ޚަބަރު

އެސްއޯ ފުލުހުން ނެރުނީ، ޕޮލިސް ކޮމިޝަނާއަށް ނޭނގި ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި! އެސްއޯ ފުލުހުން ނެރުނީ ރައީސް އޮފީހުން! މަސައްކަތް ކުރަމުން ދަނީ ހަޤީގަތް ފޮރުވުމަށް!

ދިޔަވަރު
އެސްއޯ ފުލުހުން ނެރުނީ، ޕޮލިސް ކޮމިޝަނާއަށް ނޭނގި ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފި! އެސްއޯ ފުލުހުން ނެރުނީ ރައީސް އޮފީހުން! މަސައްކަތް ކުރަމުން ދަނީ ހަޤީގަތް ފޮރުވުމަށް!

އެސްއޯ ފުލުހުން ނެރުނީ، ޕޮލިސް ކޮމިޝަނާއަށް ނޭނގި ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފިއެވެ. އަދި މީގެ ފަހުން ހާއްސަ ހާލަތުގައި ހަރަކާތްތެރިވާން ފުލުހުންގެ ތެރޭގައި ތިބޭ އެސްއޯ ފުލުހުން އެކިއެކި އޮޕަރޭޝަންތަކަށް ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދަ ނަގަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

މި ގޮތުން ގެނައި ބަދަލު ތަކުގެ ތެރޭގައި ތިރީގައި މިވާ ކަންކަން ހިމެނޭ ކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބެއެވެ.

1- ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން އެންގޭޖު ވާންޖެހޭނެ އޮަޕަރޭޝަނަލް ހާލަތުތައް އަލުން ކަނޑައަޅައި، އެ ހާލަތުތަކުގައި ވެސް އެސްއޯ ފުލުހުން ނެރުމުގެ ކުރިން ޕޮލިސް ކޮމިޝަނަރުގެ ސީދާ ހުއްދަ ހޯދުން.

2- ފުލުހުންގެ އޮޕަރޭޝަނަލް ކޮމާންޑް އެންޑް ކޮންޓްރޯލް އަލުން ރީސްޓްރަކްޗާކޮށް، މިހާރު ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުން. މި ގޮތުން ގިނަ ބާރުތަކެއް މުއިއްޒުގެ ކޮންޓްރޯލްގެ ތެރެއަށް ގެންނާނެ ކަމަށް ބެލެވޭ!

3- ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ސަރަހައްދަށް އެސްއޯ ފުލުހުން ނެރުނު ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކޮށް، އެއްވެސް މީހަކު އިހުމާލު ވެފައިވާ ނަމަ އެ މީހަކަށް ގާނޫނީ ފިޔަވަޅު އެޅުން. (މިއީ ޣިޔާސުއްދީން ސްކޫލަށް އެސްއޯ ނެރުމުގައި ސަރުކާރާއި ރައީސް އޮފީހުގެ ދައުރު ފޮރުވުމަށް ކުރާ ކަމެއް!)

4- އޮޕަރޭޝަނަލް ހާލަތުތަކުގައި މީޑިއާ އަށް މައުލޫމާތު ދިނުމުގައި އަމަލުކުރާ އުސޫލު މުރާޖައާކޮށް، މިހާރަށް ވުރެ ދެފުށް ފެންނަ އަދި ތަފުސީލުކޮށް ރައްޔިތުންނަށް މައުލޫމާތު ހާމަކުރެވޭނެ ގޮތްތައް ކަނޑައެޅުން. (މީޑިޔާއަށް މައުލޫމާތު ހާމަ ކޮށްފައި ވަނީ ރައީސް އޮފީހުންނެވެ. މިކަމާއި ގުޅިގެން ގިނަ ބަޔެއްގެ ކަންބޮޑުވުންތަކެއް ހުރުމުން އަދި އޮންނަ ޕްރޮޓަކޯލްގެ ތެރެއިން މައުލޫމާތު މީޑިޔާއަށް ހާމަ ކޮށްފައި ނުވާ ސަބަބު ބަޔާން ކޮށްފައި ނުވެއެވެ.)

5- ޣިޔާސުއްދީން ސްކޫލް ކައިރީގައި އެސްއޯ ފުލުހުން ރޭ ބާރުގެ ބޭނުންކޮށްފައިވާ ގޮތް "ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީ" އިން ބަލައި ފިޔަވަޅު އެޅުން! (މިއީ ޑެމޭޖް ކޮންޓްރޯލް ކޮށް، ރައީސް އޮފީހާއި މިކަމުގައި ބައިވެރިވި ސަރުކާރުގެ ވަޒީރުންގެ ދައުރު ސިއްރު ކުރުމަށް މުއިއްޒު ނަމެއްގައި ކުރުވާ ކަމެއް).