ޚަބަރު

‏ބޮޑެތި ކުށްތަކުގައި ޑީޕޯރޓްކޮށްފައިވާ ފަރާތެއް އަލުން ރާއްޖެ އައުމުގެ ހުއްދަ ސަރުކާރުން ދީފި! އޭނާގެ ޑީޕޯރޓް ކެންސަލް ކޮށްފައިވަނީ އިމިގްރޭޝަން ކޮންޓްރޯލަރއަށް ރިޝްވަތު ދީގެން!

ދިޔަވަރު
‏ބޮޑެތި ކުށްތަކުގައި ޑީޕޯރޓްކޮށްފައިވާ ފަރާތެއް އަލުން ރާއްޖެ އައުމުގެ ހުއްދަ ސަރުކާރުން ދީފި! އޭނާގެ ޑީޕޯރޓް ކެންސަލް ކޮށްފައިވަނީ އިމިގްރޭޝަން ކޮންޓްރޯލަރއަށް ރިޝްވަތު ދީގެން!

‏2022 ވަނަ އަހަރު އއ.ތޮއްޑޫގައި ހިނގަމުން ގެންދާ ޑައިވް ވިލާ ގެސްޓް ހައުސްގައި ގިނަ އަދަދެއްގެ ބަނގުރާލާއި ހަށިވިއްކުމާއި ޤަވާއިދާ ހިލާފަށް ދިވެހިރާއްޖޭއިން ބޭރުން މަސައްކަތް ކުރުމަށް ބޭރު މީހުން ގެނައުމަށްފަހު ގަދަކަމުން އަނިޔާކޮށް މަސައްކަތް ކުރުވައިގެން ދިވެހިރާއްޖެ އަށް ނާދެވޭގޮތަށް ޑީޕޯރޓްކޮށްފައިވާ ލެޓްވިއާގެ ރައްޔިތެއް ކަމަށް ޑެނިއަލް ކާސެން (ޕާސްޕޯރޓް ނަމްބަރު: LV5110688) ވަނީ 2024 އެޕްރީލް މަހު ތެރޭގައި ޑީޕޯރޓް ކެންސަލް ކުރުމަށް ރާއްޖެ އެތެރެވެވޭ ގޮތް ހަދާފައިވާ ކަމަށް އިމްގްރޭޝަންގެ މަސައްކަތް ކުރާ މުވައްޒަފަކު "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފިއެވެ.

މި ފަރާތުން ވިދާޅުވެފައިވާ ގޮތުން ޑެނިއަލް ކާސެން ގެ ޑީޕޯރޓް ކެންސަލް ކުރުމާއި ގުޅިގެން ޑެނިއަލް ކާސެންސް ވަނީ މިހާރު ދިވެހި ރާއްޖެއަށް އެތެރެވެފައެވެ. މިނާ އެތެވެފައިވަނީ 2024 އެޕްރީލް މަހުގެ ފަހު ހަފްތާގައެވެ. މިނާ ހިއުމަން ޓްރެފިންގ އެތަށް މައްސަލައެއް ފުލުހުން މުއައްސަސާގައި ތަހްޤީޤްކޮށްފައިވެއެވެ.

އެހެންނަމަވެސް މިސާރުކާރު ހޯމް މިނިސްޓަރ ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ, ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ތިން އަހަރުތެރޭ ހައްލުކުރައްވާނޭކަމަށް ވިދާޅުވެފައެވެ. އެކަން ޙައްްލު ކުރުމަށް ހޯމް މިނިސްޓަރު މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ޤަވާއިދާ ހިލާފުވެ ބޮޑެތި ކޮށްތަކުގައި ދިވެހިރާއްޖެއިން ޑީޕޯރޓްކޮށްފައިވާ ފަރާތްތައް ދިވެހިރާއްޖެއަށް އެތެރެވުމަށް ހުއްދަ ދިނުންކަމަށް މިހާރު މިވަނީ ބެލެވެން ފަށާފައެވެ.

"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެނިއަލް ކާސެން އަކީ އއ.ތޮއްޑޫއިން ޤަވާއިދާ ހިލާފަށް ޑައިވް ވިލާ ނަމުގައި ގެސްޓް ހައުސްއެއް ކުއްޔަށް ނަގައިގެންނާއި އެތަނުގައި ބްލެކް ކަރަންޓް ނަމުގައި ރެސްޓޯރެންޓެއް މިހާރުވެސް ހިންގާ ފަރާތެކެވެ.

ޑެނިއަލް ކާސެން ޑީޕޯރޓްކޮށްފައި ހުރިއިރު އެ ޑައިވް ވިލާ ގެސްޓް ހައުސް ހިގަމުން ދިޔައީ ޑެނިއަލް ކާސެންގެ މަންމަ ޓޫރިސްޓް ވިސާގައި އައިސް ހުރެގެންނެވެ. ވިސާ ހަމަވާން ކައިރިވުމުން ލަންކާއަށް ދިއުމަށް ފަހު އެނބުރި ދިވެހިރާއްޖެ އޭނާ ދިޔައީ އަންނަމުންނެވެ.

