ޚަބަރު

ވަރަށް ގިނަ ރަށްރަށަށް އެމްޑީޕީގެ ލީޑަރޝިޕަށް ދެވިއްޖެ. ފެންނަނީ ޑރ ދޮގު މުއިއްޒުގެ ދޮގުތައް މިހާރު ގަބޫލު ނުކުރާކަން: އެމްޑީޕީގެ ޗެއަރ ފައްޔާޒް އިސްމާއިލް

ދިޔަވަރު
ވަރަށް ގިނަ ރަށްރަށަށް އެމްޑީޕީގެ ލީޑަރޝިޕަށް ދެވިއްޖެ. ފެންނަނީ ޑރ ދޮގު މުއިއްޒުގެ ދޮގުތައް މިހާރު ގަބޫލު ނުކުރާކަން: އެމްޑީޕީގެ ޗެއަރ ފައްޔާޒް އިސްމާއިލް

ވަރަށް ގިނަ މަސައްކަތް މި ކެމްޕެއިންގައި ކުރެވިއްޖެ ކަމަށާއި، ޕާޓީގެ ލީޑަރޕުން ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންފި ކަމަށާއި، އެއްވެސް ތަނަކުން، ޑރ ޑީއެމް (ދޮގު މުއިއްޒު)ގެ ދޮގުތައް މިހާރު ގަބޫލު ނުކުރާ ކަމަށް އެމަނިކުފާނު ވިދާޅު ވިއެވެ.

އަދި ހުރިހާ ރާސެއްގެ ހުރިހާ ޕްރޮޖެކްޓްތައް މިހާރު ހުއްޓިފައި ވާކަމަށާއި، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެވާހަކަ ދެންނެވުނުން، ސޯޝަލްމީޑިޔާ މިނިސްޓަރުންތައް އެކަމާއި ރޭރުވެގެން އުޅުނު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އާދައިގެ ކުޑަ ރަށް ރަށުގައި ކުރާ މަސައްކަތް މުއިއްޒު ކުރިއަށް ނުގެންދާނެ ކަމަށާއި، އެ ބޭފުޅުން ވިދާޅުވަމުން ދަނީ އެމްޑީޕީ ސަރުކާރުން އެރަށްރަށަށް ކޮށްފައި ވަނީ ބޭކާރު ހަރަދު ކަމަށް އެމްޑީޕީގެ ޗެއަރ ޕާސަން ފައްޔާޒް ވިދާޅުވިއެވެ. މި ގޮތުން މިސާލު ޖައްސަވަމުން އއ. ދިއްދޫގައި ފެނާއި ނަރުދަމާ އެޅުމަކީ ބޭކާރު ކަމެއް ކަމަށް، އެފަރާތްތަކުން ބުނާކަމަށް ފައްޔާޒް ވިދާޅުވިއެވެ. ތަންދޮރު ނުދަންނަ ބަޔަކަށް އެއީ އިޤްތަޞާދަށް ފައިދާއެއް ނެތް ބޭކާރު ކަމެއް ކަމަށް ވިސްނިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހްގެ ސަރުކާރުން ބެއްލެވީ އާންމު ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ޤާއިމު ކޮށް ދިނުމަށް ކަމަށާޢި، އެ ޚިދުމަތްތައް ގާއިމް ކޮށްގެން މެނުވީ އިޤްތިޞާދެއް ނުއުފެދޭނެ ކަމަށް ވިދާޅުވިއެވެ. އަދި އއ. ދިއްދޫއަށް އިޝާރާތް ކޮށް އެރަސުގައި މިހާރު 3 ގެސްޓްހައުސްގެ މަސައްކަތް ކުރިއަށް ދާކަމަށް ވިދާޅުވިއެވެ. އެމްޑީޕީއިން ކަންކަން ކޮށްފައި ވަނީ ވިސްނުން ތެރި ކަމާއި އެކުގައި ކަމަށާއި، އެމްޑީޕީއިން ކޮށްފައިވާ ކަންކަމުން ރާއްޖޭގެ އިޤްތިޞާދު ދާނީ ކުރިއަރައިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރަށްރަށުގައި ހުއްޓާލާފައިވާ ޕްރޮޖެކްޓްތަކުގެ ސަބަބުން އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނަމަވެސް ސަރުކާރުން ދަނީ ރައްޔިތުންނަށް ދަޅަދައްކައި، ހުސް ވައުދުތައް ވެ ދޮގު ހަދަމުންނެވެ. އާންމު ރައްޔިތުން މިހާރު މުއިއްޒަށް ދަނީ ކައްޒާބޭ ކިޔައި މުހާތަބު ކުރަމުންނެވެ.