ޚަބަރު

ރާޖޫއަށް ހުޅުމާލއެިން ދިން ބިންތައް ވިއްކެންދެން ހުއްޓާލާފައި އޮތް ފުށިދިއްގަރު ފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ހިއްކި 8 ހެކްޓަރުގެ ތެރެއިން 3 ހެކްޓަރުގެ ސަރަހައްދެއް ގިރައިގެން ގޮސްފި!

ދިޔަވަރު
ރާޖޫއަށް ހުޅުމާލއެިން ދިން ބިންތައް ވިއްކެންދެން ހުއްޓާލާފައި އޮތް ފުށިދިއްގަރު ފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ހިއްކި 8 ހެކްޓަރުގެ ތެރެއިން 3 ހެކްޓަރުގެ ސަރަހައްދެއް ގިރައިގެން ގޮސްފި!

8 މަސްތެރޭ ހިއްކާ ނިންމާނެކަަމަށް ވައުދުވެ, ފާއިތުވި ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހު ފެށި ފުށިދިއްގަރުފަޅުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހިއްކާފައިވާ 8 ހެކްޓަރުގެ ތެރެއިން 3 ހެކްޓަރުގެ ސަރަހައްދެއް މިހާރު ގިރައިގެން ގޮސްފައިވާކަން ހާމަވެއްޖެއެވެ.

މި ފަޅުގެ މިހާތަނަށް ހިއްކާފައިވާ 8 ހެކްޓަރުގެ ތެރެއިން ބޮޑުބައެއް ގިރަމުންދާކަން އެޗްޑީސީގެ ބައެއް އިސް އޮފިޝަލުންވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާއިރު, ފެންނާން ހުރި ސެޓްލައިޓް ފޮޓޯތަކުންވެސް, ވެލި އެޅުމަށްފަހު ހިމާޔަތް ނުކޮށް އޮތް މި ތަންކޮޅުގެ ބޮޑުބައެއް ގިރާލާފައިވާކަން އެގެން އެބަ ހުއްޓެވެ.

8 މަސްދުވަހުގެ ތެރޭގައި ނިންމާނެކަމަށް ވައުދުވެގެން, ފާއިތުވި ޑިސެމްބަރުމަހު ފެށި މިމަޝްރޫއު މިހާރު ހުއްޓިފައި އޮތީ އެމަޝްރޫއު ހަވާލުކޮށްފައިވާ ސްރީލަންކާގެ މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީސީ) ކުންފުނީގެ އެމްޑީ ސެވެރާޖް މަނިވަންނަންއަށް ހުޅުމާލެއިން ދީފައިވާ 70 ހެކްޓަރުގެ ބިންތައް އޭނާ ވިއްކާ, އޭނާ ބޭނުންވާވަރަށް ފައިސާ ޖަމާ ކުރެވެން ދެނެވެ.

ސެވެރާޖް މަނިވަންނަން ދަނީ އެބިންތައް ވިއްކުމަށް މިހާރު އިސްތިހާރު ކުރަމުންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެފައިވަނީ ފުށި ދިއްގަރު ފަޅު ބިންހިއްކުމުގެ މަޝްރޫޢަށް 4 މަސްފުރިގެން ދާއިރު, އަދިވެސް ކުރިޔަށް ދަނީ އެމަޝްރޫގެ އީއައިއޭ ހެދުމާއި އިދާރީ މަސައްކަތްތައް ކަމުގައެވެ.

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވަލީދު ވިދާޅުވީ އެމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މިވަގުތު ކުރިޔަށް ނުދިޔަނަމަވެސް އެ މަޝްރޫޢު ހުއްޓުމަކަށް އައިސްފައި ނުވާކަމަށާއި, އީއައިއޭ ހެދުމާއި އިދާރީ މަސައްކަތްތަކަކީވެސް މަޝްރޫޢުގައި ހިމެނޭ ކަންކަން ކަމުގައެވެ.

މިހާރު އެމަސައްކަތްތައް ކުރިޔަށް ދަނީ. އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ހުންނާނެ. އީއައިއޭ.. ތިމާވެށީގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްވެސް ހުންނާނެ. އެހެންވީމަ އެކަހަލަ ބައިވަރު މަސައްކަތްތައް ކުރިޔަށް އެބަދޭ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ބިން ހިއްކުމުގެ މަޝްރޫއު ފައްޓަވާ ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެފަޅުން ހިއްކަން ފެށީ 1،153 ހެކްޓަރުގެ ބިމެއް ކަމަށެވެ. އަދި ހިއްކުމުގެ މަޝްރޫޢު 8 މަސްތެރޭ ހިއްކާ ނިމާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިއަދު މި ފަށާ ގޮތަށް… 8 މަސް ތެރޭ އަޅުގަނޑުމެންނަށް ހިއްކާ ނިންމާލެވޭނެ މި ދެންނެވި ވަރުގެ ސަރަހައްދެއް.

ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުމާއި، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަން ޙައްލުކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދެވެ. މިކަމުގައި މުއިއްޒު ގެންގުޅުއްވާ އެންމެ ބޮޑު ތަޞައްވުރަކީ މާލޭ ކައިރީގައި އޮތް ފުށިދިއްގަރު ފަޅު ހިއްކައި އާބާދުކުރުމެވެ.

މިގޮތުން، 1153 ހެކްޓަރުގެ ބިން (ހުޅުމާލޭގެ ގާތްގަޑަކަށް ތިން ގުނަ ބޮޑު ސަރަޙައްދެއް) ފުށިދިއްގަރު ފަޅުން ހިއްކާނެކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. އަދި މި މަޝްރޫޢު ނިމިގެން ދާއިރު ގޯއްޗާއި ފްލެޓް ހިމެނޭގޮތަށް 65,000 ހައުސިންގ ޔުނިޓް ތަރައްޤީ ކުރުމަށް ސަރުކާރުން ރާވާފައިވެއެވެ.

މިމަސައްކަތް ކުރިޔަށް ގެންދިއުމަށް ރާވާފައިވަނީ، ހުޅުމާލޭން 10 ހެކްޓަރުގެ ބިމާއި ފުށިދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރު ސްރީލަންކާގެ ސީއެމްސީއަށް 99 އަހަރަށް ދީގެން ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެހެންނަމަވެސް ހިތާމައަކީ, ރައްޔިތުން ގޮބޯ ހެއްދުމަށްޓަކާ ވީވައުދުތައް ރައްޔިތުންގެ އެންމެ އަސާސީ ވަސީލަތްތަކާއި ގުޅުވާ, ރައްޔިތު މީހާގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ރައީސް މުއިއްޒު ނަންގަވަމުން ގެންދަވާތީއެވެ.

އެގޮތުން މި ސަރުކާރަށް މިހާރު 4 މަސް ފުރިފައިވާއިރު, 8 މަސްތެރޭ ހިއްކާ ނިންމާނެކަމަށް ބުނި ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު އަދިވެސް އޮތީ ހުއްޓިފައެވެ. މަޝްރޫޢު ފެށިގޮތަށް ފުށިދިއްގަރު ފަޅުން ކުޑަތަންކޮޅެއް ހިއްކާފައިވާއިރު, ކުރިޔަށް އޮތް 4 މަސްތެރޭ 1،153 ހެކްޓަރުގެ ބޮޑު ބިމެއް ރައީސް މުއިއްޒުގެ ވައުދާއެއްގޮތަށް ހިއްކާނޭ ގޮތަކީ ކޮބައިތޯ މިއީ މިސަރުކާރުން މިއަދު ސާފުކޮށްދޭން ޖެހިފައިވާ ކަމެކެވެ.

“ދިޔަވަރު އޮންލައިން”އަށް މައުލުމާތު ދިން އެޗްޑީސީގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, ޑރ. މުއިއްޒުގެ ސަރުކާރުން ކުރިއަށް ގެންދާ ފްލެގްޝިޕް ޕްރޮޖެކްޓްގެ ގޮތުގައި ދައްކަމުން އަންނަ ރަސް މާލޭ ހިއްކުން މިހާރުވެސް އޮތީ ހުއްޓިފައެވެ. އަދި މަސައްކަތް ފެށޭނެ ދުވަހެއް އަދިވެސް އެޗްޑީސީން ނިންމާފައެއް ނުވެއެވެ.

އެގޮތުން, އަވަސް އަރުވާލައިގެން ލަންކާގެ މަހުޖަނެއް ކަމަށްވާ ރާޖޫގެ ކުންފުންޏަށް މާލެ އަށް ވުރެ އެތައް ގުނައެއް ބޮޑު ބިމެއް ހިލޭ ދޫކޮށްލާ ގޮތަށް ހިއްކަން ފެށި ރަސްމާލޭގެ މިހާތަނަށް ހިއްކިފައި ވަނީ އަށް ހެކްޓަރު ވަރުގެ ތަންކޮޅެއްކަމަށް އޮފިޝަލް ވިދާޅުވިއެވެ. އޭގެ ފަހުން މިހާރު އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކޮށް, ޕްރޮޖެކްޓް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.