ޚަބަރު

ޑެންގީ އަދި ޗިކުންގުންޔާ ފެތުރެމުން ދަނީ ސަރުކާރާއި އެޗްޑީސީގެ އިހުމާލުން!

ދިޔަވަރު
ޑެންގީ އަދި ޗިކުންގުންޔާ ފެތުރެމުން ދަނީ ސަރުކާރާއި އެޗްޑީސީގެ އިހުމާލުން!

ޑެންގީ އަދި ޗިކުންގުންޔާ ފެތުރެމުން ދަނީ ސަރުކާރާއި އެޗްޑީސީގެ އިހުމާލުންނެވެ. މާލެއާއި ހުޅުމާލެ ހިމެނޭހެން ފޮގްކުރުމާއި މަދިރި އާލާވާނެހެން ހުންނަ ތަންތަން ނައްތައިލުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ.

އެންމެފަހުން އެޗްޑީސީއިން ހުޅުމާލެ ފޮގް ކުރަން ފެށީ މިކަމުގައި އެޗްޑީސީއިން އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށް ބުނެ ދިޔަވަރު އިން މީގެ 2 މަސް ކުރިން ޝާއިޢު ކުރި ހަބަރަކާއި ގުޅިގެންނެވެ. ނަމަވެސް ޝެޑިއުލް ކޮށްގެން މިކަން ހުއްޓުވުމަށް ފަރުވާތެރި ކަމާއި އެކު އެއްވެސް ފިޔަވަޅެއް މިސަރުކާރުން އަޅާފައި ނުވާކަމީ ރައްޔިތުންނާއި މެދު އެއްވެސްކަހަލަ އަޅާލުމެއް ސަރުކާރުން ނެތްކަން ހާމަ ކޮށްދޭ ކަމެކެވެ.

މުއިއްޒުގެ ވެރިކަމުގައި މިއަހަރުން ފެށިގެން މެއި 11، ގެ ނިޔަލަށް މާލެ އަދި އަތޮޅު ތެރެއިން ޑެންގީގެ 774 ކޭސް އަދި ޗިކުންގުންޔާގެ 389 ކޭސް ފެނިފައިވާކަމަށެވެ. ރައީސް ސޯލިހްގެ ވެރިކަމުގައި މިފަދައިން ނުރައްކާތެރި މިންވަރަކަށް މަދިރިން ޖެހޭ ބަލިތައް އާންމު ވެފައި ނުވަނީ ރައްޔިތުންގެ ހައްޤުގައި ކުރިޔާލައި ފިޔަވަޅު އަޅާފައިވާތީއެވެ. މިއީ ފަހުގެ ތާރީހުގައި ޗިކުންގުންޔާގެ ކޭސްތަށް އިތުރުވި ފުރަތަމަ ފަހަރެވެ.

ސަރުކާރުން މިކަމަށް އަޅާ ނުލައި އޮތުމަށް ފަހު، މި ދެ ބައްޔަކީ ވެސް އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރެމުން އަންނަ ބައްޔަކަށްވުމާއެކު، ބަލި ކޮންޓްރޯލް ކުރުމަށް ކޮންމެ ރައްޔިތަކު ވެސް ފަރުދީ ޒިންމާ އަދާކުރައްވައި މަދިރި އާލާވާނެ ތަންތަން ނައްތައިލުމަށް މިނިސްޓަރު އެދިވަޑައިގަތެވެ. ނަމަވެސް މަދިރި އާލާ ވަމުން ދަނީ އިންޑަސްޓްރިއަލް އަދި ކޮންސްޓްރަކްޝަން ސައިޓްތަކުގައި ކަމުން މިކަމަކީ ސަރުކާރަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ.