ޚަބަރު

ކުޑަގިރީގައި ގެސްޓްހައުސް އެޅުމާއި ގުޅޭ ގޮތުން ޝިއުނާ ސަން އޮންލައިން އަށް ދިން އިންޓަވިއު، ރައީސް އޮފީހުން އަންގައިގެން ޑިލީޓު ކޮށްފި! ކުޑަގިރި ވިއްކާލާ ވާހަކަ ދިޔަވަރުގައި ޖެހުމުން ރައީސް އޮފީސްތެރެ ހޫނު ވެއްޖެ!

ދިޔަވަރު
ކުޑަގިރީގައި ގެސްޓްހައުސް އެޅުމާއި ގުޅޭ ގޮތުން ޝިއުނާ ސަން އޮންލައިން އަށް ދިން އިންޓަވިއު، ރައީސް އޮފީހުން އަންގައިގެން ޑިލީޓު ކޮށްފި! ކުޑަގިރި ވިއްކާލާ ވާހަކަ ދިޔަވަރުގައި ޖެހުމުން ރައީސް އޮފީސްތެރެ ހޫނު ވެއްޖެ!

ކުޑަގިރީގައި ގެސްޓްހައުސް އެޅުމާއި ގުޅޭ ގޮތުން ޝިއުނާ ސަން އޮންލައިން އަށް ދިން އިންޓަވިއު، ރައީސް އޮފީހުން އަންގައިގެން ޑިލީޓު ކޮށްފިއެވެ. ދިޔަވަރު ނޫހުގައި މިޚަބަރު ޖެހުމުން މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ކަންބޮޑުވުން މުއިއްޒާއި ހަމައަށް ދިޔުމުން، ދިޔަވަރުގައި ޖަހާފައިވަނީ ދޮގު ޚަބަރެއް ކަމަށް މުއިއްޒު ވަނީ ބައެއް މީޙުން ކައިރީ ބުނެވިފައެވެ. ނަމަވެސް ސަން އޮންލައިނަށް ޝިއުނާ ދިން އިންޓަވިއުގައި މިކަން ކަށަވަރު ކޮށްފައި ވާކަން ފަހުން މުއިއްޒަށް އެނގިވަޑައިގެން، އޮންލައިންގައި ޖަހާފައިވާ އިންޓަވިއު ރައީސް އޮފީހުން އަންގައިގެން މިހާރު ވަނީ ނަގާފައެވެ. ކުޑަގިރި ވިއްކާލާ ވާހަކަ ދިޔަވަރުގައި ޖެހުމުން ރައީސް އޮފީސްތެރެ ހޫނުވެ، މިކަން ހިނގި ގޮތް އަބްދުއްރަހީމް. ވެސް ވަނީ ބައްލަވާފައެވެ.

‏ކުޑަގިރި ވިއްކާލުމުގެ އަޑީގައި ހުރީ އެމްއައިޓީޑީސީގެ ކުރީގެ އެމްޑީ އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރަކަށް އުޅޭ ޝާހިދުއެވެ. ޝާހިދު ގެ ކޮރަޕްޝަނުގެ އެތައް މައްސަލައެއް މިހާރުވެސް އޭސީސީގައި އެބައޮތެވެ.

‏ޝިއުނާއަކީ އެއްވެސް އިރެއްގައި މުއިއްޒުއަށް ތާއީދުކުރި މީހަކަށްނުވެފައި، އެއީ 'ޕްރޮކްސީ-އެމްޑީ' އަކަށްވާތީ އެމްއައިޓީޑީސީ ހިންގަނީ ޝާހިދު ބޭނުންވާ ގޮތަކަށެވެ. ޝާހިދު ވަނީ ވަރަށް ފަހުން އަބޫދާބީއަށް ގޮސް އިންވެސްޓަރުންތަކަކާ ބައްދަލުކޮށް، ފައިސާ އަތުލަންވެސް އުޅެފައެވެ. ޝާހިދު މަސައްކަތްކުރަނީ ކުރިން ބަރެސްދޫ ވިއްކި ގޮތަށް ކުޑަގިރީގެ ފޮޓޯ ވިއްކައިގެން ފައިސާ ހޯދުމަށް ކަމަށް ރައީސް އޮފީހުން ދިޔަވަރު ނޫހަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރެއްވިއެވެ.

‏ޝިއުނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ޑީޑީއަށް ރީޖަނަލް އެއަރޕޯޓް ގެ ޗެއަރމަންކަން ހޯދައިދިނީވެސް ޝާހިދު މެދުވެރިވެގެންނެވެ.

‏ކާށިދޫ ޓޫރިޒަމް ޕްރޮޖެކްޓް ފަށަނީއޭ ކިޔައިގެން އެ އިންޓަވިއުގައި ޝިއުނާ ބުނެފައިވާއިރު، މޫސާ ޒަމީރުގެ ޓޫރިޒަމް މިނިސްޓަރުކަމުގައި ޝާހިދުގެ އެމްޑީކަމުގައި ފެށި މި ޕްރޮޖެކްޓުގެ ކޮރަޕްޝަނުގެ މައްސަލައެއް އޭސީސީން އަދިވެސް ތަހުޤީޤް ކުރަމުން އަންނަކަން މީގެ ކުރީން ނޫސްތަކުގައި ޝާއިއުކޮށްފައިވެއެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ބޭނުންވާ ވަށްކަންކަން ކުރަން އެކި ފެންވަރުގައި ސަރުކާރުގެ އެކި މަގާމުތަކަށް މީހުން ލާފައެވެ. މުއިއްޒަށް ނުދީ ކުޑަގިރި ބަޔަކަށް ވިއްކާލަން އުޅެނިކޮށް އެނގުމުން މައްސަލަ މިހާރު މިވަނީ ހޫނުވެފައެވެ.