ޚަބަރު

އާ ސިޔާސީ ޕާޓީއެއް ވުޖޫދުވުން މުއިއްޒުއަށް ހަޖަމެއް ނުވި! މިއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފެނުނު އެންމެ ހުތުރު މަންޒަރު! މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތަށް އައި ކަޅު އަނދިރި ދުވަހެއް!

ދިޔަވަރު
އާ ސިޔާސީ ޕާޓީއެއް ވުޖޫދުވުން މުއިއްޒުއަށް ހަޖަމެއް ނުވި! މިއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ފެނުނު އެންމެ ހުތުރު މަންޒަރު! މިއަދަކީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތަށް އައި ކަޅު އަނދިރި ދުވަހެއް!

ކުރީގެ ރައީސް ޔާމީން އިސްވެ އުފައްދަވަން މަސައްކަތްކުރާ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން ބާއްވާ ޖަލްސާ މިރޭ ޣިޔާސުއްދީން ސްކޫލުގައި ބާއްވަން ކުޑަތަންވެފައި އޮއްވައި ސްކޫލު ގޭޓު ބަންދުކޮށް, މުއިއްޒު އަންގަވައިގެން ފުލުހުން އެޖަލްސާއަށް ހުރަސްއަޅާ, ޖަލްސާއަށް ދިޔަ އާންމު ރައްޔިތުންނަށް އަނިޔާކޮށް, ތަޅާ ރޯނާގަންނުވާލައިފިއެވެ.

މި ޖަލްސާ މިރޭ އެންމެ ފުރަތަމަ ޖަލްސާ ބާއްވަން ހަމަޖެއްސީ ޣިޔާސުއްދީން ސްކޫލެވެ. ނަމަވެސް ފަހުވަގުތު އެ ސްކޫލުން، ހޯލު ކުއްޔަށް ދޫކުރުމުގެ އެއްބަސްވުން ބާތިލްކުރުމާއެކު، ފުލުހުންވަނީ އެ ސްކޫލަށް މީހުންނަށް ނުވަދެވޭހެން ބަންދުކޮށްފައެވެ.

ގިނައިރުތަކެއްގެ ހަމަނުޖެހުންތަކަށްފަހު ދެން ޖަލްސާ ބާއްވަން ނިންމީ ރާޅުގަނޑު ސަރަހައްދުގައެވެ. އެއާއެކު އެ ތަނަށް ރައީސް ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ވެސް ވަޑައިގެން ޖަލްސާގައިވަނީ ބައިވެެރިވެވަޑައިގެންފައެވެ.

މިރޭ ޖަލްސާ ބޭއްވީ 420 މެމްބަރުންނާއެކު 329 މެމްބަރުންގެ ކޯރަމް ހަމަކޮށްގެންނެވެ.

މި ޕާޓީގެ މުއައްސިސަކީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ. އެއާއެކު ޕާޓީގެ ވަގުތީ ރައީސް ކަމަށް ވެސް ޒޭން ވަނީ މިރޭ ހޮވައިފައެވެ.

މީގެ އިތުރުން މިރޭގެ ޖަލްސާގައި ޕާޓީގެ ވަގުތީ ސެނެޓެއް ވަނީ އުފައްދައިފައެވެ. އަދި ޕާޓީގެ ދާއިމީ މަގާމުތަކުގެ މަސްއޫލިއްޔަތު ވަގުތީގޮތުން އެކި ބޭފުޅުންނާ ހަވާލު ވެސް ކޮށްފައިވެއެވެ.

މިއީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި އާ ޕާޓީއެއް ވުޖޫދުވުމަށް ގައުމުގެ ވަލިއްޔުލްއަމުރު ހުރަސް އެޅުއްވި ފުރަތަމަ ފަހަރެވެ. އަދި މިއަދަކީ ގާނޫނު އަސާސީން ލިބިދީފައިވާ, ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގުގެ ބޭނުންކޮށް ސިޔާސީ ޕާޓީ އުފެއްދުމަށް ހުރަސް އެޅުމުގެ އިތުރުން, އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުން, ގައުމުގެ ވަލިއްޔުލްއަމުރުގެ އަމުރުފުޅަށް, އެޕާޓީގެ މެމްބަރުންނަށް ފުލުހުން އަނިޔާކޮށް, ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ފެނިގެންދިޔަ ކަޅު އަނދިރި ދުވެހެއްގެ ގޮތުގައިވެސް ގިނަ ބަޔަކު މިދުވަސް ދަނީ ސިފަ ކުރަމުންނެވެ.