މިފްކޯގެ ޅ. ފެލިވަރު މަސްފެކްޓްރީގައި މަސައްކަތް ކުރާ އިދިކޮޅު ފަރާތްތަކުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރުވަން ހިންނަވަރު ދާއިރާގައި ބޭއްވި ޕީއެންސީގެ ޖަލްސާއެއްގައި ރޭ ގޮވައިލި މައްސަލަ އަމިއްލައަށް ބެލުމަށް އުޒުރުވެރިވެ، އެ މައްސަލަ ހުށަހަޅަން އިލެކްޝަންސް ކޮމިޝަނުން އާންމުންގެ ކިބައިން އެދިއްޖެ އެވެ.
ދިވެހިންގެ ޓްކްސް ފައިސާއިން މުސާރަ ނަގައިގެން ހިންގާ ދައުލަތުގެ މުއައްސަސާގެ ރައީސް ފުވާދު، އެމްޑީޕީއާއި ދެކޮޅުވެ، ލޮލުން ފެނި އަތުން ހިފޭ ވަރަށް މުއިއްޒުގެ ނުފޫޒު ފާޅުގައި ފެނުމުންވެސް މައްސަލަ ނުބަލައި ހުންނެވީއެވެ. ރައްޔިތުންވީ މައްސަލަ އަދި ހުށައަޅާށެވެ. މައްސަލަ ހުށައެޅުމުގެ ކުރިން، މުއިއްޒުގެ ޕާޓީއިން އެހިންގި ހުތުރު އަމަލަކީ، އިންތިހާބާއި ބެހޭ ޤާނޫނާއި ޚިލާފު ކަމަކަށް ޤާނޫނީ ގޮތުން ނުވަނީ ތޯއެވެ؟ އަދި ރައްޔިތުންގެ އިންތިހާބީ ހައްޤުތަކަށް އަރައިގަންނަތަން އިލެކްޝަން ކޮމިޝަންގެ ރައީސް އަށް ފެނުނަސް، އެކަން ބެލުމުގެ އެއްވެސް އިޙްތިޞާޞެއް ތި ކޮމިޝަނަށް ލިބިގެން ނުވަނީ ތޯއެވެ. އެ ހުރިހާ އިޙްތިޞާސެއް އޮއްވައި، ގަސްތުގައި މައްސަލަ ނުބެލައި، ހުރުމަކީ އިލެކްޝަން ކޮމިޝަނާއި ޤާނޫނީ ގޮތުން ހަވާލުކޮށްފައިވާ ޒިންމާ އަދާ ކުރުމަށް ގަސްތުގައި ދެކޮޅު ހެދުން ނޫންތޯއެވެ.
އިލެކްޝަން ކޮމިޝަނަށް މުއިއްޒު ބޭނުން ގޮތަކަށް ބާރު ފޯރުވުމަށް އެކަމަށް އެންމެ ބޮޑަށް ވާގިވެރިވާ ފަރާތަކީ ފުވާދު ތައުފީގެވެ. މުވާދަކީ އިރެއްގައި ރައީސް ނަޝީދަށް މަރުދަން ޖެހުނު މީހެކެވެ. މިހާރު އެ އަސަރުތައް ހުރީ މުއިއްޒަށެވެ.
އިލެކްޝަން ކޮމިޝަންއާއި، މުއިއްޒާއި ގުޅިގެން ވޯޓު އޮޅުވާލުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެހެން ކަމުން އެމްޑީޕީގެ މެމްބަރުން ނުކުމެ، އަވަހަށް ވޯޓު ފޮށިތަކަށް ވޯޓު ލުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.