ޚަބަރު

މުއިއްޒުގެ އުމްރާ ދަތުރުފުޅު: އެންމެ ބޮޑު އިސްކަމެއް އަޅުކަމުގެ ހުރިހާ މަންޒަރެއްވެސް ސޯޝަލް މީޑިއާގައި އިސްތިހާރު ކުރުމަށް! އަރިހުގައި ވަޑައިގެންނެވި ވަޒީރުން ގެންދަވަނީ އުމްރާގެ އަޅުކަމުގެ ހުރިހާ މަންޒަރެއްވެސް ޓުވީޓު ކުރައްވަމުން!

ދިޔަވަރު
މުއިއްޒުގެ އުމްރާ ދަތުރުފުޅު: އެންމެ ބޮޑު އިސްކަމެއް އަޅުކަމުގެ ހުރިހާ މަންޒަރެއްވެސް ސޯޝަލް މީޑިއާގައި އިސްތިހާރު ކުރުމަށް! އަރިހުގައި ވަޑައިގެންނެވި ވަޒީރުން ގެންދަވަނީ އުމްރާގެ އަޅުކަމުގެ ހުރިހާ މަންޒަރެއްވެސް ޓުވީޓު ކުރައްވަމުން!

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިހާރު ސައުދީ އަރަބިއާގެ މަދީނާއަށާއި އަދި މައްކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވަނީ އުމްރާގެ އަޅުކަމުގެ ހުރިހާ ފޯޓެއެއްވެސް ސޯޝަލް މީޑިއާގައި އާންމުކޮށް, އަމިއްލަފުޅަށް އިސްތިހާރުވެވަޑައިގަތުމަށްކަން ހާމަވެއްޖެއެވެ.

އެގޮތުން ރައީސް މުއިއްޒު އަންގަވައިގެން އަރިހުގައި ތިއްބެވި ގެންދެވި ވަފްދުގެ ބޭފުޅުން ގެންދަވަނީ އުމްރާ ދަތުރުފުޅުގެ ފޮޓޯތައް އެކި މީޑިއާތަކަށް ފޯރުކޮށް ދެމުންނެވެ. އަދި އޭގެ އިތުރުން އަރިހުގައި ދަތުރު ކުރައްވަމުން ގެންދަވާ އިސްމާލިމް މިނިސްޓަރ ޑރ. ޝަހީމް ގެންދަވަނީ މުއިއްޒުގެ އުމްރާ ދަތުރުފުޅުގެ ހުރިހާ ފޮޓޯތަކެއްވެސް އަމިއްލަފުޅު އެކްސް ހޭންޑްލްގައިވެސް ޕޯސްޓު ކުރައްވަމުންނެވެ.

ޑރ. ޝަހީމް މިއަދުވަނީ މުއިއްޒު, އަޅުކަމަށް މަސްޖިދުއްނަބަވީއަށް ކުރެއްވި ޒިޔާރަތުގެ ހުރިހާ ފޮޓޯތަކެއްވެސް އެކްސް ހޭންޑްލްގައި ޕޯސްޓުކޮށްފައެވެ.

ދީނީ އަޅުކަމަށް ވަޑައިގެން, އެއަޅުކަން އަމިއްލަފުޅު ޕީއާރު އިވެންޓަކަށް ހެއްދެވުމުން މުއިއްޒުއަށް ގިނަބައެއްގެ ފާޑިކިއުންތައް ވަނީ އަމާޒުވެފައެވެ.

އިއްޔެ އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންނެވިއިރު, ދަތުރުފުޅުގައި 15 މީހުންގެ ބޮޑު ވަފުދެއްވެސް މުއިއްޒުވަނީ ގެންދަވާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ސައުދީ އަރަބިއާއިން ރަސްމީ ޚަރަދު ހަމަޖައްސަވާ ދެއްވަނީ މުއިއްޒުއާއި އަނބިކަބަލުން ސާޖިދާއަށް އެކަންޏެވެ. "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ މި ވަފްދުގައި ދެން ވަޑައިގެންނެވި އެހެން ފަރާތްތަކުގެ ފަރިއްކުޅުއްވުމާއި ހުރުމުގެ ޚަރަދުތައް ހަމަޖައްސާފައިވަނީ ދައުލަތުގެ މާލިއްޔަތުން ކަމުގައެވެ.