ހުސެއިން ޝާކިރުގެ އަޚު, ކައުންސިލް މެމްބަރެއްގެ ގޮތުގައި އޭރުހުރި އަލީ ޝާމްގެ ލިޔުމާއި އެއްގޮތްކަން ފޮރެންސިލް ތަހުލީލުން އެނގެއެވެ.
މަކަރާއި ހީލަތުން އަލީ ޝާމް އެހެން މީހަކަށް ހައްގުވާ ގޯތި އޭނާގެ ކޮއްކޮއަށް ދީފައިވާކަން ސާބިތުވާކަމަށް ކޯޓުން ކުރި ހުކުމްގައި ބަޔާން ކޮށްފައިވެއެވެ.

މިމައްސަލަ އޭސީސީއަށް ހުށަހެޅުމުން ތަހުގީގު ކުރުމަށްފަހު އަލީ ޝާމްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް މައްސަލަ ޕީޖީއަށްވެސް ފޮނުވާފައި ވެއެވެ. އެހެންނަމަަވެސް އެމައްސަލަ އޮބާލުމަށް އަލީ ޝާމްވަނީ ކޮންމެ ސަރުކާރެއްގައިވެސް ކުލަ ބަދަލުކޮށް އޭރަކު ތިބޭ ސިޔާސީ މީހުންގެ ފަސްބައިގައި އެލިގަނެގެން, ގުލާނު ކޮށްދީ ހަދާފައެވެ.

ރައީސް ސާލިހުގެ ސަރުކާރުގައި އޭނާ ހުރެފައިވަނީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިޕާޓްމަންޓްގެ ސީނިއަރ އެގްޒެކެޓިވް ޑައިރެކްޓަރގެ މަގާމްގައެވެ. އަދި އޭނާ ފާއިތުވު ރިޔާސީ އިންތިޚާބުގައި ތާއީދު ކޮށްފައިވަނީ ރައީސް ސާލިހުއަށެވެ.
އެހެންނަމަވެސް, މިހާރު ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރާ, މިހާރުގެ ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލްގެ ބޭބެ އަބުދުالله ޝަރީފްއަށް ތާއީދުކޮށް, ކުލަ ބަދަލުކޮށް, ޕީއެންސީއަށް އަލީ ޝާމް ސޮއިކުރުމާއެކު, ވައްކަން ކޮށްފައިވާކަން ކޯޓަށް ސާބިތު ވެފައިވާ އަލީ ޝާމްއަށް މިސަރުކާރުން މިހާރުވަނީ އޭނާއަށް ވައްކަން ކުރުމުގެ ފުރުސަތު އިތުރަށް ލިބޭގޮތަށް އާރުޑީސީގެ ލީގަލް ޑިޕާޓްމަންޓުގެ ސީނިއަރ މެނޭޖަރުކަން ހަމަޖައްސާ, އޭނާގެ ވައްކަން އިތުރު ގިޔަރަކަށް ކުރިޔަށް ޖެެއްސުމަށް ހިތްވަރު ދީފައެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ރައީސް މުއިއްޒު ގެންދަވަނީ, ބޮޑެތި ވަގުންނާއި ޖިނާއީ ކުއްތައް ކޮށްފައިވާ މުޖުރިމުންނަށްވެސް ސަރުކާރު ސިޔާސީ އިސް މަގާމްތަކަށް އައްޔަން ކުރަމުންނެވެ.