ތޮއްޑޫ ދާއިރާގެ ސަރުކާރު ކެޑިޑޭޓް ހަސަން މޫސާ ވަނީ އއ.ތޮއްޑޫ ސިއްހީ މަރުކަޒުގައި އުޅޭ ނަރުހެއް ރޭޕްކުރަން ކުރަން މަސައްކަތްކޮށްފައެވެ.
އއ.ތޮއްޑޫ ސިއްހީމަރުކަޒުގައި މަސައްކަތް ކުރާ ނަރުހަކީ އިންޑިއާ ނަރުހެކެވެ. މި ނަރުސް މީހާ ވަނީ މުއިއްޒުގެ ސަރުކާރުން ބިރު ދެއްކުމުން ވަޒީފާ ދޫކޮށް ގޮސްފައެވެ. ނަރުސް މީހާ އުޅެމުން ގެންދިޔައީ ތޮއްޑޫ ދާއިރާގެ ކެޑިޑޭޓް ޙަސަން މޫސާ ތޮއްޑޫގައި ކައިވެނިކޮށްގެން އުޅޭ އަންހެން މީހާގެ ގޭގައެވެ. މިހާދިސާ ހިންގިއިރު ޙަސަން މޫސާގެ އަންހެނުންވަނީ ބޭސް ފަރުވާ ކަމެއްގައި މާލޭގައެވެ.

މިހާދިސާ ފުލުހުންނަށް ގުޅާއި ރިޕޯރޓް ކޮށްފައި ވަނީ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލިވެ ހުރި މުނާޒްއެވެ. ރޭގަނޑު ދަންވަރު ގަޑީގައި ހަސަން މޫސާ ނަރުސު މީހާ އުޅޭ ކޮޓަރިއަށް ގަދަކަމުން ރޭޕްކުރަން ވަންނަން އުޅުމުން އަންހެންމީހާ ޙަސަން މޫސާގެ ތަލަމަތީގައި ފައިވާން ކިބައަކުން ޖެހުމަށްފަހު ދޮރުލައްޕާ ސިއްހީ މަރުކަޒަށް ގުޅާ މައްސަލަ ޖެއްސިއެވެ.
ވަގުތުން ސިއްހީމަރުކަޒުން މި މައްސަލަ ތޮއްޑޫ ޕޮލިހަށް ރިޕޯރޓް ކުރުމުން ފުލުހުން އެގެއަށް ދިޔައެވެ. އެގެއަށް ގެނެސް ހަސަން މޫސާ ފުލުހުން ގެންދިޔައެވެ. ފުލުހުން ހަސަން މޫސާ ގެންދިޔައިރު ވެސް ހުރީ މަސްތުގެ ހާލަތުގައެވެ. މި މައްސަލަ ސަރުކާރުން އަންގާގެން ފުލުހުން ވަނީ ތަހްޤީޤް ނުކޮށެވެ.
ޕީއެންސީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރަމުންދާ ކެނޑިޑޭޓުންގެ ތެރޭގައި ރޭޕިސްޓުންނާއި ވަގުންނާއި ޖިނާއީ ބޮޑެތި ތުހުމަތުތައް ކުރެވިފައިވާ މީހުން ހިމެނޭކަން ފާހަގަ ކޮށްލެވެއވެެ.