ފ. ބިލެއްދޫ ކައުންސިލްއިން މިއަހަރު އިންތިޒާމްކުރި ގުރުއާން މުބާރާތުގައި, ވަނަވަނަ އަށް އައި ދަރިވަރުންނަށް, ޗައިނާގެ ބުދު ދީން ރަމްޒުކޮށްދޭ ބުދުގެ ސޫރައާއެކު ޑިޒައިން ކޮށްފައިވާ ޓްރޮފީތަކެއް ދީފިއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މިމުބާރާތް އިންތިޒާމް ކޮށްފައިވަނީ, ރައީސް މުއިއްޒުގެ ތާއީދާއެކު ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރާ, އެދާއިރާގެ ޕީއެންސީގެ ކެނޑިޑޭޓް ބިލެތްދޫ ކައުންސިލްގެ ރައީސް، އަޙުމަދު އަސްލަމް އިސްވެ ހުރެއެވެ.
ޗައިނާގެ ބުދު ދީނުގެ ކަލާނގެ ރަމްޒުކޮށްދޭ ސޫރަ ހުރި ޓްރޮފީތަކެއް މި ގުރުއާން މުބާރާތުގައި ވަނަވަނައަށް އައި ދަރިވަރުންނަށް ދީފައިވާއިރު, ރައީސް މުއިއްޒު ވަރިކަމަށް ވަޑައިގެންނެވުމަށްފަހު ޗައިނާގެ ނުފޫޒު ރާއްޖެއަށް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އަދި ރައީސް މުއިއްޒު ގެންދަވަނީ ޗައިނާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކުގައި ސޮއިވެސް ކުރައްވަމުންނެވެ.
ހަމައެއާއެކު މުއިއްޒު ގެންދަވަނީ ޗައިނާއިން އެގައުމުގެ މުސްލިމުން އަޅުވެރިކުރުމަށް ގެންގުޅޭ ހައްދުފަހަނައެޅި ގައުމިއްޔަތުގެ ފަލްސަފާ ރާއްޖޭގެ ސްކޫލްތަކަށް ތައާރަފްކޮށް އެ ފަލްސަފާ ދަރިވަރުންގެ މާދާތަކުގައިވެސް ހިމަނަމުންނެވެ.
ޗައިނާގެ ގައުމިއްޔަތުގެ އޮށް މުއިއްޒު ގެންދަވަނީ މިގައުމުގަ ހުރިހާ ސިފައެއްގައިވެސް އިންދަމުންނެވެ. އެހެންނަމަވެސް އެ އޮށުން ގަސްފަޅާ ހެދި ފޯދުމުގެ ކުރިން މި ސިޔާސަތު ހުއްޓުވުމަކަށް ގެނެސް, މިގައު ސަލާމަތް ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް ވާޖިބަކަށް މިއަދު މިވަނީ ވެފައެވެ.