ޚަބަރު

އިސްލާމް ދީން ހިމާޔަތް ކުރުމަށް އައި މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ފިތުރު އީދުގެ ދީނީ މާތް މުނާސަބާ ފާހަގަކުރީ ދެޖިންސް މަސްހުނި ކޮށްގެން ބޭއްވި މިއުޒިކް ޝޯއަކުން! ސަލަފް ޖަމިއްޔާ ހަނު!

ދިޔަވަރު
އިސްލާމް ދީން ހިމާޔަތް ކުރުމަށް އައި މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ފިތުރު އީދުގެ ދީނީ މާތް މުނާސަބާ ފާހަގަކުރީ ދެޖިންސް މަސްހުނި ކޮށްގެން ބޭއްވި މިއުޒިކް ޝޯއަކުން! ސަލަފް ޖަމިއްޔާ ހަނު!

ދީނީ ޝިއާރުތަކާއި އިސްލާމް ދީން ނެގެހެއްޓުމަށް ވައުދުވެގެން އައި ރައީސް މުއިއްޒުގެ ފުރަތަމަ ފިތުރު ޢީދުގެ މާތް މުބާސަބާ, ދެ ޖިންސުން މަސްހުނިވެގެން ބޭއްވި މިއުޒިކް ޝޯއަކާއެކު ރޭ ފާހަގަ ކޮށްފިއެވެ.

ރޭ 9:00 އިން ގާތްގަނޑަކަށް 12:00 އަށް ކުރިއަށް ގެންދިޔަ މި ސްޓޭޖު ޝޯ ބަލައިލުމަށް މާލެއާއި ހުޅުމާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް އާޓިފިޝަލް ބީޗަށް ޖަމާވި އެވެ. އެއާއެކު ބޮޑުތަކުރުފާނު މަގަށް މީހުން ތޮއްޖެހި ދުއްވާ އެއްޗެއްސައް ނުދުއްވި ގާތްގަނޑަކަށް ގަޑިއެއްހާއިރަށް އެމަގު ޓްރެފިކް ވިއެވެ.

ރޭ ބޭއްވި ސްޓޭޖު ޝޯގައި އަންހެނުންނާއި ފިރިހެނުން "ސޭންޑްވިޗު" ހެދިގެން ފޯރި ނަގަމުން ދިޔައިރު ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކެމްޕެއިނުގައި އެންމެ ބޮޑަށް ޕްރޮމޯޓު ކުރީ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ސިޔާސަތެވެ. އަދި މިހާރު މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައިވެސް ރައީސް މުއިއްޒުއާއި ސަރުކާރުގެ އިސް ވެރިން ގެންދަވަނީ އެހެން ޕާޓީއަކަށް މަޖިލިސް މެޖޯރިޓީ ލިބިއްޖެނަމަ އެހެން ދީންތައް ރާއްޖެއަށް ގެންނާނެކަމަށްބުނެ ވާހަކަ ދައްކަވަމުންނެވެ.

ރޭގެ މިއުޒިކް ޝޯގައި ވަނީ ރާއްޖޭގެ ނެށުންތެރިންނާއި ނަށާ ގުރޫޕްތަކުގެ މަޝްޙޫރި މިއުޒިކް ކުޅުންތެރިންނާއި ބޮޑުބެރު ގުރޫޕްތަކުންވެސް ތަމްސީލުކޮށްފައެވެ.

ޔޫތު މިނިސްޓްރީގެ އިންތިޒާމުތަކާއިއެކު ރޭ ބޭއްވި މިސްޓޭޖު ޝޯގައި އެ މިނިސްޓްރީގެ ނަން ފާޅުކަން ބޮޑު ގޮތެއްގައި ބޭނުންކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި މިގޮތަށް ކަން ކުރީ ސަރުކާރަށް އަމާޒުވެދާނެ ފާޑުކިޔުންތަކަށް ބެލުމަށްފަހު އެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި ސްޕޮންސަރުން ހޯދުމާއިއެކު ފަންނާނުންނަށް ފައިސާ ދޫކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ ޔޫތު މިނިސްޓްރީންނެވެ.

އެހެންނަމަވެސް, ރޭގެ ސްޓޭޖު ޝޯއާއި ގުޅިގެން ސަރުކާރަށް ނިސްބަތްވާ އެއްވެސް ދީނީ އިލްމުވެރިޔަކު މިހާތަނަށް ކަންބޮޑުވުން ފާޅުކޮށްފައެއް ނުވެ އެވެ. އަދި އިސްލާމިކް މިނިސްޓްރީންވެސް މިކަމާއި ގުޅޭގޮތުން ބަހެއް ވިދާޅެއް ނުވެ އެވެ.

ދެޖިންސު މަސްހުރި ކޮށްގެން މުއިއްޒުގެ ސަރުކާރުން މިއުޒިކު އާންމު ކުރަމުންދާއިރުވެސް މިއުޒިކް ހަރާމް ކަމަށް ބުނާ ސަލަފް އޮތީ ހަނު

މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި, ފާހިޝް ކަންކަމަށް ހިތްވަރުދީ އަދި ދެޖިންސު މަސްހުނިވެގެން ބާއްވާ މިއުޒިކު އާންމުކޮށް ހިންގަމުންދާ ލާދީނީ އަމަލުތަކާއި ގުޅޭގޮތުން ސަލަފް ޖަމިއްޔާގެ ވެރިން މިހާތަނަށްވެސް ހަނު ތިބެފައިވާއިރު, އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރު ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފް އައްޔަންކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި އެނޫނަސް ސަލަފް ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ވަނީ މި ސަރުކާރުން އިސް ބައެއް މަގާމްތަކަށް އައްޔަން ކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް, މިއުޒިކާއި ލަވަކިއުމާއި, ދެޖިންސުގެ މީހުން ގައިގޯޅިވެސް މަޖާ ކުރުމުގެ ފުސަތުދަނީ ވަރަށްބޮޑަށް ތަނަވަސް ކޮށްދެމުންނެވެ. އަދި ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައްވެސް ދަނީ ގިނަވަމުންނެވެ.

އެހެންނަމަވެސް, ލާދީނީ ފާހިޝް އަމަލުތަކަށް ފުރުސަތުލިބޭ މިސާސަތަށް, ދީނީ ކަންކަމަށް ވަކާލާތު ކުރާ ސަލަފް ޖަމިއްޔާއިން ދަނީ ތާއީދުކޮށް ހަނުހުންނަމުންނެވެ.