ޚަބަރު

ބާ އިމާރާތެއްގައި ރޯކޮށްލީ ސަރުކާރުން ރާވައިގެން, ޕީއެންއެފްގެ ޖަލްސާ ހުއްޓުވުން "އަތަށް ގޮވުމުން" ސަމާލުކަން އަނބުރާލަން! އިމާރާތުގެ ވެރިފަރާތާ އެކު ވި އެއްބަސްވުމުގެ ދަށުން އެ އިމާރާތް ތަޅާލަދެނީ ސަރުކާރުން!

ދިޔަވަރު
ބާ އިމާރާތެއްގައި ރޯކޮށްލީ ސަރުކާރުން ރާވައިގެން, ޕީއެންއެފްގެ ޖަލްސާ ހުއްޓުވުން "އަތަށް ގޮވުމުން" ސަމާލުކަން އަނބުރާލަން! އިމާރާތުގެ ވެރިފަރާތާ އެކު ވި އެއްބަސްވުމުގެ ދަށުން އެ އިމާރާތް ތަޅާލަދެނީ ސަރުކާރުން!

ރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި މ. ރަބީއުވިލާއަކީ މީހުން ދިރި ނޫޅޭ, ބޮލަށް ވެއްޓޭވަރަށް ބާވެފައިވާ އިމާރާތެއް ކަމަށާއި, އެ އިމާރާތުގައި ރޭ އަލިފާން ރޯކޮށްލީ ސަރުކާރު އަޑީގައި އޮވެގެން, ރާވައިގެންކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން މި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ އެއީ ރައީސް މުއިއްޒުއަށް އެނގިހުންނަވާ, ސަރުކާރުން އަޑީގައި އޮވެގެން އެ އިމާރާތުގައި ރޯކޮށްލީ, އޭގެ ކުރީރޭ އޮތް ރައީސް ޔާމިންގެ ޕީއެންއެފް ޖަލްސާ ހުއްޓުމަށް އެސްއޯ ފުލުހުންގެ ބޭނުން ކޮށްގެން ހިންގި ހަރަކާތްތައް "އަތަށް ގޮވުމުން" މަޖިލިސް އިންތިޚާބު ކުރިޔަށް އޮއްވާ ލިބުނު ޑެމޭޖްތައް ކުޑަކުރުމުގެ ގޮތުން, ރައްޔިތުންގެ ސަމާލުކަން އެއަށްވުރެ ބޮޑު އެހެން ހާދިސާއަކާއި ދިމާލަށް އަނބުރާލުމުގެ ބޭނުމުގައި ކަމުގައެވެ.

އެގޮތުން މީހުން ދިރި ނޫޅޭ އެގޭގައި އަލިފާން ރޯވެ, އާންމުންގެ މީހުންނަށް އެކަން އެނގި ސަރަހައްދަށް މީހުން ޖަމާވުމުގެ ކުރިން ރައީސް މުއިއްޒު އެހާދިސާ ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެންނެވިކަން ފާހަގަ ކޮށްލެވެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން އޮފިޝަލް ވިދާޅުވީ އެއިމާރާތުގައި ސަރުކާރުން އަޑީގަ އޮވެގެން ރޯކޮށްލީ, އެއިމާރާތް ސަރުކާރުގެ ވަސީލްތަތައް ބޭނުން ކޮށްގެން ތަޅާލަ ދޭގޮތަށް އެއްބަސްވެގެން ކަމުގައެވެ. އެގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް މިހާރުވަނީ މި އިމާރާތް ސަރުކާރުގެ މުވައްސަސާތަކުން ތަޅާލަ ދޭނެކަން ހާމަކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގި ގެއަކީ މީހުން ދިރިނޫޅޭތާ ގިނަދުވަސް ވެފައިވާ، ބޮލަށްވެއްޓޭ ވަރަށް ބާވެފައިވާ ގެއެއް ކަމަށެވެ.

މާލޭގެ ގެއެއްގައި މުއިއްޒު އަޑީގައި ހުންނަވާ ރޯކޮށްލުމުގެ ކުރިން މުއިއްޒު ދިން އިންޓަރވިއުއެއްގައި ވަނީ އެސްއޯ ފުލުހުން ޕީއެންއެފް ޖަލްސާ ހުއްޓުވުމަށް ފޮނުވާފައިވަނީ އެމަނިކުފާނަށް އެނގިވަޑައި ނުގެންކަމަށް ވިދާޅުވެ ދޮގު ހައްދަވާފައެވެ. ޕީއެންއެފް ޖަލްސާ ބާރުގެ ބޭނުން ކޮށްގެއް ހުއްޓުވުމަށް މަސައްކަތް ކުރުމަށްފަހު މުއިއްޒު ދޮގުހައްދަވާ, އަދި މުއިއްޒު އަޑިގައި ހުރެ މާލޭގެ ގެއެއްގައި ރޯކޮށްލާފައިވަނީ, ޕީއެންއެންއެފްގެ ޖަލްސާ ހުއްޓުވަން އެސްއޯ ފުލުހުން ބޭނުންކޮށްގެން ހިންގި ހަރަކާތް ނާކާމިޔާބުވެ, މަޖިލިސް އިންތިޚާބު ކުރިޔަށް އޮއްވާ ލިބެންފެށި "ޑެމޭޖް" ތަކާއި ގުޅިގެންނެވެ.

އެހެންނަމަވެސް މުއިއްޒުގެ މިއަމަލްތަކުން ސާފުވެގެން ދަނީ, އަމިއްލަ ޒާތީ މަސްލަހަތާއި އަދި ޖާހަތު މަތިވެރިކޮށް, ސިޔާސީ މަގްސަދު ހާސިލް ކުރުމަށް މުއިއްޒު ކޮންމެފަދަ ބޮޑު ޖަރީމާއެއްވެސް ހިންގާފާނެކަން ކަމެވެ.

ޕީއެންއެފްގެ ޖަލްސާ ހުއްޓުވުން "އަތަށް ގޮވުމުން" ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލަން, ބާ އިމާރާތުގެ ވެރިފަރާތާއެކު ވެވުނު އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން ރާވައިގެން, ބާ އިމާރާތެއްގައި ރޯކޮށްލުމަށްފަހު, މިހާރު ސަރުކާރުން އެ އިމާރާތް ތަޅާލަދޭއިރު, މާލޭގައި އެ ސައިޒުގެ އިމާރާތެއް ތަޅާލުމަށް މަދުވެގެން 600,000 ރުފިޔާ ޚަރަދުވާނެކަން ފާހަގަ ކޮށްލެވެއެވެ.