ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި އިންތިހާބު ކާމިޔާބުކުރެއްވި އިތުރު ހަ ކެންޑިޑޭޓަކު މުއިއްޒު އަތުން ކޮރަޕްޓް ފައިސާ ނަގައިގެން ސަރުކާރު ހިންގާ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
މުއިއްޒު ވަނީ އެތައް މިލިއަނެއް ހަރަދު ކޮށް، އިނދިކޮޅުގައި ތިބި ބައެއް މެމްބަރުންވެސް މީގެ ކުރިން ގަނެފައެވެ. މުއިއްޒަކީ ރާއްޖޭގެ ތާރީޚުގައި ވެރިކަމަށް އައި އެންމެ ކޮރަޕްޓް ފަރާތެވެ.
ފައިސާ އާއި އަމިއްލަ މަންފާއަށް މިފަހަރު މުއިއްޒާއި ގުޅުނު މެމްބަރުންނަކީ:
- ހުރާ ދާއިރާއިން އިންތިހާބުވި ޑރ. އަނާރާ ނައީމް
- މަތިވެރި ދާއިރާ އިން އިންތިހާބުވި ހަސަން ޒަރީރު
- މައްޗަންގޮޅި މެދު ދާއިރާ އިން އިންތިހާބުވި އަހްމަދު ޒަމީރު
- ތިމަރަފުށި ދާއިރާ އިން އިންތިހާބުވު އަހުމަދު ރިޔާޒް
- ނައިފަރު ދާއިރާއިން އިންތިހާބުވި ޔާސީން އަބްދުﷲ
- ވިލިނގިލި ދާއިރާ އިން އިންތިހާބުވި އާޒިމް އަބްދުލް އަޒީޒް
މި ހަ މެންބަރުން ވެސް އިންތިހާބު ކާމިޔާބުކުރައްވާފައި ވަނީ ޕީއެންސީގެ ކެންޑިޑޭޓުންނާ ވެސް ވާދަކުރައްވައިގެންނެވެ.
އިންތިހާބު ތެރޭގައި ވެސް މުއިއްޒުވަނީ މީގެ ތެރެއިން ބައެއް ކެންޑިޑޭޓުންނަށް ރިޝްވަތު ދީގެން މުއިއްޒުގެ ކޮޅަށް ގެނެސްފައެވެ.