ޚަބަރު

ފައްޔާޒު ޕޮލިހަށް ހާޒިރު ކުރާތީ ފުލުހުން ތައްޔާރީ ހާލަތަކަށް! މުއިއްޒުވަނީ ފައްޔާޒު ހައްޔަރަށް ގެންދިއުމަށް ފުލުހުންނަށް އަމުރު ކޮށްފަ!

ދިޔަވަރު
ފައްޔާޒު ޕޮލިހަށް ހާޒިރު ކުރާތީ ފުލުހުން ތައްޔާރީ ހާލަތަކަށް! މުއިއްޒުވަނީ ފައްޔާޒު ހައްޔަރަށް ގެންދިއުމަށް ފުލުހުންނަށް އަމުރު ކޮށްފަ!

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ކޮރަޕްޝަންގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ހަމަޖެހިފައިވާތީ ފުލުހުން ތައްޔާރީ ހާލަތަކަށް އަައިސްފައެވެ. އަދި އޭނާ މުއްދަތެއް ނެތްގޮތަށް ބަންދު ކުރުމަށް މުއިއްޒު ފުލުހުންގެ މުވައްސަސާއަށް ވަނީ އަމުރު ކޮށްފައެވެ.

ފުލުހުންގެ އިސް އޮފިޝަލަކު ”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ދިން ގޮތުގައި ފައްޔާޒު ޕޮލިހަށް ހާޒިރު ކުރުމަށްފަހު މިއަދު ދޫނިދޫއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުއިއްޒު ބޭނުންވަނީ, ޝަރީއަތް ނިމެންދެން ފައްޔާޒު ވާނުވާގައި ބެހެއްޓުމަށް ކަމަށްވެސް ފުލުސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. ފުލުސް އޮފިޝަލް ވިދާޅުވީ ފައްޔާޒު ޕޮލިހަށް ގެންދާ ވަގުތާއި ދިމާކޮށް މާލެ ހަލަބޮލި ކުރުމަށް އިދިކޮޅު ޕާޓީން މަސައްކަތް ކޮށްފާނެކަމަށް ބަލާ, ފުލުހުންވަނީ ތައްޔާރީ ހާލަތަކަށް ގެނެވިފައި ކަމުގައެވެ.

ފައްޔާޒު ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް އަންގާފައި ވަނީ މިއަދު މެންދުރު ފަހު 15:00 އަށެވެ.

ފައްޔާޒް ހާޒިރު ކުރަން ފޮނުވި ޗިޓުގައި އޮތީ އާރުޑީސީ އަށް ލިބޭ ފައިސާ ކުންފުނީގެ ވެރިންނާއި އާރުޑީސީއާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް އާރުޑީސީގެ ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލައިގައި އާރުޑީސީން ކުރި މުއާމަލާތްތަކުގެ ތެރެއިން ފައްޔާޒް އަށް މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ.

އެކަމާ ގުޅިގެން ފައްޔާޒް ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށިފައިވާ ކަމަށެވެ. އާރުޑީސީން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ، ބަލާ މައްސަލައަކީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ކާމިޔާބު ނުވާނެކަން ޔަގީން ވުމުން މުއިއްޒު ގެންދަނީ މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވާ, އަދި އިދިކޮޅު އެމްޑީޕީގެ އިސްވެރިން ހައްޔަރު ކުރުމަށް ރާވަމުންނެވެ.