ޚަބަރު

މުއިއްޒާ މަގުމަތިން ދިމާ ކުރަނީ ދޮގު ހަދާތީ: މާރިޔާ

ދިޔަވަރު
މުއިއްޒާ މަގުމަތިން ދިމާ ކުރަނީ ދޮގު ހަދާތީ: މާރިޔާ

މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގުމަތިން ފެނުމުން އާންމުން އެ މަނިކުފާނު ހުއްޓުވައި ޝަކުވާތައް ބަންޑުން ކުރަމުން އަންނަނީ ބޮޑެތި ދޮގު ހަދައިގެން ވެރިކަމަށް ވަޑައިގަތުމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ރޭ ބޭއްވި ގަލޮޅު ތަރާވީހުގައި އޭނަ ވިދާޅުވީ މި ކުޑަކުޑަ ރާއްޖޭގައި ބޮޑެތި ދޮގު ހައްދަވައި، މާލެ ތެރެއަށް ނުކުމެވަޑައިގެން ވޯޓު ހޯދަން ހިންގަވަން ފެއްޓެވުމުން ރައްޔިތުން އެ މަނިކުފާނު ހުއްޓުވާނެ ކަމަށެވެ. މާރިޔާ އެގޮތަށް ވިދާޅުވީ މަޖިލީހުގެ ހެންވޭރުގެ ކެމްޕޭނަށް ރައީސް ނުކުމެވަޑައިގެން އުޅުއްވަނިކޮށް މަގުމަތިން ޕީއެންސީގެ ސަޕޯޓަރުން އެމަނިކުފާނާ ބައްދަލުކޮށް ހިތްހަމަނުޖެހުން ބަންޑުކޮށްލުމާ ގުޅިގެންނެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އިއްޔެ އާންމުވެފައިވެ އެވެ.

މާރިޔާ ވިދާޅުވީ މި ސަރުކާރުން ބޭރު މީހުންގެ ވާހަކަ ދައްކާއިރު، މާލޭގެ ދެބައިކުޅައެއްބަޔަށްވުރެ ބޮޑު ތަނެއް ބޭރު މީހަކަށް ވިއްކާލާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ރައީސް މުއިއްޒުއެއް ނޫން ކިޔަނީ. ރައީސް ޑރ. ރާޖޫ އަޅުގަނޑުމެން ކިޔަނީ. އޭނައަށް ވިއްޔާ މި ރާއްޖޭގެ މޫނުމަތި، މާލޭގެ އެ ބޮޑު ސަރަހައްދު ވިއްކާލައިގެން ހުރެގެން، މި މާލޭގެ މީހުން މިއޮތްހާ ދުވަހު ހާލުގައި ޖެހިފައި ހުއްޓާ، ރާޖޫ ލައްވާ މުށެއްގެ ވެލިކޮޅެއް އެއްލާފައި އަލާއުއްދީންގެ ވޮއްގަނޑުން އަރައިގެން އައި އެތައް ހެކްޓަރެއްގެ ބިން ރާޖޫއަށް މިލްކުކޮށް ދީފައި އައިސް އެހުރީ." އޭނަ ވިދާޅުވި އެވެ.