ޚަބަރު

‏ހިޔާ ފްލެޓްތަކުން ކުލި ނެގުމުގައި އެޗްޑީސީގެ ހަމަހަމަ ކަމެއް ނެތް! ފުލުހުންނަށް ހިޔާ ފްލެޓުން ދީފައިވާ 300 ފުލެޓަށް ގިނަ އަދަދެއްގެ ފުލުހުން ކުއްލި ނުދައްކާ! އެހެންނަމެވެސް އާންމުން އަތުން ދަނީ އިންޒާރުދީގެންވެސް ކުލި ނަގަމުން!

ދިޔަވަރު
‏ހިޔާ ފްލެޓްތަކުން ކުލި ނެގުމުގައި އެޗްޑީސީގެ ހަމަހަމަ ކަމެއް ނެތް! ފުލުހުންނަށް ހިޔާ ފްލެޓުން ދީފައިވާ 300 ފުލެޓަށް ގިނަ އަދަދެއްގެ ފުލުހުން ކުއްލި ނުދައްކާ! އެހެންނަމެވެސް އާންމުން އަތުން ދަނީ އިންޒާރުދީގެންވެސް ކުލި ނަގަމުން!

‏ހިޔާ ފްލެޓްތަކުން ކުލި ނެގުމުގައި އެޗްޑީސީން ހަމަހަމަ ކަމެއް ގެންގުޅެމުން ނުދާކަމުގައި އެކުންފުނީގެ ބައެއް އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ބައެއް އޮފިޝަލުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދީފައިވާ ގޮތުގައި, ހިޔާ ފްލެޓްތަކުގެ ތެރެއިން ދިވެހި ފުލުހުންނަށް ދީފައިވާ 300 ފްލެޓްގެ ތެރެއިން ގިނަ އަދަދެއްގެ ފުލުހުން އެއްވެސް ގޮތަކަށް ކުއްލި ނުދައްކާ ކަމަށެވެ.

މީގެ ތެރޭގައި ހިޔާ ފުލެޓު ދީފައިވާ ފުލުހުންގެ ތެރޭގައި ސަރުކާރުން ހިޔާ ފްލެޓް ކުލި ނަގަން ފެށީންސުރެއް އެއްވެސް ގޮތަކަށް ކުލި ނުދައްކާ ފުލުހުން އުޅޭކަމަށް މަޢުލޫމާތު ދީފައިވެއެވެ. އިތުރަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި 2020 ވަނަ އަހަރު ފުލުހުންނަށް ހިޔާ ފްލެޓުން ދީފައިވާ 300 ފުލެޓަށް ކުއްލި ދައްކާފައި ނުވާ ހުރިހާ ފުލުހުންނަށް ކުލި މާފްކޮށް ދިނުމުގެ ކަންކަން ފުލުހުންގެ އިސްވެރިން ސަރުކާރާއި މަޝްވަރާ ކުރަމުންނެވެ. އަދި މިކަން އެނގި, ފްލެޓަށް ކުލި ދައްކާ ފުލުހުން ވެސް މިޙާރު ކުލި ދައްކަމުން ނުދާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް އެޗްޑީސީގެ އޮފިޝަލް ވިދާޅުވިއެވެ.

‏ދިވެހި ފުލުހުނަށް ސަރުކާރުން މުސާރަ 33% ބޮޑުކޮށް, އަދި ހިޔާ ފްލެޓްތަކަށް ކުލި ނުދައްކާ ތިބޭއިރުވެސް, ޢާއްމު ނިކަމެތި ރައްޔިތުންގެ އަތުން ޤަވާއިދުން, އަދި އިންޒާރުދީ މަޖުބޫރުކޮށްގެން އެޗްޑީސީން ދަނީ ކުލި ނަގަމުންދެއެވެ.

އެގޮތުން ކޮންމެ ދިވެހި ރައްޔިތަކީ ހަމަހަމަ ބައެއްކަމަށް ދިވެހި ޤާނޫނު އަސާސީގައި ބުނެފައިވާއިރު ސަރުކާރުން ދަނީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް އެކި ރައްޔިތުންނާމެދު ތަފާތު ކުރަމުންނެވެ.