ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭންޖަލްސާތައް, ބަރަކާތްތެރި ރަމަޟާންމަހުގެ އޮނަހިރި ރޭތަކުގެ ހުރުމަތަށްވެސް ބެލުމެއް ނެތި ރައީސް މުއިއްޒު ބާއްވަން ފައްޓަވައިފިއެވެ.
އެގޮތުނން މިރޭ މުއިއްޒު ވަނީ މާލޭ ބުލޫކިޔާމަގުގައި ކެމްޕެއިން ޖަލްސާގެއް ބާއްވާފައެވެ. އަދި މުއިއްޒުވަނީ ފަހުދިހައިގެ ފާއިތުވި ހުރިހާ ރެއެއްގައިވެސް ސިލްސިލާކޮށް ކޮންމެ ރެއަކުވެސް މާލެ އާއި ހުޅުމާލޭގައި ޖަލްސާތައް ބާއްވާފައެވެ.
މިގޮތުން ބާއްވަމުންދާ ޖަލްސާތަކުގައި މުއިއްޒު ގެންދަވަނީ މި ބަރަކާތްތެރި މައްސަރުގެ ހުރުމަތަށްވެސް ބެލުމެއް ނެތި, އަދި ވަކީން ޚާއްސަކޮށް މި ރަމަޟާން މަހުގެ އޮނަހިރި ރޭތަކުގައިވެސް, ޖަލްސާތަކުގައި އަނެކުންނާ ނެތި މޮށެ, އިންޒާރު ދީ, އަދި ބޮޑެތި ދޮގުތައް ހައްދަވަމުންނެވެ.
މިރޭ މާލޭ ބުލޫކިޔާމަގުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރަށް އަދި އެމްޑީޕީއަށް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، މާލޭގެ ތަރައްގީއަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރަށް މާލެއަށް ކޮށްދެވުނު ކަމެއް ދެއްކެން ވެސް ނޯންނާނެ ކަމަށް ވިދާޅުވެ މުއިއްޒު ވިދާޅުވީ ފާއިތުވި 5 އަހަރުވެސް މާލެއަށް ކޮށްދެވުނު ކަމެއް ކޮށްދެވުނީ އަމިއްލަފުޅު މޭޔަރު ކަމުގައެވެ.
އެހެންނަވެސް ފާއިތުވި 5 އަހަރު މާލެއަށް އެއްވެސްކަމެއް ރައީސް ސާލިހުއަށް ކޮށް ނުދެވޭކަމަށް މުއިއްޒު ވިދާޅުވިއިރު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވީ ރައީސް ސާލިހުގެ ވެރިކަމުގެ ފަހު 2 އަހަރުގައި އެކަނިކަން ފާހަގަ ކޮށްލެވެއެވެ.
ރޯދަމަހުގެ ފަހު ދިހައިގެ, ޚާއްސަލޮށް އޮނަހިރި ރޭތަކުގައި ގިނަ ދިވެހިން އެހެން ހުރިހާ ހަރަކާތްތަކުން ދުރުވެ, ރޭގަޑުގެ ގިނަ ވަގުތު ހޭދަކުރަނީ އަޅުކަމުގެއެވެ. އަދި ޚާއްކޮށް މި ރޭތަކުގައި ސިޔާސީ ހަރަކާތްތަކެއް ގިނަ ޕާޓީތަކުން ކުރިޔަށް ނުގެންދެއެވެ.
ރޯދަމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތައް މުސްލިމުން އަޅުކަމަށް ޚާއްސަ ކުރަނީ, ޤުރުއާން ބާވައިލެއްވި ލައިލަތުލްގަދުރި ރޭގެ ބަރަކާތް ލިބިގަތުމަށްޓަކައެވެ.