ޚަބަރު

މަޖިލިސް އިންތިޚާބާ ދިމާކޮށް, ޝަރުތު ހަމަނުވާ އެތައް ބަޔަކަށް, އުސޫލުތަކާއި ޚިލާފަށް އެމްޓީސީސީން ދަނީ ޕްރޮމޯޝަން ދެމުން! ކުންފުނި މާލީ ގޮތުން އަދަވަޅެއްގައި ވަނިކޮށް އަދިވެސް ދަނީ މަގާމްތަކަށް އެކްޓިވިސްޓުން ވައްދަމުން!

ދިޔަވަރު
މަޖިލިސް އިންތިޚާބާ ދިމާކޮށް, ޝަރުތު ހަމަނުވާ އެތައް ބަޔަކަށް, އުސޫލުތަކާއި ޚިލާފަށް އެމްޓީސީސީން ދަނީ ޕްރޮމޯޝަން ދެމުން! ކުންފުނި މާލީ ގޮތުން އަދަވަޅެއްގައި ވަނިކޮށް އަދިވެސް ދަނީ މަގާމްތަކަށް އެކްޓިވިސްޓުން ވައްދަމުން!

މަޖިލިސް އިންތިޚާބާ ދިމާކޮށް, ޝަރުތު ހަމަނުވާ އެތައް ބަޔަކަށް, އުސޫލުތަކާއި ޚިލާފަށް އެމްޓީސީސީން ޕްރޮމޯޝަން ދީފިއެވެ.

"ދިޔަވަރު އޮންލައިން" އާއި މައުލޫމާތު ހިއްސާކުރިން އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޓުންނާއި ގުޅުން ހުރި ފަރާތްތަކަށް އެމްޓީސީސީގެ ތެރެއިން ޕްރޮމޯޝަން ދެމުންދަނީ, މީގެ ކުރިން އެއްވެސް ސަރުކާރެއްގައި އެ ކުންފުނީގެ މެނޭޖްމަންޓުން އަމަލު ކޮށްފައިވާ އުސޫލަކުން ނޫން ކަމަށާއި, މިހާ ފާޅުކަން ބޮޑު ގޮތެއްގައި މީގެ ކުރިން ކުންފުނީގެ އެތެރޭގައި ސިޔާސީ ނުފޫޒު ހިންގާފައި ނުވާކަމުގައެވެ.

އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ ކުންފުނީގައި އެކަށީގެން ވާވަރަށް މަސައްކަތް ކުރަމުން ނުދާ މުވައްޒަފުންނަށް ކެމްޕޭނަށް ރިލީޒް ދެމުން ދިއުމުގެ އިތުރުން ޝަރުތު ހަމަނުވާ ފަރާތްތަކަށް އުސޫލުތަކާއި ކުންފުނީގެ ގަވާއިދުތަކާއި ޚިލާފަށް, މަޖިލިސް އިންތިޚާބާ ދިމާކޮށް ޕްރޮމޯޝަން ދެމުން ދިއުމުގެ ސަބަބުން ކުންފުނީގެ ވަރަށް ގިނަ މުވައްޒަފުންގެ މޯޓިވޭޝަން މިހާރު ގެއްލިފައި ވާކަމުގައެވެ.

ސަރުކާރު ކެނޑިޑޭޓުންނަށް ތާއީދު ކުރުމުން, ޝަރުތު ހަމަނުވަނީސް ޕްރޮމޯޝަން ދީފައިވާ ބައެއް ފަރާތްތައް:

Hassan Latheef
Rc: 5198
Previous designation: Assistant Mechanic
Promotion: Senior Machinist
މުލަކު ދާއިރާއަށް ވާދަކުރަމުންދާ ރެޑްވޭވް ސަލީމްގެ ދަރިފުޅުގެ ކެމްޕޭނަށް ދީފައިވާ ޕްރޮމޯޝަންއެއް. ހަސަން ލަތީފަށް މިހާރުވެސްވަނީ މުސާރަ ލިބޭގޮތަށް މުލަކު ދާއިރާގެ ކެމްޕޭނަށް ރިލީޒް ދީފަ

———---—--------------------------------
Ali Waheed
Rc: 4611
Previous designation: Boat Builder

Promotion: Senior Boat Build
ފުނަދޫ ދާއިރާއަށް ވާދަކުރަމުންދާ އަބުދުއްރަހީމްގެ ކެމްޕޭނަށް ދީފައިވާ ޕްރޮމޯޝަންއެއް

--—--------—------------------------------
Moosa Gasim
Rc: 10307
Previous designation: Assistant Fiber Glass Technician
Promotion: Fiber Glass Technician
ފުނަދޫ ދާއިރާއަށް ވާދަކުރަމުންދާ އަބުދުއްރަހީމްގެ ކެމްޕޭނަށް ދީފައިވާ ޕްރޮމޯޝަންއެއް

----------------------—----—--—------—---
Hassan Irufaan
Rc: 5840
Previous designation: Assistant Planning Manager
Promotion: Planning Manager

ދާންދޫ ދާއިރާގެ ކެމްޕޭނަށް ދީފައިވާ ޕްރޮމޯޝަންއެއް
—-------------—---—----—-------------------
Saeed Ghina
Rc: 2610
Previous designation: Accounts Officer
Promotion: Section Manager

ޝަރުތު ފުރިހަމަ ނުވަނީސް އެމްޓީސީސީގެ ޑީއެމްޑީ މުޢުނީގެ ކޮއްކޮއަށް ދީފައިވާ ޕްރޮމޯޝަންއެއް

ސަރުކާރުގެ ކުންފުނިތަކުން ދަނީ, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި ދިމާކޮށް ޕީއެންސީގެ ކެނޑިޑޭޓުން ޕްރޮމޯޓުކޮށް, އަދި ތާއީދު ހޯދުމުގެ ގޮތުން ނުހައްގުން ޕްރޮމޯޝަންދީ އަދި އެކްޓިވިސްޓުން ވަޒީފާތަކަށް ވައްދަމުންނެވެ.

އަދި އޭގެ އިތުރުން, ކުންފުނިތަކުގެ މެނޭޖްމަންޓުން ދަނީ އެ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ތެރެއިން, ސަރުކާރުގެ ކެނޑިޑޭޓުންނަށް ތާއީދު ނުކުރާ މުވައްޒަފުން މުއިއްޒުގެ އަމުރަށް ވަޒީފާއިން ވަކިވެސް ކުރަމުންނެވެ.