ޔާމީނުގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށް އަސްލަމް ބުނުމުން، މުއިއްޒު އެކަމާއި ކަންބޮޑުވެ މިނިސްޓަރުން ލައްވައި ޓްވީޓް ކުރުވަން ފަށައިފިއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް ފަރާތްތަކާއި، ޕާޓީގެ އިސް ފަރާތްތަކުންވެސް ވަނީ ޔާމީނުގެ ޝަރީޢަތް ލަސްވާ މައްސަލަ ހުށައަޅާނެ ވާހަކަ އަސްލަމް ބުނުމުން އެކަމާއި ދެކޮޅަށް ވާހަކަ ދައްކާފައެވެ.
މި ގޮތުން މުއިއްޒުގެ ސަރުކާރުން ކޮންމެ މަހަކު، 30 ވަރަކަށް މިލިއަން އެކި އިވެންޓްތައް ބޭއްވުމަށް ކޮރަޕްޝަނާއި ނުފޫޒުގެ ތެރެއިން ދެމުންދާ ޝުޖާޢުވެސް ވަނީ މުއިއްޒުގެ ދިފާޢުގައި ނުކުމެ ޓްވީޓް ކޮށްފައެވެ. އިބްރާހިމް ޝްޖާޢުގެ ޓްވީޓްގައި އަސްލަމް އެވާހަކަ ދައްކަން ރީތި ނޫން ކަމަށާއި، އަސްލަމް ކައިރިއަށް ޔާމީނުގެ މައްސަލާގައި ދިޔަކަމަށް ބުނެ އޮޅުވާލައިގެން ވަނީ ޓްވީޓް ކުރައްވާފައެވެ. އިބްރާހިމް ޝުޖާއު، ޔާމީން މިނިވަން ކުރުމަށް އެދި އަސްލަމް އަރިހަށް ދާން ޖެހޭ ސަބަބެއް ނެތް އިރު، އެފަދަ ކަމަކާއި ބައްދަލު ކުރިކަމެއް މީގެ ކުރިން އޭނާ މީޑިޔާ އާއި ހިއްސާ ކޮށްފައި ނުވެއެވެ. ރައީސް ޔާމީން މިނިވަން ކުރުމުގެ ނަމުގައި އޭރު ޕީޕީއެމް ތެރޭގައި ހިނގާ ދިޔައީ ވަރަށް ބޮޑަށް ދެއްކުންތެރި ކެމްޕެއިނެއް ކަމުން، ޔާމީނުގެ ނަމުގައި ކުރި ހުރިހާ ކަމެއް އޭރު ދިޔައީ މީޑިޔާއަށް ހާމަ ކުރަމުންނެވެ.
ރައީސް ޔާމީން ވެސް މީގެ ދުވަސް ކޮޅެއް ކުރިން ހާމަ ކޮށްފައި ވަނީ، ސަރުކާރުގެ އިސް ފަރާތްތައް އެމަނިކުފާނުގެ މައްސަލަ އަށް ނުފޫޒު ފޯރުވަމުން ދާ ވާހަކައެވެ.
މަސްވެރިންނަށް ފައިސާ ނުދީ ހިއްފަހައްޓާފައިވާ، އަހްމަދު ޝިޔާމް ވެސް ވަނީ ރައީސް ޔާމީން މިނިވަން ކުރުމާއި ދެކޮޅަށް، "އަސްލަމް މެން ޖޭއެސްސީ ފުށްގަނޑެއް މޮޑޭހެން" މޮޑޭ ކަމަށް ބުނެ ވަނީ އިތުރަށް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް، ޖޭއެސްސީގެ މަގާމަކަށް އަސްލަމް ދިޔައީ އޭނާއަށް މަޖިލިސް ރައީސް ކަން ލިބުނު ހިސާބުންނެވެ. އޭގެ ކުރިން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނެވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ކަން ކުރައްވަމުން ގެންދެވީ މުއިއްޒުގެ އިރުޝާދާއި އެއް ގޮތަށެވެ.
ކޯޓަށް މުއިއްޒުގެ އަތް ބާނައި، ރައީސް ޔާމީން މިނިވަން ނުކޮށް ލަސް ކުރަމުންދާ މައްސަލަ އަދި ޝަރީއަތް ލަސްވާ މައްސަލާގައި، ޖޭއެސްސީއަށް މައްސަލަ އެއް ހުށައަޅާ ވާހަކަ ބުނުމުން، މުއިއްޒުގެ އެއްވެސް އިހްލާސްތެރި ކަމެއް އޮތްނަމަ އެކަމަށް އެއްބާރުލުން ދޭނެއެވެ. އޭގެ ބަދަލުގައި އެކަމާއި ދެކޮޅުވެ، ޔާމީން މިނިވަން ވެދާނެތީ، ބިރުން މުއިއްޒާއި މުއިއްޒުގެ ހުރިހާ މިނިސްޓަރުން ނުކުމެ، ޑިފެންސަށް ކުޅެންވީ ސަބަބެއް ހަމަ ހިލާ ނުވިސްނުނެވެ.