ޚަބަރު

އިންޑިއާއަށް "ބުލީ"ގެ ތުހުމަތު އެޅުވުމަށްފަހު, އިންޑިއާ ސަރުކާރުގެ ކިބައިން މުއިއްޒު އެދުނީ 150 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދިނުމަށް! ފަސްކޮށްދިނީ 50 މިލިއަން ޑޮލަރު, ޝަރުތުތަކާއެކު!

ދިޔަވަރު
އިންޑިއާއަށް "ބުލީ"ގެ ތުހުމަތު އެޅުވުމަށްފަހު, އިންޑިއާ ސަރުކާރުގެ ކިބައިން މުއިއްޒު އެދުނީ 150 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށް ދިނުމަށް! ފަސްކޮށްދިނީ 50 މިލިއަން ޑޮލަރު, ޝަރުތުތަކާއެކު!

އިންޑިއާއަކީ ރާއްޖެއަށް "ބުލީ" (ހަނގާ)ކުރާ ގައުމެއްކަމަށްބުނެ, އެގައުމަށް ދައްކަންޖެހޭ 150 މިލިއަން ޑޮލަރު ދެއްކުން ފަސްކޮށްދިނުމަށް މި ސަރުކާރުން އެދުމުން, މިމަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އިންޑިއާއި ފަސްކޮށް (ރޯލްއޯވާރކޮށް) ދީފިއެވެ.

މިފައިސާ ދެއްކުން އިންޑިއާ ސަރުކާރުން ފަސްކޮށްފީފައިވަނީ, މިމަހުގެ 8 އިން 10 އަށް ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި, އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ, ޖައިޝަންކަރުގެ ކިބައިން އެކަމަށް އެދި, އަދި ދެފަރާތުން ބޭއްވި ރަސްމީ ވާހަކަތަކުގައި, އިންޑިއާއަށް އިހާނެތިކޮށް މުއިއްޒު ދައްކަވާފައިވާ ވާހަކަތަކަށާއި, މިސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުންވެސް ދައްކަވާފައިވާ ވާހަކަތަކަށް މާފަށް އެދުމުންނެވެ. ހަމައެއާއެކު, މި ރަސްމީ ވާހަކަތަކުގައި, ޗައިނާއިން އިންޑިއާ ކަނޑުގައި ހިންގަމުންދާ ޖާސޫސްކުރުމުގެ އަސްކަރީ ހަރަކާތްތަކަށްވެސް ރާއްޖެއިން ފުރުސަތު ނުދިމުމަށްވެސް އިންޑިއާއިންވަނީ ރާއްޖެއަށް އަންގާފައެވެ.

ހަމައެއާއެކު އިންޑިއާއިން އެދިފައިވަނީ, އިންޑިއާއަކީ "ބުލީ"ކުރާ ގައުމެއްކަމަށް ވިދާޅުވެ މުއިއްޒު ދެއްކެވި ވާހަކަތަކަށްވެސް ސަރުކާރުން ރަސްމީކޮށް މާފަށް އެދުމަށެވެ. އޭގެ މުގާބިލުގައި ފޮރިން މިނިސްޓަރ މުސާ ޒަމީރުވަނީ އިންޑިއާގެ ޓީވީ ޗެނަލްތަކުގައި, އިންޑިއާއާ ގުޅޭގޮތުން ހިގައިދިޔަ ކަންކަން ތަކުރާރު ނުވާނޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

އިންޑިއާއިން ފަސްކޮށްދީފައިވާ 50 މިލިއަން ޑޮލަރަކީ އިސްވެ ދެންނެވުނު ކަންކަމަށް ޝަރުތު ކުރުމަށްފަހު ދީފައިވާ ލުުޔެކެވެ. މިސަރުކާރުން މިއަހަރުގެ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ދައްކަންޖެހޭ ލޯން އަދިވެސް އޮތީ އެ މުއްދަތުގައި ދައްކަންޖެހޭ ގޮތަށް ލާޒިމް ކޮށްފައެވެ.

ރައީސް އޮފީހުގައި މިމަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން 2019 ވަނަ އަހަރު ވެރިކަމަށް އައިސް ބަޖެޓް ސަޕޯޓުގެ ގޮތުގައި ނެގި 200 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ ޖެނުއަރީ މަހު ދައްކާފައިވާ ކަމަށެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މި 200 މިލިއަން ޑޮލަރު މިދިޔަ އަހަރާ ހަމައަށް ރޯލް އޯވާ (ފަސްކޮށް ދެމުން) އައީ. އެކަމަކު މި އަހަރުގެ ޖެނުއަރީ މަހު ވަނީ މީގެ އެއްބައި ދައްކާފައި. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު ފަސްކޮށްދޭން ވާނީ އެދިފަ.

ޒަމީރު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މި ލޯނަކީ ބޮންޑެއް ވިއްކައިގެން ހޯދި ލޯނެކެވެ. މި ބޮންޑް ގަތީ ސްޓޭޓް ބޭންކް އޮފް އިންޑިއާއިންނެވެ. މި ބޮންޑުގެ 50 މިލިއަން ޑޮލަރު ދެއްކީ މި އަހަރުގެ ޖެނުއަރީ އަށް ވަނަ ދުވަހު އެވެ. އަދި ބާކީ އޮތް 150 މިލިއަން ޑޮލަރު މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހަލާސް ކުރަން ޖެހެއެވެ. މި ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު ދައްކަން ޖެހިފަ އޮތީ މިމަހުގެ ތެރޭގައެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާއަކީ ރާއްޖެއަށް ބުލީކުރާ ގައުމެއް ކަމުގައެވެ.

އެގޮތުން މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، ފާއިތުވި ނޮވެމްބަރުމަހުގެ 13ގައި ގައުމަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ވަނީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ކުޑަ ގައުމަކަށް ވިޔަސް ބޭރުގެ ބޮޑެތި ގައުމަތަކަށް ރާއްޖެއަށް ނުރަނގަޅު ނުފޫޒު ނުފޯރުވޭނެ ކަމަށް ވިދާޅުވެ، އިންޑިއާއަށް ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ.

އަދި ހަމަ އެނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވި ނަމަވެސް, އިންޑިއާއަށް ރާއްޖެއަށް "ބުލީ" ނުކުރެނޭ ކަމުގައެވެ.