ޚަބަރު

އައްޑޫ ފޭދޫ ދެކުނު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓް އައިބީގެ އާއިލާ އަދި ކެމްޕޭންގެ ހަރަކާތްތެރިވާ ގިނަ ބަޔަކަށް ސިޔާސީ މަގާމްތައް ހަޖައްސައިފި

ދިޔަވަރު
އައްޑޫ ފޭދޫ ދެކުނު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓް އައިބީގެ އާއިލާ އަދި ކެމްޕޭންގެ ހަރަކާތްތެރިވާ ގިނަ ބަޔަކަށް ސިޔާސީ މަގާމްތައް ހަޖައްސައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި, އައްޑޫ ފޭދޫ ދެކުނު ދާއިރާއަށް ވާދަކުރަމުންދާ އިބުރާހިމް ދީދީ (އައިބީ)ގެ އާއިލާގެ ގިނަ ބަޔަކަށާއި އަދި ކެމްޕޭންގައި ހަރަކާތްތެރިވަމުންދާ ގިނަ ބަޔަކަށް މިހާތަނަށް ސިޔާސީ ގިނަ މަގާމްތަކެއް ހަމަޖައްސާ ދީފައިވާކަން ހާމަ ވެއްޖެއެވެ.

އެގޮތުން މިހާތަނަށް އެނގިފައިވާ ގޮތުގައި އައިބީގެ އާއިލާގެ ގިނަ ބަޔަކު ވަނީ ސިޔާސީ އިސް މަގާމްތަކަށް ހަމަޖައްސާ ދީފައެވެ.

ބޮޑު މުސާރަލިބޭ ސިޔާސީ އިސް މަގާމްތަކަށް ހަމަޖައްސާދީފައިވާ, އައިބީގެ އާއިލާގެ މީހުން

  1. އިހުސާން - އައިބީގެ ދަރިފުޅު, މިނިސްޓަރ
  2. އަހުސަން - އައިބީގެ ދަރިފުޅު, ޖަރުމަނު އެމްބަސީގައި
  3. ނައުރަތު - އައިބީގެ ދަރިފުޅު, ސްޕެޝަލް ޕޮލިޓިކަލް ޑައިރެކްޓަރ, ޔޫތު މިނިސްޓްރީ, ހިތަދޫ ސްޓޭޑިއަމް

އައިބީގެ ކެމްޕޭންއިން މިހާތަނަށް ވަޒީފާ ހަމަޖައްސާދީފައިވާ ބައެއް ފަރާތްތައް

  1. އީނާ - ސްޕެޝަލް ޕޮލިޓިކަލް ޑައިރެކްޓަރ, ކޮންސްޓްރަކްޝަން މިނިސްޓްރީ
  2. ސާލިފް - ސްޕެޝަލް ޕޮލިޓިކަލް ޑައިރެކްޓަރ, ޖެންޑަރ މިނިސްޓްރީ
  3. ހާތިމް - ސްޕެޝަލް ޕޮލިޓިކަލް ޑައިރެކްޓަރ, އިކޮނޮމިކް މިނިސްޓްރީ
  4. ސުލައިމާން ނައީމް - ރީޖަނަލް މެނޭޖަރ, އެމްޓީސީސީ
  5. ސައުތު ވަހީދު - ސްޕެޝަލް ޕޮލިޓިކަލް ޑައިރެކްޓަރ, ޕަބްލިކް ވާރކްސް
  6. އާތިފް, މެނޭޖަރ, ހެލްތު ސެންޓަރ
  7. މައުސޫމު, ފެނަކަ ޑައިރެކްޓަރ

މީގެ އިތުރުން, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބޭ ގޮތުގައި އައިބީގެ އަންހެނުންނަށްވެސް ވަރަށް އަވަހަށް ސިޔާސީ މާގާމެއް ހަމަޖައްސާގޮތަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ދަނީ މަޖިލިސް އިންތިޚާބާ ދިމާކޮށް ސިޔާސީ އެކްޓިވިސްޓުން ބޮޑު މުސާރަލިބޭ މަގާމްތަކަށް ހަމަޖައްސާ, އިންތިޚާބަށް ސިޔާސީ ނުފޫޒު ފޯރުވަމުންނެވެ.