ޚަބަރު

ހެރޮއިން އަދި މެތް ބޭރުކުރަން އުޅުނު، އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފު, މުއިއްޒު އެންގުމަށް ބަންދުން ދޫކޮށްލައިފި!

ދިޔަވަރު
ހެރޮއިން އަދި މެތް ބޭރުކުރަން އުޅުނު، އެމްއޭސީއެލްގެ ސީނިއަރ މުވައްޒަފު, މުއިއްޒު އެންގުމަށް ބަންދުން ދޫކޮށްލައިފި!

4.5 ކިލޯގެ ހެރޮއިން އަދި މެތް، އުސޫލުން ބޭރުން ނެރެން އުޅުނު މައްސަައިގައި ހައްޔަރު ކުރި އެމްއޭސީއެލްގެ ސީނިއާ މުވައްޒަފު ބަންދުން ދޫކޮށްލައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން ހާމަކޮށްފައިވާ ގޮތުގައި، 5 މާރޗް2024 ގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްއިން އުސޫލުން ބޭރުން 4.5 ކިލޯގެ މެތް އަދި ހެރޮއިން ބޭރު ކުރަން އުޅުނު މައްސަަލައިގައި ޕާކިސްތާނު މީހެއްގެ އިތުރުން އެމްއޭސީއެލްގެ 2 މުވައްޒަފަކާއި އެ ލަގެޖް ބަލާ އައި ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިމައްސަލައިގެ މުއްދަތު ޖަހަން ކުރިމިނަލް ކޯޓަށް އެމީހުން ހާޒިރުކުރުމުން އެ މައްސަލައިގެ އެންމެ އިސް ފަރާތް ކަމަށްވާ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފާ ދެކޮޅަށް ހެކި ހުރިނަމަވެސް ޝަރުތުކޮށް ބަންދުން ދޫކޮށްލާފައި ވާކަމަށް ފުލުހުންވަނީ ބުނެފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބަންދުން ދޫކޮށްލާފައިވަނީ ރައީސް މުއިއްޒު މައްސަލައަށް އަތް ބާނުވައިގެން, މައްސަލައަށް ސިޔާސީ ނުފޫޒު ފޯރުވައިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުން ދޫކޮށްލުމާއެކު މިހާރު އޭނާވަނީ ވަޒީފާއަށްވެސް ނިކުންނަން ފަށާފައެވެ.

އަދި އޭނާ ވަޒީފާއަށް ނިކުންނަން ފެށުމާއެކު, ޑްރަގް ރާއްޖެއިން ބޭރުކޮށް އެތެރެކުރާ ފަރާތްތަކަށް އެމަގު އިތުރަށް ފަހިވެގެން ދިޔައީކަމުގައި އެމްއޭސީއެލްގެ ބައެއް މުވައްޒަފުންވެސް ވަނީ ބުނެފައެވެ.

މަސްތުވާތަކެތި ފެނިފައިވަނީ ޕާކިސްތާން މަގުން ރާއްޖެއަށް އެތެރެވީ މީހާގެ ލަގެޖުންތޯއާ މި ކޭސް އަކީ ކިހާވަރެއްގެ ކޭސްއެއްތޯ ނޫސްވެރިން ކުރި ސުވާލަށް ދިން ޖަވާބުގައި ފުލުހުން ވިދާޅުވީ މިއީ ޖިނާއީ ބޮޑި ތަހުގީގެއް ކުރަމުންދާ މައްސަލައެއް ކަމަށާއި، އަދި މިކަމުގައި ގިނަ މުވައްޒިފުންތަކެއް ހިމެނޭތީ ވަރަށް ސީރިއަސް މައްސަލައެއް ގޮތުގަ ބަލަމުންދާ ކަމަށެވެ.

މިއީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވީމަ މި މައްސަލައިގެ އިތުތު ތަފްސީލް ދެވެންނެތް ކަމަށް ފުލުހުން ވިދާޅުވި އެވެ.

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާ ދިމާކޮށް, ސަރުކާރުން ދަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން, ބޮޑެތި ޖަރީމާތައް ހިންގާފައިވާ ފަރާތްތަކާއި, ރޭޕިސްޓުންނާއި, ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ ފަރާތްތައްވެސް މިނިވަން ކުރަމުންނެވެ.