ޚަބަރު

އިނގިރޭސިބަހުން ވާހަކަ ދައްކަންޖެހޭތީ އަރަބިއަން ޓްރަވަލް މާރކެޓްގައި އޮތް ޕެނަލް ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ބައިވެރިއެއް ނުވި! އޭނާގެ ބަދަލުގައި ބައިވެރިވީ އިންވެސްޓަރުން ހޯދާދޭ ޖަނާހުގެ ދަރި!

ދިޔަވަރު
އިނގިރޭސިބަހުން ވާހަކަ ދައްކަންޖެހޭތީ އަރަބިއަން ޓްރަވަލް މާރކެޓްގައި އޮތް ޕެނަލް ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ބައިވެރިއެއް ނުވި! އޭނާގެ ބަދަލުގައި ބައިވެރިވީ އިންވެސްޓަރުން ހޯދާދޭ ޖަނާހުގެ ދަރި!

އިނގިރޭސިބަހުން ވާހަކަ ދައްކަންޖެހޭތީ މިހާރު ކުރިޔަށްދާ އަރަބިއަން ޓްރަވަލް މާރކެޓްގައި އޮތް ޕެނަލް ޑިސްކަޝަންގައި އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ބައިވެރިއެއް ނުވިއެވެ. މި ޕެނަލް ޑިސްކަޝަންގައި އޭނާގެ ބަދަލުގައި ބައިވެރިވީ, ކޮންމެ ސަރުކާރަކަށްވެސް އިންވެސްޓަރުން ހޯދާ ދިނުމުގެ ނަމުގައި ރައީސުންގެ ސިނކުޑިތަކަށް ފަސޭހަކަމާއެކު ސަވާރުވާ ވިޔަފާރަވެރިޔާ މުހައްމަދު އަލީ ޖަނާހުގެ ދަރިފުޅު އައިޝަތު ނޫރައިން ޖަނާހްއެވެ.

މިސަރުކާރު ވެރިކަމަށް އައުމަށްފަހު މުއިއްޒުވަނީ ޖަނާހުއަށް މިނިސްޓަރުން ފެންވަރުގައި އެޑްވައިޒަރުކަން ދީ އައި އޭނާގެ ދަރިފުޅު އައިޝަތު ނޫރައިން ޖަނާހް އެމްއެމްޕީއާރުސީގެ ޗެއަރޕާސަންގެ މަގާމަށް އައްޔަންކޮށްފައެވެ.

އެހެންނަމަވެސް އެމްއެމްޕީއާރުސީގެ ޗެއަރމަންގެ ޕޯސްޓަކީ ކުންފުނި ރެޕްރެސެންޓް ކުރާ މަގާމެއް ނޫނެވެ. އެމަގާމުގައި ހުންނަ ފަރާތެއްގެ ޒިންމާއަކީ ބޯޑް ޑައިރެކްޓަރުންގެ މީޓިންތައް ޗެއަރ ކުރުމެވެ.

އެހެންނަމަވެސް, މި ޕެނަލް ޑިސްކަޝަންގައި އިނގިރޭސިބަހުން ވާހަކަ ދައްކަންޖެހޭތީ އެމްއެމްޕީއާރުސީގެ އެމްޑީ ފާތިމަތު ތައުފީގު ބައިވެރިވާން އުޒުރުވެރި ވުމާއެކު, ކުންފުނި ތަމްސީލް ކޮށްފައިވަނީ ޖަނާހުގެ ދަރިފުޅެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެމްޕީއާރުސީ އެކި ފޯރަމްތަކުގައި ތަމްސީލުކޮށް, ނޫރައިން ކުރަމުންދާ ކަމަކީ އޭނާ ބައްޕަގެ ވިޔަފާރި ކުރިއަރުވަން އިންވެސްޓަރުން ހޯދުމާއި އޭނާގެ ބައްޕައަށް ވިޔަފާރީގެ ފުރުސަތުތައް ހޯދާ ދިނުމެވެ.

މިހާރު ކުރިޔަށްދާ އަރަބިއަން ޓްރަވަލް މާރކެޓްގައި ފަތުރުވެރިކަމާބެހޭ ވަޒީރު, ރައީސް މުއިއްޒު އިސް މުޝީރު އަބުދުއްރަހީމްގެ ދަރި ފައިސަލް އިނގިރޭސިބަހުން ދެއްކި ވާހަކަތައް މިހާރު ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ.

ރާއްޖެ ޕްރޮމޯޓުކުރުމަށް ބޭރުގެ ފޯރަމްތަކުގައި އޭނާ އިނގިރޭސިބަހުން ވާހަކަ ދައްކަމުން ދަނީ "ބްރޯކެން އިންގްލިޝް" (މާނަވެސް ސާފުނުވާގޮތަށް, ބަހުގެ ހަމަަތައް އޮޅުވާލައިގެން އިނގިރޭސިބަހުން ވާހަކަ ދެއްކުން) އިންނެވެ. އޭގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ދަނީ ނުރަގަޅު ތަސައްވުރެއް ލިބެމުންނެވެ.