ޚަބަރު

ޕީއެންސީގެ މަދުބަޔަކު ބައިވެރިވި ބޮޑު ހިނގާލުމުގައި ދިވެހި ދިދައަށް ބަދަލު ގެނެސް, މުއިއްޒުގެ ހައްދު ފަހަނައެޅި ގައުމިއްޔަތުގެ އަސްލު ސިފަ ދައްކާލައިފި! މިއަދަކީ ފަނާކުރަނިވި މި ވިސްނުން ވޯޓުން ބަލު ކުރަންވީ ދުވަސް!

ދިޔަވަރު
ޕީއެންސީގެ މަދުބަޔަކު ބައިވެރިވި ބޮޑު ހިނގާލުމުގައި ދިވެހި ދިދައަށް ބަދަލު ގެނެސް, މުއިއްޒުގެ ހައްދު ފަހަނައެޅި ގައުމިއްޔަތުގެ އަސްލު ސިފަ ދައްކާލައިފި! މިއަދަކީ ފަނާކުރަނިވި މި ވިސްނުން ވޯޓުން ބަލު ކުރަންވީ ދުވަސް!

ރައީސް މުއިއްޒި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ދިވެހި ޅަދަރިންގެ ހިތްތައް ބަދަލު ކުރުވާ, ދިވެހިންގެ ސަގާފަތާއި ގަބޫލުކުރަމުންއައި އެތައް އުސޫލެއް ބަދަލުކުރުވުމަށް އަމާޒުކޮށް ތައާރަފް ކުރުވުމަށް މަސައްކަތް ކުރަމުންދާ "ހައްދުފަހަނައެޅި ގައުމިއްޔަތު"ގެ އަސްލު ފިފަ, މަޖިލިސް އިންތިޚާބު ނިންމާލުމަށް ޕީއެންސީން އިއްޔެ ބޭއްވި ހިނގާލުމުގައި ދައްކާލައިފިއެވެ.

އެގޮތުން އިއްޔެ ހަވީރު, ޕީއެންސީގެ މަޖިލިސް އިންތިޚާބު ނިންމާލުމަށް ބޭއްވި, މަދުބަޔަކު ބައިވެރިވި ބޮޑު ހިނގާލުމުގައި ވަނީ ބަދަލު ގެނެސްފައިވާ ދިވެހި ދިދަ ބޭނުން ކޮށްފައެވެ. މި ހިނގާލުމުގައި ބޭނުން ކުރި ދިވެހި ދިދައިގެ ހުރި ހުޅުވި ހަނދު އެ ދިދައިގައި ބޭނުން ކުށްފައިވަނީ ނުއަތަށެވެ.

އިސްލާމް ދީނާއި ސުލްހައާއި އަމާންކަން ރަމްޒު ކޮށްދިނުމަށް ދިވެހި ދިދައިގައި ޖަހާފައި ހުންނަ ހުޅެވި ހަނދު ހުންނަނީ ހަނދުގެ ހުޅުވިފައި ހުންނަ ފަޅި ދިދަ ދަނޑިއަށް ފުރަގަސް ވާގޮތަށެވެ. އެހެންނަމަވެސް ޕީއެންސީގެ ހިނގާލުމުގައި ބޭނުން ކޮށްފައިވާ ދިވެހި ދިދާގައި ހަނދުފަޅި ޖަހާފައި ހުރީ ހަނދުގެ ހުޅުވުފައި ހުންނަ ބައި ދިދަ ދަނޑިއަަށް ކުރިމަތިވާ ގޮތަށެވެ.

އެނގިފައިވާ ގޮތުގައި މިއީ ރައީސް މުއިއްޒުގެ ހައްދުފަނައެޅި ގައުމިއްޔަތުގެ ވިސްނުމުގެ އޮށް އާންމު ރައްޔިތުންގެ ހިތްތަކުގައި އިންދުމުގެ ބޭނުމުގައި ގަސްތުގައި ރޭވިގެން ކޮށްފައިވާ ކަމެކެވެ.

ދިވެހި ގައުމީ ދިދައަށް ބަދަލު ގެނެސް, ދިވެހި ގައުމިއްޔަތުގެ ސިފަައަށް މިއުސޫލުން ބަދަލު ގެނައުމަށް ދިވެހި ތާރީޚުގައިވެސް މަސައްކަތް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ރައީސް މުއިއްޒު މިވަނީ ހައްދު ފަހަނައެޅި ގައުމިއްޔަތުގެ ވިސްނިމާއި ފިކުރުފަތުރާ, އޭގެ އޮށް އާންމުންގެ ހިތްތަކުގައި އިންދުމުގެ ބޭނުމުގައި ދިވެހިންގެ ދިދައަށް ބަދަލު ގެނެސް, ވެރިކަން ކުރާ ޕީއެންސީގެ އާންމު އެއްވުންތަކުގައި އެ ދިދަ ބޭނުން ކުރަން ފަށާފައެވެ.

