ޚަބަރު

އިންޑިއާ ސިފައިން ފޮނުވާލިކަމަށް ބުނެ އޮޅުވާލި ބޮޑު އޮޅުވާލުން: ހެލިކޮޕްޓަރު ބަލަހައްޓާ "ހިންދުންތާސް އެރޮނޮޓިކަލް ލިމިޓެޑް"އަކީ އިންޑިއާގެ އަސްކަރިއްޔާގެ އޭރޯސްޕޭސް ކުންފުންޏެއް! އެކުންފުނީގެ މުވައްޒަފުންނަކީ އަސްކަރިއްޔާގެ މުވައްޒަފުން!

ދިޔަވަރު
އިންޑިއާ ސިފައިން ފޮނުވާލިކަމަށް ބުނެ އޮޅުވާލި ބޮޑު އޮޅުވާލުން: ހެލިކޮޕްޓަރު ބަލަހައްޓާ "ހިންދުންތާސް އެރޮނޮޓިކަލް ލިމިޓެޑް"އަކީ އިންޑިއާގެ އަސްކަރިއްޔާގެ އޭރޯސްޕޭސް ކުންފުންޏެއް! އެކުންފުނީގެ މުވައްޒަފުންނަކީ އަސްކަރިއްޔާގެ މުވައްޒަފުން!

ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ފުއްދުމުގެ ގޮތުންކަމަށް ވިދާޅުވެ, ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ފޮނުވާލާފައިވާކަމަށް ވިދާޅުވެ, މިސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލާ ބޮޑެތި ދޮގުތައް ހަދަމުންނެވެ.

އެގޮތުން އިންޑިއާ ސަރުކާރުން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރ ދެން އޮޕަރޭޓް ކުރާނީ ހެލިކޮޕްޓަރު އުފެއްދި ކުންފުނީގެ މުވައްޒަފުން ކަމަށާއި އޭގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ނޯންނާނެ ކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފޮނުވާލާފައިވާކަމަށް ބުނެ, ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު އޮޕަރޭޓުކުރަން މިހާރު ތިބީ ސިވިލިއަނުން ކަމަށާއި, އެމީހުންނަކީ އިންޑިއާގެ “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް”ގެ މުވައްޒަފުންކަމަށްވެސް ޒަމީރު ވިދާޅުވިއެވެ. އަދި ޒަމީރު ވިދާޅުވެފައިވަނީ “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް”އަކީ ޕްރައިވެޓް ކުންފުންޏެއް ކަމުގައެވެ.

އެހެންނަމަވެސް “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް”ގެ ރަސްމީ ވެބްސައިޓުން އެގެންހުރި ގޮތުގައި އެކުންފުންޏަކީ އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އެގައުމުގެ އަސްކަރިއްޔާގެ ކުންފުންޏެކެވެ. އެކުންފުނީގެ ޕްރޮޑަކްޝަންލައިންގައި ހިމެނޭ ހުރިހާވެސް އުޅަނދަކީ އިންޑިއާގެ އަސްކަރިއްޔާއަށް ބޭނުންވާ ވައިގެ އަސްކަރީ އުޅަނދުތަކާއި, ޖައްވީ އުޅަނދުތަކެވެ. ނުވަތަ ޖައްވީ ރޮކެޓްތަކެވެ. އަދި އެކުންފުނީގެ މުވައްޒަފުންނަކީ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ މުވައްޒަފުންނެވެ.

އެހެންކަމުން, “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް”އަކީ ސިވިލިއަނުން މަސައްކަތްކުރާ ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ސިފަކޮށް, މިސަރުކާރުން, މުއިއްޒުގެ ވައުދެއް ފުއްދިއްޖެކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަން މިއީ ވަރަށްވެސް ސާފުކޮށް ފެންނާން އޮތް ބޮޑު ހަގީގަތެކެވެ.

އޭގެ އެންމެ ބޮޑު ހެއްކަކީ, “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް”ގެ ރިސެޕްޝަނުގައި އިންނަ އާދައިގެ މުވައްޒިފަކު އިންޑިއާގެ އަސްކަރީ ހެލިކޮޕްޓަރެއް ދުވަން ރާއްޖެ ނާންނެތީއެވެ. އަދި އެކުންފުނިން އުފައްދާފައިވާ އަސްކަރީ ހެލިކޮޕްޓަރުތައް ދުއްވާ, އެތަކެތި ކޮމިޝަންކޮށް ހެދުމަށް ތަމްރީން ކޮށްފައި ތިބެނީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރާ އަސްކަރީ އިންޖިނިއަރުންނާއި, އަސްކަރީ ޕައިލެޓުން ކަމުގައިވެސްވާތީއެވެ.

އަމުދުން ދުނިޔޭގެ އެއްވެސް ގައުމެއްގައި އަސްކަރީ އުޅަނދުތައް ދުއްވުމަށް ސިވިލް ޕައިލެޓުން ތަމްރީންކުރުމަކީ ކޮށްއުޅޭކަމެއްވެސް ނުމެނޫންމެއެވެ. ސިވިލް ޕައިލަޓުންނަށް ލިބެންޖެހޭ ތަޖުރިބާއާއި, އަދި ލިބޭ އާމްދަނިއަށް ބަލާއިރު, އެއްވެސް އިރަކު އަސްކަރީ އުޅަނދުތައް ދުއްވުމުގެ ވަޒީފާއަކަށް ސިވިލް ޕައިލެޓުން ނުދާކަން މިއީ އަދި މާސާފުކޮށް އެގެން އޮންނަ ހަގީގަތެއްވެސްމެއެވެ.

އެހެންކަމުން, އިންޑިއާގެ އަސްކަރިއްޔާގެ ޑިފެންސް ގޮތްޕެއްގެ ގޮތުގައި އޮތް “ހިންދުސްތާން އެއަރޮނޮޓިކްސް ލިމިޓެޑް”އަކީ ޕްރައިވެޓް ކުންފުންޏެއްގެ ގޮތުގައި ދައްކާ, ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު ދުއްވުމަށް ސިވިލް މީހުން މިހާރު ހަރަކާތްތެރިވަމުންދާކަމަށް ބުނެ މިސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލާ, މުތުލަގަށް ދޮގު ހަދަމުންނެވެ.

ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު ހަދަމުންދާ ބޮޑެތި ދޮގުތަކާމެދު ރައްޔިތުން ހޭލާ ތިބުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.