ޚަބަރު

ސިޔާސީ އެއްވެސް ހަރަކާތަކަށް ޔާމިން ނިކުމެއްޖެނަމަ ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރާނެކަމަށް އިންޒާރުދީ ބިރު ދެއްކުމަށްފަހު, ޔާމިންގެ މައްސަލައިގެ އިސްތިއުނާފް އަވަސްކުރުމަށް އެންމެފަހުން މުއިއްޒު ޕީޖީއަށް އަންގައިފި!

ދިޔަވަރު
ސިޔާސީ އެއްވެސް ހަރަކާތަކަށް ޔާމިން ނިކުމެއްޖެނަމަ ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރާނެކަމަށް އިންޒާރުދީ ބިރު ދެއްކުމަށްފަހު, ޔާމިންގެ މައްސަލައިގެ އިސްތިއުނާފް އަވަސްކުރުމަށް އެންމެފަހުން މުއިއްޒު ޕީޖީއަށް އަންގައިފި!

ރައީސް ޔާމިންގެ މައްޗަށް ކުރި 11 އަހަރުގެ ހުކުމްގެ ނާޖާއިޒު ފައިދާ ނެގުމަށް, ފާއިތުވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ ވޯޓުލުމަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް, ޔާމިންގެ މިނިވަންކުރުމަށްފަހު, އަނެއްކާވެސް ކޯޓު މަރުހަލާގައި ޔާމިން ތާށިކޮށްފައި ބެހެއްޓުމުގެ މަގުސަދުގައި ޔާމިންގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރުމަށް މުއިއްޒު ޕީޖީއަށް އަންގައިފިއެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނުގައިވާ ގޮތުން ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރިމް ކޯޓުގައި އިސްތިއުނާފް ކުރުމަށް 30 ދުވަހުގެ މުހުލަތެއް ލިބެއެވެ. އެގޮތުން ޔާމިންގެ މައްޗަށް ހައިކޯޓުން އިއްވި ހުކުމަށް 30 ދުވަސް ހަމަވާނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.

އެނގިފައިވާގޮތުގައި, މުއިއްޒު ޔާމިނަށް އިންޒާރުދީ, ދައްކާފައިވަނީ ފާއިތުވެދާ މުއްދަތުގައިވެސް ސިޔާސީ އެއްވެސް ވާހަކައެއް ދަކަވައިފިނަމަ ހުކުމް އިސްތިއުނާފްކުރުމުގެ ބިރެވެ. އަދި ޔާމިން މިހާރު "ސައިލެންޓް"ކޮށް ހުންނަވަނީ ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ބިރަށްކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިން މިނިވަން ކުރާނެކަމަށް ދޮގު ވައުދުވެ، ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ރިޔާސީ ކެމްޕޭންގައި ރައްޔިތުންނަށް ދައިކައިގެންނެވެ.

އެގޮތުން, ނިމިދިޔަ ރިޔާސީ ކެމްޕޭންގައި މުއިއްޒު ރަށްރަށަށް ވަޑައިގެން ބޭއްވި ހުރިހާ ކެމްޕޭން ޖަލްސާއެއްގަވެސް, ޝަރަފްވެރި މެހުމާން އިންނަވާ ގޮނޑިކޮޅު ހުސްކޮށް ބަހައްޓާފައިވަނީ އެ ގޮނޑިކޮޅުގައި ރައީސް ޔާމިންގެ ނަން ޖަހާފައެވެ. އޭރު ރައީސް ޔާމިން އޮންނެވީ ޖަލުގައެވެ.

އަދި އެއިން ކޮންމެ ޖަލްސާއެއްގަވެސް މުއިއްޒު ދެއްކެވި ވާހަކަ ފައްޓަވާފައިވަނީ ވެރިކަން ލިބިއްޖެނަމަ އެންމެ ފުރަތަމަ ދުވަހުވެސް ރައީސް ޔާމިން މިނިވަންކުރާނެކަމަށް ވައުދާއި އަހުދުވެ ހުވާ ކުރައްވަމުންނެވެ.

އެހެންނަމަވެސް ވެރިކަން ލިބުމާއެކު މުއިއްޒުވަނީ މިވައުދުތަކަށް ޚިޔާނާތްތެރިވެ, ކޯޓުތަކަށް އަތް ބާނާގައިގެން ރައީސް ޔާމިންގެ ޝަރީއަތް ހުއްޓުވާފައެވެ. އެއަށްފަހު ރައީސް ޔާމިން މިނިވަން ކޮށްފައިވަނީ މަޖިލިސް އިންތިޚާބަށް އެންމެ ދުވަހަކަށް ވެފައިވަނިކޮށް, ޔާމިންގެ ޝަރީއަތުގެ ނާޖާއިޒު ފައިދާ ނެގުމުގެ ބޭނުމުގައެވެ. އެއަށްފަހު މުއިއްޒު ގެންދަވަނީ ސިޔާސީ އެއްވެސް ހަރަކާތަކަށް ނިކުމެއްޖެނަމަ ހުކުމް އިސްތިއުނާފް ކުރާނެކަމުގެ އިންޒާރުދީ ރައީސް ޔާމިނަށް ބިރު ދައްކަމުންނެވެ.