މީގެ އިތުުރުންވެސް, ގައުމިއްތަކީ ވެރިމާހާއަށް ކުރުނީސްކޮށް, ހުށާމަތުކުރުން ކަމަށް ޅަދަރީންގެ ހިތްތަކުގައި އަށަގެންނެވުމުގެ ބޭނުން މުގައި, މުއިއްޒުގެ ”ތަގުރީރުތައް“ ހިމެނޭ ފޮތް މިހާރުވަނީ ރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށް ފޯރުކޮށްދީފައެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލެއްގައިވެސް މިއަހަރުންފެށިގެން ”ގައުމިއްޔަތު“ ނަމުގައި އާ މާއްދާއެއްވެސް ކިޔަވާދޭ ފެށުމަށް މުއިއްޒު ވަނީ ނިންމާފައެވެ.

އެހެނަމަވެސް, ގައުމިއްޔަތުގެ ނަމުގައި ހައްދު ފަހަނައެޅި ވިސްނުމާއި, ގައުމުގެ ވެރިމީހާގެ ބުރުސޫރައާއި ވެރިމީހާގެ ފިކުރު ޅަދަރިންގެ ހިތްތަކުގައި އަށަގަންނުވާ, ވެރިމީހާ ބޭނުންވާ ބައްޓަމަކަށް ގައުމުގެ ދިދައާއި ނިޝާނާއި ކުލައަށް ބަދަލު ގެނެސް އެ އުސޫލުން މުޅި ގައުމިއްޔަތަކީ ވަލިއްޔުލްއަމުރުގެ ފިކުރު ކަމުގައި ފަރުމާކޮށް ހަދާފައިވަނީ, އުތުރު ކޮރެއާ, ޗައިނާ ފަދަ ޚުދުމުޚްތާރު ވެރިކަންތައް ހިނގަމުންދާ ގައުމުތަކުގައިކަން ފާހަގަ ކޮށްލެވެއެވެ.

ވަކީން ޚާއްސަކޮށް, މި ސިޔާސަތަކީ ކޮމިއުނިސްޓް ޗައިނާގައި އެގައުމުގެ ރައީސް ޝީޖިން ޕިންގގެ ނުފޫޒާއި ބާރު ދަމަހައްޓާ, އެގައުމުގެ ރައްޔިތުން އަޅުވެތިކުރުމަށް ތަންފީޒުކުރަމުންދާ ސިޔާސަތެއްކަން ފާހަގަ ކޮށްލެވެއެވެ. ޗައިނާގެ ސްކޫލުތަކުގައި ޝީޖިން ޕިންގގެ ޝަޚްސިއްޔަތާއި އަދި އޭނާގެ ތަގުރީރުތަކާއި ފިކުރުގެ މައްޗަށް އެކުލެވޭ މާއްދާތައް ކިޔަވާ ދިނުމަކީ ލާޒިމް ކަމެކެވެ.

އެހެންކަމުން މިއަދަކީ ދިވެހީން ދުވަހަކުވެސް ގަބޫލު ނުކުރާނެ މި ސިޔާސަތަށް ނޫނެކޭ ބުނުމަށް ލިބޭ ފުރުސަތުވެ. އަދި މިއީ ރައީސް މުއިއްޒުގެ ހައްދުފަނައެޅި ގައުމިއްޔަތު ވޯޓުން ބަލިކުރަން ރައްޔިތުންނަށް ފުރުސަތު ލިބިގެންދާ ދުވަހެވެ. އެފުރުސަތުގެ ބޭނުންކޮށް, މިއަދަކީ މުއިއްޒު ބޮޑު ބައްޔަކުން ބަލިކޮށް, ވަރުގަދަ ފިލާވަޅެއް މުއިއްޒުއަށް ހާސިލްކޮށް ދިނުމަށް ރައްޔިތުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.

ދިވެހިން ދީނާއި ސަގާފަތާއި ގައުމުގެ މިނިވަންކަމާއި ކަރާމާތް ނަގަހައްޓާ ދެމެހެއްޓުމަށް މިއަދު މުއިއްޒުއަށް ނޫނެކޭ ބުނަމާތޯއެވެ!