ޚަބަރު

ރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ އަރުޝަދު ދަނީ ފެނަކަ އެމްޑީ މުއާޒްގެ ބޭބެއާއި އަދި ވެމްކޯގެ އެމްޑީ މުޖުތަބާގެ ބޭބެގެ މަޖިލިސް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރި ވަމުން!

ދިޔަވަރު
ރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ އަރުޝަދު ދަނީ ފެނަކަ އެމްޑީ މުއާޒްގެ ބޭބެއާއި އަދި ވެމްކޯގެ އެމްޑީ މުޖުތަބާގެ ބޭބެގެ މަޖިލިސް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރި ވަމުން!

ރާއްޖޭގައި އެންމެ ފުޅާ ދައިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރު ކުރަމުންދާ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ދަނީ ފެނަކަ އެމްޑީ މުއާޒްގެ ބޭބެ ޝަމީޒްއާއި އަދި ވެމްކޯގެ އެމްޑީ މުޖުތަބާ ބޭބެ ޝަރީފްގެ މަޖިލިސް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރި ވަމުންނެވެ.

ފެނަކަ އެމްޑީ މުއާޒުގެ ބޭބެ ޝަމީޒު ވާދަކުރަމުންދަނީ ޕީއެންސީގެ ޓިކެޓްގައި މަޑަވެލި ދާއިރާއަށެވެ. ވެމްކޯގެ އެމްޑީ މުޖުތަބާގެ ބޭބެ ވާދަކުރަމުންދަނީ ދިނަދޫ ދެކުނު ދާއިރާއަށެވެ.

އެގޮތުން މި ދެ ކެނޑިޑޭޓުންގެ މަޖިލިސް ކެމްޕޭންގައިވެސް އަރުޝަދު ވާދަކުރަމުންދާއިރު އޭނާ ދަނީ އިންފްރާސްޓްރަކްޗަރ މިނިސްޓަރ މުއްތަލިބާއެކީ އަތޮޅުތެރެއަށް ދަތުރުކޮށް ކެމްޕޭންގައި އިސް ދައުރެއް އަދާކުރަމުންނެވެ.

ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު ހައްޔަރުކުރުމަށް ފަހު ދޫކޮށްލީ 2022 ވަނަ އަަހަރުގެ އޮކްޓޯބަރ މަހުއެވެ.

ފުލުހުން އަރުޝަދު އެންމެ ފުރަތަމަ ހައްޔަރުކޮށްފައި 2022 ވަނައަހަރުގެ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހު އޭނާ ރާއްޖެ އައުމުންނެވެ. އޭނާ ހޯދުމަށް އޭރު ފުލުހުން ރެޑް ނޯޓިސް ނެރެފައި ވެއެވެ.

މީގެ 2 ހަފްތާކުރިން ކޯޓުން ދޫކޮށްލި, ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގައި ހައްޔަރު ކުރި ގދ. ހޯޑެއްދޫ އިރުމަތީގޭ އަހުމަދު ސުނައިނުއަކީވެސް އަރުޝަދުގެ ގާތް ފަރާތެކެވެ. ހަމައެއާއެކު އެ މައްސަލާގައި މީގެ 2 ހަފްތާކުރިން ކޯޓުން ދޫކޮށްލި ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދުއަކީ އަރުޝަދުގެ ކޮއްކޮއެވެ.

ހަމައެއާއެކު އަރުޝަދުއާއެކު މަސްތުވާތަކެތީ ވިޔަފާރި ކުރުމުގައި ބައިވެރިވާ ޝާފީ އަދި ގިޔާސްއަށް މިހާރުވަނީ ވެމްކޯއިން ވަޒީފާވެސް ދީފައެވެ.