ސައުދީ ފަންޑުން ރާއްޖެއަށް 150 މިލިއަން ޑޮލަރު ހަމަޖެއްސީ އެމްޑީޕީ ސަރުކާރުން ނެވެ. އިއްޔެ ސޮއެ ކުރީ، އޮކްޓޫބަރު 2023ގައި އެމްޑީޕީ ސަރުކާރަށް ސައުދީއިން، ހަމަޖައްސަވައި ދެއްވި ފައިސާއިންނެވެ. ނަމަވެސް ސަރުކާރުން ދަނީ މިކަން އޮޅުވާލައި، ސޮއި ކުރުމުގެ ރަސްމިއްޔާތު މުއިއްޒު ސައުދީއަށް ކުރި ދަތުރުގެ ފަހާއި ގުޅުވާފައެވެ.
ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމާއި، ދޮގު ހެދުމުގެ ސިލްސިލާގެ ތެރެއިން މިކަން މިހެން ކޮށްފައިވާ އިރު، ޖުލައި 2023 ގައި ރައީސް ސޯލިހްގެ ސަރުކާރުން މި ފައިސާ ލިޔެކިޔުމުން، ޔަގީން ކުރުމަށް ޓަކައި، އޭގެ ކުރިން ހިނގާފައިވާ މަޝްވަރާ ބައްދަލުވުންތަކަށް ރިއާޔަތް ކޮށް ސައުދީ ފަންޑަށް ފޮނުވާފައިވާ ސިޓީގެ ކޮޕީއެއް ވަނީ ލިބިފައެވެ.
އެސްއެފްޑީ އިން ދިވެހި ސަރުކާރަށް ދޫކުރި 150 މިލިއަން ޑޮލަރުގެ ލޯންގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިންމުމަށް ދީފައިވާ ލޯނެވެ.