ޚަބަރު

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ވެރިކަން ބަދަލުވިއިރު ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ދޮގެއް! ވެރިކަން ބަދަލުވިއިރު ފަންޑުގައި 32 މިލިއަން ޑޮލަރު ހުރި, އޭގެތެރެއިން 30 މިލިއަން ޑޮލަރު ހުރީ އިންވެސްޓް ކޮށްފަ!

ދިޔަވަރު
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ވެރިކަން ބަދަލުވިއިރު ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށް ވިދާޅުވެ މުއިއްޒު ހެއްދެވީ ބޮޑު ދޮގެއް! ވެރިކަން ބަދަލުވިއިރު ފަންޑުގައި 32 މިލިއަން ޑޮލަރު ހުރި, އޭގެތެރެއިން 30 މިލިއަން ޑޮލަރު ހުރީ އިންވެސްޓް ކޮށްފަ!

ވެރިކަން ބަދަލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި ހުރީ އެންމެ 2 މިލިއަން ޑޮލަރުކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދޮގު ހައްދަވައިފިއެވެ.

ފާއިތުވި ހަފްތާގައި ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވެފައިވަނީ ވެރިކަން ބަދަލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި ހުރީ އެންމެ ދެމިލިއަން ޑޮލަރު ކަމުގައެވެ. އަދި ވެރިކަމާ ހަވާލުވެވަޑައިގެން މިވީ ހަތަރު މަސްދުވަހުގެ ތެރޭގައި 30 މިލިއަން ޑޮލަރު އެ ފަންޑުގައި ރައްކާކޮށްފައިވާކަމަށް މުއިއްޒު އެ ޖަލްސާގައި ވިދާޅުވިއެވެ.

އެހެންނަމަވެސް މިހާރު އާންމުވެފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އާބެހޭ ތަފްސީލުތަކުން އެނގޭ ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގައި 32 މިލިއަން ޑޮލަރު ޖަމާކޮށްފަ ހުއްޓެވެ. އެހެންނަމަވެސް އެފަންޑުގައި ހުރި 32 މިލިއަން ޑޮލަރުގެ ތެރެއިން 30 މިލިއަން ޑޮލަރު ހުރީ އިންވެސްޓް ކޮށްފައެވެ.

އެހެންނަމަވެސް ފަންޑަށް ޖަމާވެފައިހުރި ފައިސާގެ އަދަދު އޮޅުވާލުމަށްފަހު, އެ ފަންޑުން އިންވެސްޓު ނުކޮށް ހުރި 2 މިލިއަން ޑޮލަރަކީ އެފަންޑުގައި ބާކީހުރި ފައިސާކަމަށް ހައްދަވައިގެން ރައީސް މުއިއްޒުވަނީ އެޖަލްސާގައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ.

ރައީސް ސާލިހުގެ ސަރުކާރުން އެ ފަންޑުން ބޭންކުތަކުގައި އިންވެސްޓް ކޮށްފައި ހުރި ފައިސާއަކީ ބޭނުންވުމުން ނެގޭ ގޮތަށް އިންވެސްޓް ކޮށްފައި ހުރި ފައިސާއެވެ. އަދި އެފަންޑުގައި ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރު އެންމެ 1.9 ބިލިއަން ރުފިޔާ ހުރި ފަންޑުގައި ރައީސް ސާލިހުގެ ވެރިކަން ބަދަލުވިއިރު 7 ބިލިއަން ރުފިޔާ ޖަމާވެފައި ހުއްޓެވެ. އެ ފަންޑަށް ޑޮލަރުން ފައިސާ ޖަމާކުރަން ފެށީވެސް ރައީސް ސާލިހުގެ ދައުރުގައެވެ.