ރާއްޖޭގައި މިހާރު މި އޮތީ، ވެރިކަން ކުރާ ޕާޓީ އަށް މަޖިޅިސް ދިނުމުގެ ސަގާފަތެކެވެ. އަދި މިހާރު ސިޔާސީ މައިދާނާއި އާންމުންގެ ވިސްނުން ހުރި ގޮތުން، ފައިސާ އާއި، ފެނަކައާއި، ވެމްކޯ އާއި، އެޗްޑީސީ ނުލައި މަޖިލީސް އިންތިހާބު ކާމިޔާބު ކުރުމަކީ ދަތިކަމެކެވެ.
ކޮންމެއަކަސް މުއިއްޒަށް މަޖިލީސް ސްޕަަރ މެޖޯރިޓީ ލިބިއްޖެއެވެ. އުފާ ފާޅު ކުރަން ބޭއްވި ހަފުލާ ވެގެން ދިޔައީ، ނޫސްވެރިންގެ ތެރެއިން މުއިއްޒު ބޭނުން ނުވާ ނޫސްތަކަށް ބިރު ދައްކައި ހުރަސް އެޅި ހަފްލާއަކަށެވެ.
އަދަދު ނޫހަށް ހުރަސް އަޅައި ހަފްލާއިން ބޭރު ކޮށްލީ ކޮން ޤާނޫނީ ހަމަ އަކުންތޯއެވެ. ސްޕަރ މެޖޯރިޓީގައި ޚުދުމުހުތާރު ވެރިއަކަށް ކުރެވޭނީ އެންމެ ކަމެކެވެ. އެއީ ބާރާއި އަނިޔާވެރިކަން ތަންމިނަށް ދެކުމެވެ.
އަނިޔާވެރިކަމާއި، ބަދަލުހިފުމާއި، މީޑިޔާގެ މިނިވަންކަން ހަނި ކުރުމާއި، ރައްޔިތުންގެ އަސާސީ ހައްޤުތަކަށް އަރައިގަތުން ގަނޑު ފިޔަވާ އެކައްޗެއްވެސް މުއިއްޒުގެ ސަރުކާރުން ދިފާއެއް ނުކުރާނެއެވެ.
ވަޒީފާއާއި ފައިސާގެ އަޅުވެތި ކަމުގައި ބަޔަކު ދިން ވޯޓަކުން ޤައުމަށް ކުރާނެ އެއްވެސް މަންފާއެއް ނެތެވެ. އެކަން ރައްޔިތުންނަށް ކުރިއަށް އޮތް 3 އަހަރު ފެނިގެން ދާނެއެވެ.