ޚަބަރު

މުއިއްޒު ހައްދަވަނީ ކަނޑައެޅިގެން ދޮގު! ރޭގެ ފުލުހުން ދިފާއުކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުން، ފުލުސް އޮފީހަށް އަމުރު ކޮށްފައިވަނީ ސީދާ ރައީސް އޮފީހުން ކަން އެނގޭ!

ދިޔަވަރު
މުއިއްޒު ހައްދަވަނީ ކަނޑައެޅިގެން ދޮގު! ރޭގެ ފުލުހުން ދިފާއުކޮށް ރައީސް އޮފީހުން ނެރުނު ބަޔާނުން، ފުލުސް އޮފީހަށް އަމުރު ކޮށްފައިވަނީ ސީދާ ރައީސް އޮފީހުން ކަން އެނގޭ!

ފުލުހުން ކުށްވެރިކޮށް މުއިއްޒު ހައްދަވަމުން ގެންދަވަނީ ކަނޑައެޅިގެން ދޮގެވެ. ރޭގެ ފުލުހުން ދިފާޢުކޮށް ރައީސް އޮފީހުން ވާހަކަ ދައްކަން ޖެހުމާއި، އެކަމަށް ނެރުނު ބަޔާނުން، ފުލުސް އޮފީހަށް އަމުރު ގޮސްފައިވަނީ ސީދާ ރައީސް އޮފީހުން ކަން އެނގެއެވެ. މިއަދު މުއިއްޒު ދައްކާ ވާހަކަ އާއި ރައީސް އޮފީހުގެ ވެބްސައިޓުގައި އޮތް ބަޔާނާއި ދިމަލެއް ނުވެއެވެ.

ރޭގައި ރައީސް އޮފީހުން އެސްއޯ ފުލުހުން ރަޔަޓުގައި ޤިޔާޒުއްދީން ސްކޫލަށް ނެރެފައި، އާންމުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވެގެން ދިޔުމުން، އެކަމާއި ގުޅިގެން ފުލުހުން ދިފާޢު ކޮށް ބަޔާން ނެރުނެވެ. މި ބަޔާނުގައި ހާމަކޮށްފައި އެ ވަނީ ފުލުހުން އެތަނަށް ދިޔުމުގައި އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ. ފުލުހުން ދިޔައީ ޤިޔާޒުއްދީން ސްކޫލް ހިމާޔަތް ކުރުމަށް ކަމަށެވެ.

ރައީސް އޮފީހުގެ ބަޔާނުގައި "ޤާނޫނީ ހަމަތަކުގެ މަތީން ހިންގާ ސިޔާސީ އެއްވެސް ހަރަކާތަކަށް މި ސަރުކާރުން ހުރަހެއް ނާޅާނަން" ކަމަށް ހެޑްލައިން ގައި ޖަހައި، ފުލުހުންގެ އަމަލު ދިފާޢު ކުރުމުން ހާމަ ކޮށްދެނީ ދައުލަތުގެ މުއައްސަސާއެއް ކަމަށްވާ ފުލުސް އޮފީސްގެ ކޮންޓްރޯލް އޮތީ ރައީސް އޮފީސް ނުވަތަ ސަރުކާރު އަތްމަތީގައި ކަމެވެ.

ފުރަތަމަ ކަމަކީ ފުލުހުން ކުރާ ކަމަކަށް ރައްޔިތުންނަށް ޖަވާބު ދާރީވާން، އޮންނަ ތަނަކީ ރައީސް އޮފީސް ނޫންކަމެވެ. ޕްރޮޓޮކޯލުން ބޭރުން، އުސޫލުން ބޭރުން ރައީސް އޮފީހުން، ރައީސް އޮފީސް ބަންދު ކޮށްފައި ހުންނަން ޖެހޭ ގަޑިއެއްގައި، އެކަމަށް ޖަވާބު ދޭން ޖެހުނީ ކީއްވެގެން ތޯއެވެ؟

އެއީ ރޭގެ ހަރަކާތްތައް ސީދާ ރައީސް އޮފީސް ތެރެއިން ހިނގާފައި ވާތީއެވެ. ފުލުސް އޮފީހަކީ ސަރުކާރެއް ނޫނެވެ. އެއީ ދައުލަތުގެ މުއައްސަސާއެކެވެ. އެއްބާރުލުން ނުދީ، ޖަލްސާ ހުއްޓުވީ ފުލުސް އޮފީހުންނެވެ. ދައުލަތުގެ މުއައްސަސާއިން ކުރި ކަމެއްގައި އަދި ހާއްސަކޮށް ރައީސްގެ ބައިވެރިވުމެއް ނެތް ކަމެއްގައި ސަރުކާރުން އެގަޑީގައި އެކަން ދިފާޢު ކުރަން ޖެހޭ ސަބަބެއް ބުއްދީގެ ހަމައަކުން ނުވިސްނެއެވެ. ރައީސް އޮފީހުން، ފުލުސް އޮފީހުގެ މައްޗަށް ބާރު ފޯރުވައިގެން، ހިންގި ކަމަކަށް ނުވާނަމަ މިފަދަ ބަޔާނެއް ރައީސް އޮފީހުން ނެރެން ޖެހޭނެ އެއްވެސް ސަބަބެއް ނެތެވެ.

ރައީސް އޮފީހުން ނެރުނު ބަޔާން | ރައީސް އޮފީހުން މި ބަޔާން ބަދަލުކޮށް ނުވަތަ ފުހެލުމަކީ އެކަށީގެންވާކަމެއް.

ފުލުހުންގެ ދިފާއުގައި ނުކުމެ ހުންނެވުމަށްފަހު، އެ ވާހަކައިން ރައްޔިތުންގެ ކަންބޮޑުވުން ފިލާ ނުދިޔުމުން، އަދި ބައިނަލްއަޤްވާމީ ޕްރެޝަރ ކުރިމަތިވުމުން، މިއީ ތިމަންނާ ދެނަހުރި ކަމެއް ކަމަށް ވެސް ނަހަދައި، ތިމަންނާއަށް ފެނުނީ ނޫސްތަކުން ކަމަށް ބުނެ، އޮޅުވާލައި، މަކަރާއި ހީލަތުން ރައްޔިތުންނަށް ދޮގު ހަދައިގެން މިކަމުން ރެކި ގަނެވޭނޭ މަގެއް އޮތްތޯ ބަލަނީއެވެ.

އީދުގެ އުފާވެރިކަން ގެއްލުވާލައި، މުއިއްޒުގެ އިތުރު ދޮގުތައް ރާއްޖޭގެ މީޑިޔާތަކަށް އެންމެ ފަހުން ހާމަ ކުރި އިރު، ކުއްވެރިވީ ފުލުހުންނެވެ. މިކަންވީ މުއިއްޒަށް އަދި އޭނާގެ ސަރުކާރަށް ވެސް ހޯމް މިނިސްޓަރަށްވެސް، އެއްވެސް ބަޔަކަށް އެނގި ނުލައްވައި، ފުލުހުން އަމިއްލަ އަމިއްލަ އަށް ކުރި ކަމަކަށެވެ. ފުލުހުން ފްރޭމް ކުރުމަށް މުއިއްޒު ހިންގާ މި އަމަލު ކުށްވެރި ކުރަމެވެ.