ބަރަކާތްތެރި ރަމަޝާން މަހު 27 ވިލޭރޭގައި، ﷲގެ ދީން ސިޔާސީ ކޮށް، ދީނީ ކާޑު ކުޅުމަށް، އިނދިކޮޅުން އެކި އެކި ދީން ގެންނާނެ ކަމަށް ބުނެ ރޯ ބުހުތާނު ދޮގު އަދުރޭ ހަދައިފިއެވެ.
އެއްވެސް އިލްމެއް އުނގެނިގެން ނެތް، އަދުރޭ މި މޭރުމުން ވާހަކަ ދައްކާފައި ވަނީ، މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި އެ ދާއިރާއަށް ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އަހްމަދު ސަލީމްގެ ކެމްޕެއިނަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ.
މުސްލިމުންނާއި މެދު މިފަދަ ތުހުމަތު ކުރުމަކީ މާތްﷲ ނަހީ ކުރައްވާފައިވާ ފާފައެކެވެ. އަދި ޤައުމުގައި ފިތުނަ އުފެދޭހެން މިފަދަ ދޮގު ވާހަކަ ފެތުރުމަށް އެންމެ ބޮޑު ހިތްވަރެއް ދީ, އަދުރޭ ލައްވައި ﷲ ނަހީ ކުރައްވާފައިވާ މިފަދަ ތުހުމުަތު ތައް މުސްލިމުންނާއި މެދު ކުރުވާ ފަރާތަކީ މުއިއްޒެވެ. މިހުރިހާ ނުބައެއް ގައުމުގައި ފެތުރުމަށްފަހު، ދެއްކުންތެރިކަމަށް މީހުން ލައްވައި ނަމާދު ކުރާތަން ފޮޓޯ ނަގުވައިގެން، ދީނީ މީހެއް ކަމަށް ދައްކައިގެން އޭނާގެ ތާޢީދު އިތުރު ކުރުމަށް ސޯޝަލް މީޑިޔާގައި މުއިއްޒު ދަނީ މަލްޝާމެން ފަދަ މީހުން ލައްވައި އެ ފޮޓޯތައް ދައުރު ކުރަމުންނެވެ.
އަދުރޭ އަކީ ވައްކަން ކުރުމާއި، ދޮގު ހެދުމުގައި އަރާ ހުންނެވި ފަރާތެކެވެ. އަދި އެއީ މުއިއްޒަށް އެންމެ ކަމުދާ ފަރާތް ކަމަށް މުއިއްޒު ވަނީ މިރޭގެ ވަގުތެއްގައި ހާމަ ކޮށްފައެވެ. އަދި އޭނާއަކީ މިނިސްޓަރުން ފެންވަރުގައި ރައީސް އޮފީހުގައި ހުރި ރައީސްގެ ހާއްސަ އެޑްވައިޒަރެވެ. އަދި ޕީއެންސީގެ ނައިބް ރައިސްއެވެ.
ޕީޕީއެމް/ޕީއެންސީ އިން އޮނަހެރި ރޭ ތަކުގައި އާއި، 27 ވިލޭރޭގައި ވެސް ދަނީ ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. ނަމަވެސް އެމްޑީޕީގެ ލީޑަރޝިޕުން ރަމަޟާން މަހު ފަހު ދިހައެއްގެ އެއްވެސް އޮނަހެރި ރެއެއްގައި ކެމްޕެއިން ހަރަކާތެއް ނުބާއްވައެވެ.