ޚަބަރު

މައްޗަންގޯޅި ދެކުނު ދާއިރާއަށް ޕީއެންސީއިން ވާދަކުރާ މުސްތަފާ އަކީ މަސްތުވާތަކެތި ދީގެން އަންހެން ކުއްޖަކު ރޭޕް ކުރި މީހެއް!

ދިޔަވަރު
މައްޗަންގޯޅި ދެކުނު ދާއިރާއަށް ޕީއެންސީއިން ވާދަކުރާ މުސްތަފާ އަކީ މަސްތުވާތަކެތި ދީގެން އަންހެން ކުއްޖަކު ރޭޕް ކުރި މީހެއް!

މައްޗަންގޯޅި ދެކުނު ދާއިރާއަށް ޕީޕީއެމް/ޕީއެންސީއިން ވާދަކުރާ މުސްތަފާ ހުސެއިން އަކީ 18 އަހަރު ނުވާ އަންހެން ކުއްޖަކަށް މަސްތުވާތަކެތި ދިނުމަށްފަހު ރޭޕްކޮށްފައިވާ މީހެއްކަމަށް އަންހެން ކުއްޖާގެ އާއިލާއިން ބުނެފިއެވެ.

މުސްތަފާގެ ރޭޕް ޝިކާރައަށްވި އަންހެންކުއްޖާގެ އާއިލާ މީހަކު ބުނީ މުސްތަފާ އެއަންހެން ކުއްޖާ ރޭޕް ކުރީ އެކިފާޑުގެ މަސްތުވާތަކެތި ދިނުމަށްފަހުއެވެ.

މުސްތަފާއަކީ މިގޮތަށް އެތައް އަންހެން ކުދިންނަށް ގަދަކަމުން މަސްތުވާތަކެތި ދިނުމަށްފަހު ރޭޕްކޮށްފައިވާ މީހެއްކަމަށް ގިނަބަޔަކު ބުނެފައި ވެއެވެ.

މުސްތަފާ ރޭޕްކުރި ކުއްޖާ ވަނީ 2022 ވަނަ އަަހަރުގެ އޮގަސްޓުމަހު ވަނީ އެވާހަކަ ސޯޝަލް މީޑިއާގައި އެވާހަކަ ދައްކާފައެވެ. އަދި އެކަން އެ އަންހެންކުއްޖާ ވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުވެސް ކޮށްފައެވެ.

ޑރ. މުއިއްޒުގެ ސަރުކާރުގެ މަތީ މަގާމުތަކުގައިވެސް ރޭޕިސްޓުންނާއި ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށް ވެފައިވާ ގިނަބަޔަކު ހިމެނެއެވެ. ތައުލީމީ ގާބިލް ސަރުކާރެއް އެކުލަވާލާނެކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންނެވި މުއިއްޒުގެ ސަރުކާރަކީ މިހާތަނަށް ފެނުނު އެންމެ ނާގާބިލް މީހުންތިބި ސަރުކާރެވެ.