ޚަބަރު

ކީރިތި ގުރުއާނަށް މިއުޒިކު އަޅައިގެން ޕީއެސްއެމް އިން ގެނެސްދީފި!

ދިޔަވަރު
ކީރިތި ގުރުއާނަށް މިއުޒިކު އަޅައިގެން ޕީއެސްއެމް އިން ގެނެސްދީފި!

ކީރިތި ގުރުއާނަށް މިއުޒިކު އަޅައިގެން މުއިއްޒުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ދައުލަތުގެ މީޑިޔާ ޕީއެސްއެމް އިން ގެނެސްދީފިއެވެ. އާންމުގެ ކަންބޮޑުވުން މިކަމާއި ގުޅިގެން ފާޅު ކުރުމުންވެސް ސޯޝަލް މީޑިޔާގައި ގުރުއާނަން މިއުޒިކު އަޅައިގެން ޕީއެސްއެމް އިން ގެނެސްދީފައިވާ ވީޑިޔޯ ނަގާފައި ނުވެއެވެ.

މުއިއްޒު އަކީ މާ ދީނީ މީހެއް ކަމަށް ދައްކައިގެން ސަލަފުގެ ދައުރު ހިމެނޭހެން ވެރިކަމަށް މުއިއްޒު އައުމުން ސަލަފުގެ އިސް ބައެއް ފަރާތްތަކަށް އޭގެ ބަދަލެއްގެ ގޮތުގައި މުއިއްޒު ވަނީ ވަޒީފާ ހަމަ ޖައްސައި ދީފައެވެ. ސަލަފުގެ މަދު ބަޔަކަށް މުއިއްޒުގެ ފަރާތުން ލިބޭ މާލީ މަންފާ އަކަށްޓަކައި، ދަހިވެތިވެގެން، ލާދީނީ ކަންކަމަށް ފާޑު ކިޔުން ސަލަފުން ވަނީ މިހާރު ހުއްޓާލާފައެވެ.

ސަލަފަކީ އިސްލާމް ދީން އެމީހުން ނުރުހޭ މީހުންނާއި ދެކޮޅަށް އޮޅުވާލައިގެން ބޭނުން ކުރާ ސިޔާސީ ޖަމާޢަތަކަށް ވުމުން، މުއިއްޒުގެ ފަރާތުން ތަކުރާރުކޮށް ފެންނަމުންދާ ލާދީނީ އަމަލުތައް ނުފެންނަ ކަމަށް ހަދައި، އިސްލާމް ދީނަން މުއިއްޒުގެ ފަރާތުން ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް އެކަމާއި ދެއަތް އުރާލައިގެން ތިބި ބަޔެކެވެ.

މުއިއްޒު ޕްރޮމޯޓްކޮށް، ރައީސް އޮފީހުގެ ބެލުމުގެ ދަށުން ހިންގާ ޕީއެސްއެމް އިން ގުރުއާނަށް މިއުޒިކް އަޅާފައި ވަނީ ކީރިތި ގުރުއާން މުބާރާތެއްގައި ކުއްޖަކު ކިޔެވި ކިޔެވުމަށެވެ.

https://twitter.com/psmnewsmv/status/1784268919903277248?
ޕީއެސްއެމްއިން ޤުރުއާނަށް މިއުޒިކް އަޅައިގެން ސޯޝަލް މީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގައި ޖަހާފައިވާ ވިޑިޔޯ!

ކީރިތި ޤުރުއާނަށް މިއުޒިކު އަޅައި، ޤުރުއާން އަންދައި ހެދުމަކީ ކާފަރުންގެ ފަރާތުން ނޫނީ ފެނިފައި ނުވާ ބޮޑުވެގެންވާ ފާފަވެރި އަމަލެކެވެ. ނަމަވެސް އެތައް ބަޔަކު ސަރުކާރުގެ ސަމާލުކަމަށް އެކަން ގެނައުމުންވެސް، އެ ވީޑިޔޯ ނުނަގައި ބަހައްޓާފައި ވުމުން، މިއީ މުއިއްޒުގެ ސަރުކާރުން ޤުރުއާނާއި އަދި އިސްލާމް ދީނާއި މެދު މާބޮޑު އަހަންމިއްޔަތެއް ނެތްކަން ދައްކުވައިދޭ އަދި މުއިއްޒުގެ ލާދީނިއްޔަތުކަން އިތުރަށް ފާޅުވެގެން ދިޔަ ކަމެކެވެ.