ކޮވިޑް ލޯނުތަކަށް އެރި އިންޓްރެސްޓް ރައީސް ސޯލިހްގެ ސަރުކާރުގައި މާފުކޮށްފައި ވަނިކޮށް، މުއިއްޒު ކުރި ކަމަކަށް ހެދުމަށް، ކޮވިޑް ލޯނު މާފު ކޮށްފި ކަމަށް މުއިއްޒު ބުނެފިއެވެ.
ލ. ފޮނަދޫގައި މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އެސްއެމްއީ ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަދި ހައުސިން ޑިވެލޮޕްމަންޓު ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ދޫކުރި ލޯނުތަކުގެ އިންޓަރެސްޓު މާފުކުރުމަށް އެދި ސަރުކާރު ހުޅުވުމުން ހުށަހެޅޭނެ ކަމަށް މުއިއްޒު ބުނެފައިވާއިރު މިކަން ވަނީ ރައީސް ސޯލިހް މާކުރިން ކޮށްފައެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން އޭރު ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ދިޔަވަރު ނޫހަށް ރައީސް އޮފީހުގެ އިސް ފަރާތަކުން މިރޭ ވަނީ ފޮނުވާފައެވެ.

މުއިއްޒު އަންގައިގެން ރާއްޖޭގެ ހުރިހާ ނޫހެއްގައި މި ދޮގު ޚަބަރު މިހާރު ވަނީ ޖަހާފައެވެ. ފޭކް ނިވްސް ފެތުރުމަށް ރައީސް އޮފީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައީސް ސޯލިހް ނިންމާފައިވާ ކަންކަން އަމިއްލަ ކަންކަން ކަމަށް ބަދަލުކޮށް ވާހަކަ ދައްކައި މީޑިޔާގައި ދޮގު ޚަބަރު ހަދައިގެން ސަރުކާރުން ފަތުރަމުން ދަނީ، ސަރުކާރުގައި އަމިއްލަ އަށް ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ އެކަށީގެންވާ ޤާބިލް ކަމެއް ނެތުމުންނެވެ.
މިދިޔަ ސަރުކާރުން ދެއްކި ވާހަކައަކީ އެ އިންޓްރެސްޓް މާފުކުރާނަމޭ. އެކަމަކު ނުކުރޭ. ނުކޮށް ވެރިކަން ބަދަލުވީ. ހަވާލުވެފައި ކޮވިޑު ލޯނު ނެގި ފަރާތްތަކުގެ އިންޓްރެސްޓު މާފުކުރަން މިދިޔަ ހަތަރު މަހު މަސައްކަތް ކުރެވިފައި ވަނީ.
މުއިއްޒު އިތުރަށް ރައްޔިތުންނަށް އޮޅުވާލަމުން ޖަލްސާގައި ހަރު އަޑުން ދޮގު ހަދަމުން ކިޔައި ދިނެވެ.
ހަތަރުމަހު މަސައްކަތް ކުރިކަމަށް ކަމަށް މުއިއްޒު ވިދާޅުވި އިރު، މިވެސް ކަނޑައެޅިގެން ދޮގެއްކަން ދިޔަވަރު ނޫހުން ހޯދި ހޯދުމުން ފިނޭންސް މިނިސްޓްރީ އިން ވަނީ ހާމަ ވެފައެވެ.
ރައީސްުލްޖުމްހޫރިއްޔާއަކަށް ހުރި މުއިއްޒު މިވަރަށް ދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާތީ އެމަނިކުފާނަށް "ކައްޒާބު" ކިޔައި މުޅި ރާއްޖޭގައި ދަނީ މުހާތަބު ކުރަމުންނެވެ.