ސިޔާސީ ކަންކަމުގައި ކުރިޔަށް ވަޑައިގަންނަވަނީ އަބުދުއްރަހީމް ނަމޫނާއަކަށް ބައްލަވައިގެން ކަމަށާއި, އެމަނިކުފާނުގެ ރޯލް މޮޑެލްއަކީ އެމަނިކުފާނުގެ އިސް މުޝީރު އަބުދުއްރަހީމް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރޭ މާލޭގައި ކުރިޔަށްދިޔަ، އަބުދުއްރަހީމްގެ ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އަބުދުއްރަހީމްއަކީ މިދިޔަ ހުރިހާ ދުވަހަކުވެސް ސިޔާސީ މަސައްކަތުގައާއި ދިމާވި ހުރިހާ ކަމެއްގަ އެންމެ ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާ ކަމަށާއި, އެހެންވީމަ އަބުދުއްރަހީމްއަށް ފުރިހަމަ އިތުބާރު އޮތް ކަމުގައެވެ.
އަޅުގަޑު އެންމެ ބޮޑަށް އެބޭފުޅަކަށްޓަކާ ފަޚުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބުދުއްރަހީމް.
ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެންމެ ފަޚުރުވެރިވާ, އަދި އެމަނިކުފާނުގެ ރޯލް މޮޑެލްއަކީ އަބުދުއްރަހީމް ކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު, އަބުދުއްރަހީމްއަކީ ވައްކަން ކޮށްގެން އަރުވާލާފައިވާ މީހެއްކަން ފާހަގަ ކޮށްލެވެެއެވެ. އަދި އަބުދުއްރަހީމް ފާހަވެފައިވަނީ ހަޑި ހުތުރުބަހުން ވާހަކަ ދައްކާ, އެއްވެސް ތައުލީމެއް ނެތް, އެއްވެސް އަދަބު އަޚްލާގެއްވެސް ނެތް ފަރާތެއްގެ ގޮތުގައެވެ.
އަބުދުއްރަހީމްއަކި ރުޅިދުރުވުމުން އަވަގުރާނަ ގޮވާ ފަރާތެއްކަމަށްވެސް އޭނާގެ ގާތް އެކުވެރިން ބުނެއެވެ.
ރައީސް މުއިއްޒުގެ ސަރުޚާރުގައި ސިޔާސީ އިސް މަގާމްތަކަށް އައްޔަން ކޮށްފައިވަ ގިނަ ފަރާތްތަކަކީ, ކޮރަޕްޝަންގެ ތުހުމަތުތަކާއި, ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކުގެ އިތުރުން, ބޮޑެތި ވައްކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައްކަންވެސް ފާހަގަ ކޮށްލެވެއެވެ.