ޚަބަރު

އާރުޑީސީގެ ރީޖަނަލް އޮފީހެއް ކެލާގައި އުފައްދާ 11 މުވައްޒަފުން މާދަމާ ނެގުމަށް ހަމަޖައްސައިފި, އާރުޑީސީން އެރަށުގައި ހިންގާ ޕްރޮޖެކްޓެއްވެސް އޮފީސް އިމާރާތެއްވެސް ވުޖޫދުގަ ނެތް! މުވައްޒަފުން ނަގަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް!

ދިޔަވަރު
އާރުޑީސީގެ ރީޖަނަލް އޮފީހެއް ކެލާގައި އުފައްދާ 11 މުވައްޒަފުން މާދަމާ ނެގުމަށް ހަމަޖައްސައިފި, އާރުޑީސީން އެރަށުގައި ހިންގާ ޕްރޮޖެކްޓެއްވެސް އޮފީސް އިމާރާތެއްވެސް ވުޖޫދުގަ ނެތް! މުވައްޒަފުން ނަގަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް!

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އާރުޑީސީގެ ރީޖަނަލް އޮފީހެއް ކެލާގައި އުފައްދާ 11 މުވައްޒަފުން މާދަމާ ނެގުމަށް ހަމަޖައްސައިފިއެވެ. އާރުޑީސީގެ ރީޖަނަލް އޮފީހެއް ކެލާގައި އުފައްދާ މި މުވައްޒަފުން ނެގުމަށް ހަމަޖައްސާފައިވާއިރު, އަދި މިހާތަނަށް އާރުޑީސީގެ އޮފީސް އިމާރާތެއްވެސް އެރަށުގައި ވުޖޫދުގަ ނެތެވެ.

އޭގެ އިތުރުން މީގެ ދުވަސްކޮޅެއް ކުރިން ކެލާ ފެނަކަ ބުރާންޗަށްވެސް ވަނީ, އެދާއިރާގެ ޕީއެންސީގެ ކެނޑިޑޭޓަށް ތާއީދުކުރުމަށް ޝަރުތުކޮށް އިތުރު 11 މުވައްޒަފުނަށް ވަޒީފާ ދީފައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އާރުޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ވުޖޫދުގަ ނެތީސް, އެރަށުގައި އުފައްދާ އޮފީހަށް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ޖުމްލަ 25 މުވައްޒަފުން ނެގުމަށް ވަނީ ހަމަޖައްސާފައެވެ. އެހެންނަމަވެސް އާރުޑީސީއަކީ އެރަށުގައި އެއްވެސް ޕްރޮޖެކްޓެއް ހިންގަމުންދާ ކުންފުންޏެއް ނޫންކަންވެސް އޮފިޝަލް ފާހަގަ ކޮށްފައި ވެއެވެ.

މުއިއްޒު ގެންދަނީ މަޖިލިސް އިންތިޚާބާ ދިމާކޮށް ރާއްޖޭގެ އެކި ރަށްރަށުގައި ގިނަ އަދަދެއްގެ ސިޔާސީ ވަޒީފާތައް އުފައްދާ, ޕީއެންސީއަށް ކެމްޕޭން ކުރުމަށް ޝަރުތުކޮށް ސިޔާސީ ވަޒީފާތައް މީހުން އައްޔަންކޮށް, މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވަމުންނެވެ. އެހެންނަމެވެސް މިހުރިހާ ނުފޫޒަކަށާއި, ކޮރަޕްޝަނަށް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.