ޚަބަރު

‏16 ރިސޯޓު ތަރައްގީ ކުރުމުގެ ނަމުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ހިންގާ ބޮޑު ކޮރަޕްޝަން: ‏ގާފަރު ފަޅު ހިއްކުމުގެ ފޭކް ޕްރޮޖެކްޓް ގެ ހަގީގަތް!

ދިޔަވަރު
‏16 ރިސޯޓު ތަރައްގީ ކުރުމުގެ ނަމުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ހިންގާ ބޮޑު ކޮރަޕްޝަން: ‏ގާފަރު ފަޅު ހިއްކުމުގެ ފޭކް ޕްރޮޖެކްޓް ގެ ހަގީގަތް!

‏ގާފަރު ފަޅުގައި 16 ރަށް ހިއްކުމުގެ ނަމުގައި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން މިވަނީ ދިވެހި ކުންފުންޏަކާއެކު އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ. އެޓޯލް ވޯކްސް ނަމަކަށް ކިޔާ މިކުންފުނީގެ އަޑު އެހީ ކިތައް ބޭފުޅުންތޯއެވެ؟ އަޑު އައްސަވާށެވެ. އެއީ ވަރުގަދަ މަކަރުވެރި ޑީލްއެކެވެ. ހިންގަމުންދަނީ ފިތްކަނޑައިގެންދާވަރުގެ ކޮރަޕްޝަންގެ ބޮޑު މުއާމަލާތެކެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އެޓޯލް ވޯކްސް ނަމަކަށް ކިޔާ ދިވެހި ކުންފުންޏަކާއެކު މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމުގެ ދަށުން ހިއްކައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތަށް ޖުމްލަ 36،503،863.92 (ތިރީސް ހަ މިލިޔަން ފަސް ސަތޭކަ ތިން ހާސް އަށް ސަތޭކަ ފަސްދޮޅަސް ތިނެއް ޕޮއިންޓު ނުވަދިހަ ދޭއް) ޔޫ.އެސް ޑޮލަރު ޚަރަދު ވާނެކަމަށް އެމްއެފްއެމްސީ ބުނެފައި ވެއެވެ.

އަދި މީގެތެރިން، ހިއްކުމުގެ މަސައްކަތަށް 3،747،792 (ތިން މިލިޔަން ހަތް ލައްކަ ސާޅީސް ހަތް ހާސް ހަތް ސަތޭކަ ނުވަދިހަ ދޭއް) ކިއުބިކް މީޓަރުގެ ވެލި ބޭނުންވާނެކަމަށް އަންދާޒާ ކުރެވޭއިރު، ކިއުބިކް މީޓަރަކަށް 7.8 (ހަތެއް ޕޮއިންޓު އަށެށް) ޔޫ.އެސް ޑޮލަރުގެ ރޭޓުން، ޖުމްލަ 29،232،774 (ނަވާވީސް މިލިޔަން ދުއިސައްތަ ތިރީސް ދެ ހާސް ހަތްސަތޭކަ ހަތްދިހަ ހަތަރެއް) ޔޫ.އެސް ޑޮލަރު ޚަރަދުވާނެކަމަށް ބެލެވެއެވެ.

މިލިއަން ޑޮލަރުގެ މި ބިޔަ މަޝްރޫއު ހިންގުމަސް ހަވާލުކޮށްފައިވާ އެޓޯލް ވޯކްސްއަކީ 2024 ވަނަ އަހަރު، އާދެ މިއަހަރު ފެބްރުއަރީ މަހު އުފައްދާފައިވާ ކުންފުންޏެކެވެ. އަދި އޮތީ ހަމަ ޕޭޕަރ ކުންފުންޏެއްގެ ގޮތުގައެވެ.

36 މިލިއަން ޑޮލަރު ކީއްކުރައްތޯއެވެ. 36 ރުފިޔާގެ ޕްރޮޖެކްޓެއް ހިންގޭނެވަރުގެ ގާބިލްކަމެއްވެސް މިކުންފުނީގެ ޕްރޮފައިލްގް އޮތް ކުންފުންޏެއް ނޫނެވެ.

އެޓޯލް ވޯކްސް ގެ އަޑީގައި ހުރީ މަރްހޫމް ގޯގޯލަތީފުގެ ދަރިފުޅެވެ. އަދި އޭގެ އިތުރުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން (އެމްއެފްއެމް)ގެ މެނޭޖިންގ ޑިރެކްޓަރުގެ ބޭބެ, ބްރޯކަރު ހެރިންސް އައްލޯ އެވެ.

މި ޕްރޮޖެކްޓަށް ފައިސާ ހޯދުމުގެ ނަމުގައި ތުރުކީގެ ފޭކް ކުންފުންޏެއްގެ ބެންކް ޑޮކިޔުމަންޓްތަކެއް ވަނީ ފަންޑު މެނޭޖްމަންޓު ކުންފުންޏަށް ވައްދާފައެވެ. އަދި މި ފޭކް ޑޮކިޔުމަންޓްތައް ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލްވެސް ހޯދާފައެވެ.

ރައީސް މުއިއްޒުގެ ސަރުކާރަށް އެންމެ 5 މަސްދުވަސް ވެގެން ދިޔައިރު, ސަރުކާރުގެ އިސް މަގާމްތަަކަށް ބޮޑެތި ވަގުންނާއި, ކޮރަޕްޓް މީހުން އައްޔަންކޮށް, ދައުލަތުގެ ތެރޭގައި ދަނީ ވައްކަމާއި ދައުލަތުގެ މާލިއްޔަތު ލޫޓުވާލުމުގެ ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ.

އެހެންނަމަވެސް މިފަދަ ހުރިހާ އަމަލުތަކަށް އޭސީސީ އޮތީ ދެލޯ މަރާލައިގެންނެވެ.