ޚަބަރު

މާތް ﷲ ޝަރުޢު ކުރައްވާފައިވާ ޢީދު ފާހަގަ ކުރުމުގެ ނަމުގައި ޖެހިލުމެއް ބިރެއް ނެތި މުއިއްޒު ހިންގާލި ބޮޑު ދެ ކޮރަޕްޝަން!  سُبْحَانَ ٱللَّٰهِ

ދިޔަވަރު
މާތް ﷲ ޝަރުޢު ކުރައްވާފައިވާ ޢީދު ފާހަގަ ކުރުމުގެ ނަމުގައި ޖެހިލުމެއް ބިރެއް ނެތި މުއިއްޒު ހިންގާލި ބޮޑު ދެ ކޮރަޕްޝަން!  سُبْحَانَ ٱللَّٰهِ

މިއަދަކީ މާތް ﷲ ޝަރުޢު ކުރައްވާފައިވާ ބަރަކާތްތެރި ފިތުރު ޢީދު ދުވަހެވެ. ވައްކަމާއި ކޮރަޕްޝަން މީގެ ކުރީގައި އެކި ގޮތް ގޮތަށް ކޮށްފައި ވީ ނަމަވެސް، ދީނީ އަޅުކަމެއް ކުރުމުގެ ނަމުގައި މި ނޫނީ މިވަރުގެ ބޮޑެތި ވައްކަން ކުރި ވެރިއަކު ދިވެހި ރާއްޖެ އަދި ނުދެކެވެ.

ޢީދު ފާހަގަ ކުރުމުގެ ނަމުގައި ދިޔަވަރު ނޫހަށް އެނގިގެން ބޮޑު ދެ ވައްކަމެއް މުއިއްޒު ވަނީ ކޮށްފައެވެ. ފުރަތަމަ ވައްކަމަކީ ފިތުރު އީދަށް މާލެ އާއި ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ދިއްލާލަން ދައުލަތުން 42 މިލިއަން ރުފިޔާ ހަރަދުކުރި ކުރުމެވެ. މިކަމަކީ ކޮރަޕްޝަންގެ އިތުރަށް އިސްލާމީ ސަގާފަތާއި ދުރު، ކްރިސްޓިއަނުންގެ ސަގާފަތުގައި ހިމެނޭ ކަމެކެވެ. އަދި އެހެންމެ އެހާމެ ބޮޑު އިސްރާފެކެވެ. މިކަން ކޮރަޕްޝަނަށް ވާ ގޮތަކީ މިފަދަ ދިއްލުމަކަށް ބޭނުންވާ ސާމާނު ތުރުކީއިން އެތެރެ ކުރިއަސް އެކަމަށް 42 މިލިއަން ރުފިޔާއެއް ޚަރަދު ނުވާތީ އެވެ. އަދި ކޮރަޕްޝަނުގެ ތެރެއިން މިކަން، މުއިއްޒު ބޭނުންވާ ގޮތަށް ކުރުމަށް ސީދާ މުއިއްޒު އަންގައިގެން ބިޑް ނުކޮށް މި މަސައްކަތް ހަވާލު ކޮށްފައި ވަނި ސިންގަލް ސޯސް ކޮށް މުއިއްޒު ބޭނުންވި ގޮތަށް ސްޓެލްކޯއާއިއެވެ. ސްޓެލްކޯއިން މުއިއްޒު އެންގި ގޮތަށް މިތަކެތި ގެނެސްފައި ވަނީ މުއިއްޒު އާއި ގުޅުން އޮންނަ ތުރުކީގެ ކުންފުންޏަކުންނެވެ. މިކަމަށް 12 މިލިއަން ރުފިޔާ ވެސް ޚަރަދު ނުވާނެ އެވެ. ނަމަވެސް 42 މިލިއަން ރުފިޔާ މިކަމަށް ޚަރަދު ކޮށް، ﷲގެ ދީނުގައި ޝަރުޢު ކުރެއްވި މުސްލިމުންގެ ފިތުރު ޢީދު ފާހަގަ ކުރުމަށް ކަމަށް ބުނެ، މަކަރާއި ހީލަތުން މުއިއްޒުގެ ޖީބަށް 30 މިލިއަން ރުފިޔާ އެވެއްދީ އެއްވެސް ބިރުވެރި ކަމެއް ނެތިއެވެ. މި އިތުރުވެގެން ދިޔަ ފައިސާ އަކީ މުއިއްޒުގެ އަތަށް އަރާ ކޮރަޕްޝަނުގެ އަލިފާނެއެވެ.

ދެން ހިންގި މާސިންގާ ބޮޑު ކޮރަޕްޝަންގެ އަމަލަކީ ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތް ކުރުމަށް ހިންގި ބޮޑު ކޮރަޕްޝަނެވެ. ޖުމްހޫރީ މައިދާނުގެ ފެންއަރުވާވަޑާން މަރާމާތުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ބަޖެޓްކުރުމެއް ނެތި ސިންގަލް ސޯސްކޮށް އެމްޓީސީސީ އާއި ހަވާލުކޮށްގެންނެވެ. އެމްޓީސީސީން އެ މަސައްކަތް ހަވާލު ކުރީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް - އާދަމް ރަމީޒްގެ ކޮންޓްރޯލް އޮތް ކުންފުންޏަކާއެވެ. މި މަސައްކަތް ހަވާލުކުރީ 5.5 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއްގެ ގޮތުގައި ކަމަށް ވިއަސް މި މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީގެ މުވައްޒަފުން ލައްވާ ސީއެސްއާރު ޕްރޮޖެކްޓެއްގެ ގޮތުގައިއެވެ. މިއީ ދީނަށް ކުޑަވެސް ލޯތްބެއް އޮތް ބަޔަކު ކުރާނެ ކަމެއް ނޫނެވެ. މިއީ ސީދާ ލާދީނީ އަމަލެކެވެ.

މިއީ ދެއްކުންތެރިކަމަށް މިސްކިތަށް ވަންނަ އިރަށް ފޮޓޯނަގާ މުއިއްޒު މާތް ﷲ މާތް ކުރެއްވި ޢީދު، ކްރިސްޓިއަން ސަގާފަތަށް ފައްތައިގެން ފާހަގަ ކުރުމަށް ވައްކަން ކޮށްފައިވާ މިންވަރެވެ. މުއިއްޒު މޫނަށް ރުލެއް އަރުވާ ނުލާ އިސްލާމް ދީން މަތިވެރި ކުރުމަށް ކަމަށް ބުނެ، ގެނައި ކްރިސްޓިއަން ދިއްލުންތަކާއި ވައްތަރު، ބޮކިފަތިތަކަކށް "ދީނީ ލައިޓް" އޭ ކިޔައި ނަންދީ، ހިންގާފައިވާ ނުބައި ފާފަވެރި ބޮޑެތި ވައްކަންތަކެކެވެ.

މިއިން އަންގައިދެނީ ކުޑަ ކުޑަ މިންވަރަކަށް ފުރުޞަތު ލިބުނަސް ބައިތުލްމާލުން ވައްކަން ކުރުމަށް ކައްޒާބު މަނިކުފާނު ދެވިހިފާފައިވާ މަންޒަރެވެ. މާތް ﷲ މި ވައްކަމާއި، ދޮގުތައް ހަދައި ރައްޔިތުންނަށް އޮޅުވާލަމުންދާ ސަރުކާރުން ދިވެހިން މުއްތި ކުރައްވައި، ހެޔޮ ރަނގަޅު ވެރިއަކު މި ޤައުމަށް ދެއްވާން ދޭވެ. އާމީން.