ޚަބަރު

އިންޑިޔާގެ ރުޕޭ ކާޑު ގެންނަން ދެކޮޅު ހަދައި، އެކަމާއި ގުޅުވައިގެން ރާއްޖެ އަޅުވެތި ވެދާނެ ކަމަށް ބުނެ ދޮގު ވާހަކަ ފެތުރި މީހުން، ރާއްޖެއަށް ރުޕޭ ކާޑު ގެންނަން ނިންމައިފި!

ދިޔަވަރު
އިންޑިޔާގެ ރުޕޭ ކާޑު ގެންނަން ދެކޮޅު ހަދައި، އެކަމާއި ގުޅުވައިގެން ރާއްޖެ އަޅުވެތި ވެދާނެ ކަމަށް ބުނެ ދޮގު ވާހަކަ ފެތުރި މީހުން، ރާއްޖެއަށް ރުޕޭ ކާޑު ގެންނަން ނިންމައިފި!

އިންޑިޔާގެ ރުޕޭ ކާޑު ގެންނަން ދެކޮޅު ހަދައި، އެކަމާއި ގުޅުވައިގެން ރާއްޖެ އަޅުވެތި ވެދާނެ ކަމަށް ބުނެ ދޮގު ވާހަކަ ފަތުރައި، ރައްޔިތުންނަށް އޮޅުވާލި މީހުން ވެރިކަމަށް އައިސް، ރުޕޭ ކާޑު ގެންނަން ނިންމައިފިއެވެ.

ރާއްޖެއަށް ރުޕޭ ކާޑު ގެންނަން އެންމެ ފުރަތަމަ އެކަމާއި ގުޅޭ އެއްބަސްވުންތަކުގައި ބީއެމްއެލް އާއި އެކު ސޮއެ ކޮށްފައި ވަނީ އެމްޑީޕީގެ ސަރުކާރުން، 4 ޑިސެމްބަރ 2019 ގައި އެވެ.

މި ޚިދުމަތް ދިނުމަށް އޭރު ހަމަޖައްސާފައި ވަނީ، އިންޑިއާގެ ނެޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިޔާ (އެންޕީސީއައި) އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެންނެވެ. ރާއްޖޭގައި ހުންނަ އިންޑިޔާ އެމްބަސީގެ ބައިވެރިވުމާއެކު އެއްބަސްވުން ބަދަލުކުރުން އޮތީ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި އެއްބަސްވުމުގެ ދަށުން ބީއެމްއެލްގެ އޭޓީއެމްތަކާއި ޕީއޯއެސް މެޝިން އަދި އެހެނިހެން ޑިޖިޓަލް ޗެނަލްތަކުގައި ރުޕޭ ކާޑު ބޭނުން ކުރެވޭގޮތް ހަމަޖެހިގެންދާނެއެވެ. ރުޕޭ އަކީ އިންޑިޔާގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެފަދަ ދެވަނައެއް ނެތް ޑެބިޓް އަދި ކްރެޑިޓް ކާޑު ޕޭމަންޓް ނެޓްވޯކެކެވެ.

މި ހަފްލާގައި އިންޑިޔާގެ ބޮޑު ވަޒީރު މޯދީ އޮންލައިންކޮށް ބައިވެރިވެ ވަޑައިގެންނެވިއެވެ.

އޭރު އިނދިކޮޅުގައި ތިބި ފަރާތްތައް، މުއިއްޒު ހިމެނޭހެން ވަނީ، އިންޑިޔާގެ ރުޕޭ ކާޑު ގެންނަން ދެކޮޅު ހަދައި، އެކަމާއި ގުޅުވައިގެން ރާއްޖެ އަޅުވެތި ވެދާނެ ކަމަށް ބުނެ ދޮގު ވާހަކަ ފަތުރާފައެވެ.

ސްރީލަންކާ އާއި މޮރިޝަސްގައި ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ގެ ހިދުމަތް ފަށައި، މޮރިޝަސްގައި ރުޕޭ ކާޑު މި އަހަރު ފެބްރުއަރީ މަހު، އިފްތިތާހު ކޮށްފައި ވާއިރު، އިނދިކޮޅުގައި އޭރު އޮތް މުއިއްޒުގެ ޓީމުން ރުޕޭ ކާޑާއި ދެކޮޅަށް ކުރި މަސައްކަތުގެ ސަބަބުން މިހާތަނަށް ރާއްޖޭގައި ރުޕޭ ކާޑު ފެށިފައި ނުވެއެވެ. މިކަމުގެ ސަބަބުން ރާއްޖެއަށް ވަންނަ އެތައް ފައިސާއެއް ވަނުމުގެ ފުރުޞަތު ގެއްލިގެން ދިޔައެވެ. ޔޫއޭއީގައި ވަނީ މި ޚިދުމަތް މިދިޔަ އަހަރު ފަށާފައެވެ.

މި ޚިދުމަތް ކުރިއަށް ގެންދާނޭ ކަމަށް މި ސަރުކާރުން ހާމަ ކޮށްފައި ވަނީ މިހާރުގެ އެކޮނޮމިކް މިނިސްޓަރ ސައީދު އެވެ. މިކަން ހާމަ ކޮށްފައި ވަނީ، ޗައިނާގެ ކާޑެއް ރާއްޖޭގައި ބޭނުން ކުރެވޭގޮތް ހެދުމާއި އެކު، އެކި ފަރާތްތަކުން ކުރަމުންދިޔަ ޝަކުވާއާއި ގުޅިގެންނެވެ.