ދިވެހިރާއްޖެއާއި އިންޑިއާދެމެދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވަނިކޮށް, މި ސަރުކާރުގެ ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފުރުސަތު ލިބިފައިވަނީ ހަމައެކަނި އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރ ޑރ. ޖައިޝަންކަރުއާއ ބައްދަލުުކުމުގެ ފުރުސަތު އެކަނިކަމަށް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިއްޖެއެވެ.
"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ދަތުރުފުޅުގައި އިންޑިއާ ސަރުކާރުގެ އެހެން ބައެއް އިސް އޮފިޝަލުންނާއި ބައްދަލު ކުރުމުގެ ފުރުސަތު ހޯދުމަށްވެސް ފޮރިން މިނިސްޓްރީން މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ފިޔަވާ އެހެން އެއްވެސް އޮފިޝަލަކާ ބައްދަލުކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރު ދީފައެއް ނުވެއެވެ.
އަދި މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގަތުމުން އެގައުމުން އޭނާއަށް ރަސްމީ އެއްވެސް މަރުހަބާއެއްވެސް ކިޔާފައެއް ނުވެއެވެ. އެގޮތުން މޫސާ ޒަމީރު ރިސީވް ކުރުމަށް އެއަރޕޯޓުން އޭނާއާއި ބައްދަލު ކުރައްވާނީވެސް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސީނިއަރ އޮފިޝަލެކެވެ.
މުއިއްޒުގެ ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރަށް ޖަހޫޖަހާ ބުލީކޮށް މައްލަވަ ކުރުމުގެ މައްސަލާގައި އިންޑިއާއާއި ރާއްޖޭގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސް ވެފައެވެ. އަދި އޭގެ އިތުރުން މިސަރުކާރުން ޗައިނާއާއި ގުޅުން ބަދަހިކޮށް, ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޖާސޫސްކުރުމުގެ ފުރުސަތު ޗައިނާއަށް ދިނުމާއިގުޅިގެން ސަރަހައްދީ ހަމަނުޖެހުންބޮޑު, އިންޑިއާއާއި ރާއްޖޭގެ ގުޅުމަށްވެސްވަނީ މި ހަމަނުޖެހުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައެވެ.