ޚަބަރު

ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކޮށްގެން މަޖިލިސް ކެމްޕޭނަށް މުއިއްޒު ހައްދުންމައްޗަށާއި އައްޑޫ އަތޮޅަށް! ރައީސް ސާލިހު އާރުޓީއެލްގައި އައްޑޫ ސިޓީއަށް!

ދިޔަވަރު
ދައުލަތުގެ މުދަލާއި ވަސީލަތް ބޭނުން ކޮށްގެން މަޖިލިސް ކެމްޕޭނަށް މުއިއްޒު ހައްދުންމައްޗަށާއި އައްޑޫ އަތޮޅަށް! ރައީސް ސާލިހު އާރުޓީއެލްގައި އައްޑޫ ސިޓީއަށް!

ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް އެންމެ 10 ދުވަހަށް ވެފައިވާއިރު, ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކޮށްގެން މަޖިލިސް އިންތިޚާބުގެ ކެމްޕޭނަށް, ރައީސް މުއިއްޒު މިއަދު ލ. އަތޮޅުގެ ބައެއް ރަށްތަކަށާއި އައްޑޫ އޮތޮޅަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ހައްދުންމަތީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ދަތުރުފުޅުތަކުގައި ސަރުކާރުގެ 40 މީހުންގެ ވަފުދެއް މުއިއްޒުއާއެކު ދަތުރު ކުރައްވަމުން ގަންދަވާއިރު, އެހުރިހާ އެންމެގެ ދަތުރުފަތުރާއި, ކެއިންބުއިމާއި އަދި އެކޮމޮޑޭޝަންވެސް ހަމަޖައްވަނީ ރައީސް އޮފީހިގެ ބަޖެޓުންނެވެ. އޭގެ ތެރޭގައި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރަމުންދާ ޕީއެންސީގެ ކެނޑިޑޭޓުންވެސް ހިމެނެއެވެ.

ރައީސް މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގަންނަވާނީ އޭޕްރިލް 12 ވަނަ ދުވަހުއެވެ.

މުއިއްޒު މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަންނަވާއިރު, ރައީސް ސާލިހު މިއަދުވަނީ އާރުޓީއެލްގައި އަައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. ރައީސް ސާލިހު އާރުޓީއެލްގައި އައްޑޫ ސިޓީއަށް ވަޑައިގެންނެވީ ފުވައްމުލަކުންނެވެ.