ޚަބަރު

ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލާހެން، މީހަކު އެއްޗެއް ބުނެފިއްޔާ ކައްޒާބަށް ހީވާނީ ދޮގެއް ހަދާހެން!

ދިޔަވަރު
ފުޅަށް ބުޑުން ދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލާހެން، މީހަކު އެއްޗެއް ބުނެފިއްޔާ ކައްޒާބަށް ހީވާނީ ދޮގެއް ހަދާހެން!

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެދު ހެންވޭރު ދާއިރާގެ ގެތަކަށް ވަޑައިގެން ހިންގެވި ކެމްޕޭން ހަރަކާތުގެ ތެރެއިން އެ ދާއިރާގެ ރައްޔިތުން ނުރުހުން ފާޅުކޮށް ދެއްކީ މުޅިން ވެސް ދޮގު ވާހަކަ ކަމަށް ވިދާޅުވެ އެ ރައްޔިތުން ނަކީ ދޮގު ހަދާ ބައެއް ކަމަށް މުއިއްޒު ވިދާޅު ވެއްޖެއެވެ.

ރައީސްގެ ކެމްޕޭނު ހަރަކާތުގެ ތެރެއިން ބަޔަކު ނުރުހުން ފާޅުކުރީ އެ ދާއިރާއަށް އަމިއްލަގޮތުން ވާދަ ކުރުމަށް ނަން ހުށަހެޅި ހަސަން ޝިޔާމްއަށް އެންމެ ފުރަތަަމަ ދުވަހުން ފެށިގެން ވެސް ޕީއެންސީން ކަންކުރަމުން އައިސްފައިވާ ގޮތުން ކަމަށް އެ މީހުން ބުނެފައިވެ އެވެ.

"މިހިރަ ލަވްލީ [ޕީއެންސީގެ ކެންޑިޑޭޓު] އެއް ނޫން މަސައްކަތް ކުރީ، ހަސަން ޝިޔާމު ނަގައިދިނީ ހަތަރު ފޮށި، އެކަމަކު ޑރ. މުއިއްޒު ކިހިނެއްތޯ ހަސަން ޝިޔާމަށް ތިޔަ ކަންތައް ކުރެއްވީ،" ރައީސްގެ އަރިހަށް ގޮސް ހިތްހަމަނުޖެހުން ފާޅު ކުރި އައިޝަތު އުޝާމާ ބުންޏެވެ.

"އަޅުގަނޑާ ނިސްބަތްކޮށް ތި ވިދާޅުވީ ހަމަ ހުސްދޮގު، ހުސްދޮގު" އެ ވީޑިއޯގައި ރައީސް ވިދާޅުވާ އަޑު އިވެ އެވެ. މުއިއްޒަށް ދިވެހިން މިހާރު ކިޔަނީ ކައްޒާބެވެ. ފުޅަށް ބުޑުން ދަންޏާ ހަސަނަން ހީވާނީ ކެޔޮގަނޑު ކަނޑާލާ ހެންނޭ ބުނާހެން ކައްޒާބަށް ހީވާނީ ރައްޔިތު މީހާވެސް ހަދާނީ ދޮގު ކަމަށެވެ.

ޕީއެންސީގެ ޓިކެޓުގައި މެދު ހެންވޭރު ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓަށް އެ ދާއިރާގައި ތާއީދު ނެތްކަން ފާހަގަކޮށް އުޝާމާ ވަނީ ދޮރުން ދޮރަށް ހިންގެވުމަށް ރައީސް މުއިއްޒު ވަޑައިގަތުމުން ވެސް އެ ދާއިރާ ރައްޔިތުން ނުކުމެފައި ނުވަނީ ކީއްވެތޯ ސުވާލު އުފައްދައިފަ އެވެ.