އއ.ތޮއްޑޫގެ މި ގެސްޓްހައުސްގެ ތެރޭގައި ހުރި ރެސްޓޯރެންޓް ތެރޭގައި މިހާރު ވެސް ބަނގުރާ ފަތުރުވެރިންނަށް ފުޅާ ދާއިރާއެއްގައި ވިއްކަމުން ދެއެވެ. މި ގެސްޓް ހައުސްގައި މިހާރުވެސް ވިސާ ނެތް ޔޫރަޕް ސަރަހައްދުގެ މީހުންނާއި ޓްވަރިސްޓް ވިސާ ގައި ރާއްޖޭ އެތެރެވުމަށްފަހު ގެސްޓް ހައުސްގައި މަސައްކަތް މީހުން ކުރެއެވެ. މިގޮތަށް ގެންނަ މީހުން ވިސާ ހަމަވާން ކައިރިވުމުން މުސާރަ ނުދީ ސްރީލަންކާ ފޮނުވާލުމަށް ފަހު ފާސްޕޯޓް އަތުލައި މިމީހުން މަގުމަތިކޮށް ލައެވެ.

ޑެނިއަލް ކާސެން އަކީ ފުލުހުންގެ މުއައްސަސާގެ އެސިސްޓެންޓް ކަމިޝަނަރ އޮފް ޕޮލިސްއެއްގެ ވަރަށް ގާތް މީހެކެވެ. ޑެނިއަލް ކާސެން ކުއްޔަށް ނަގާގެން އުޅޭ ގެސްޓް ހައުސްއަކީ އެސިސްޓެން ކަމިޝަނަރގެ އަންހެނުންނަށް ތޮއްޑޫގެ ހުންނަ ގޭގައި އަޅާފައިވާ ގެސްޓް ހައުސްއެކެވެ. މި ގެސްޓް ހައުސްއަށް ލިބޭ ހުރިހާ ފައިސާއެއް ފޮނުވުމާއި ގެސްޓް ހައުސްގެ ކުއްޔަ ލިބޭ ހުރިހާ ފައިސާއެއް ހުރިހާ މުޢާމަލެއް ކުރަނީ އެސިސްޓް ކަމިޝަނަރ އޮފް ޕޮލިސް ކަމަށްވެއެވެ.

މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑެނިއަލް ކާސެންގެ ޑީޕޯރޓް ކެންސަލް ކޮށްފައިވަނީ އިމިގްރޭޝިން ކޮންޓްރޯލަރ މެދުވެރިވެގެންނެވެ. އިމިގްރޭޝަން ކޮންޓްރޯލަރއަކީ އއ.ތޮއްޑޫއަށް ނިސްބަތްވާ މީހެކެވެ. ޑެނިއަލް ކާސެން ޑީޕޯރޓްކޮށްފައިވާ ނިންމުން ކެންސަލް ކުރުމުން އިމްގްރޭޝަން ކޮންޓްރޯލަރ އާއި އެސިސްޓެންޓް ކަމިޝަނަރ އަށް އެއްލައްކަ ޑޮލަރ އެހީއެއް ދީފައިވާކަމަށް މަޢުލޫމާތު ލިބިފައެވެ.

މި ފައިސާ ހަވާލުކޮށްފައިވަނީ ޑެނިއަލް ކާސެންގެ މަންމަ އެވެ. މިފައިސާއާއި ހަވާލުވެފައިވަނީ އިމްގްރޭޝަން ކޮންޓްރޯލަރގެ އާއިލާ މީހަކާއި އެސިސްޓެންޓް ކަމިޝަނަރ ގެ އަންހެނުންގެ އާއިލާގެ މީހެކެވެ.

މި ސަރުކާރުގެ ހޯމް މިނިސްޓަރ އިހުސާން ރާއްޖެއަށް ބިދޭސީން ގެނައުމަށް "ފުލީ އައިޓީ ޑިޕެންޑެޑް" ސިސްޓަމެއް ގާއިމް ކުރުމަށް ކުރިއަށް އޮތް އެއް މަސްތެރޭ މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. އެ ފުރުސަތުގައި އެ މީހަކު އެކަމަށް ބޯނުލަނބައިފި ނަމަ، އެއްވެސް ކުށަކަށް އަރައިގަންފިނަމަ އެ މީހަކު ރާއްޖެއިން ޑީޕޯޓު ކޮށްލާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރު ހޯމް މިނިސްޓަރު ބުނެފައިވާ ބުނެފައިވާ ބުނުމާއި ޢަމަލާއި ދިމާ ނުވެއެވެ. އެގޮތުން ބޮޑެތި ކުށްތަކެއްގައި ޑީޕޯރޓްކޮށްފައިވާ ލެޓްވިއާގެ ރައްޔިތެއްކަމަށްވާ ޑެނިއަލް ކާސެން މިހާރު އުޅެމުން ގެންދަނީ އއ.ތޮއްޑޫގައެވެ. މީނާ ކުރިންވެސް ހިންގި އއ.ތޮއްޑޫ ޑައިވް ވިލާ ގެސްޓް ހައުސްގައެވެ. ޑައިވް ވިލާ ގެސްޓް ހައުސް އޮޕަރޭޓްކުރަމުން ގެންދަނީ ޑެނިއަލް ކާސެންއެވެ.